ބޭރު ޤައުމުތަކުގައި އުޅުއްވާ ދިވެހީންނަށް އިސްލާމް، ދިވެހި، އަދި ޤުރްއާން ކިޔަވައިދެއްވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިއްޖެ

Beyru Qaumuthakuga Dhiriulhuvva Dhivehinnah Islam Dhivehi Adhi Quran Kiyavaidhehvuma Gulhey Gothun Mashvara Kurevijje
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ދިވެހި ރާއްޖެއިން ބޭރު ޤައުމުތަކުގައި ދިރިއުޅުއްވާ ދިވެހީންނަށް ޚާއްޞަ ކުރެވިގެން އިސްލާމް، ދިވެހި، އަދި ޤުރްއާން ކިޔަވައިދެއްވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިއްޖެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސް ބޭފުޅުންނާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްބޭފުޅުންނާއި، ދިވެހި ބަހުގެ އެކަޑަމީގެ ބޭފުޅުންނާއި އެކު ކުރިއަށް ގެންދެވުނު މިބައްދަލުވުމުގައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމު ފާހަގަ ކުރައްވާފައިވާ ގޮތުގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހި ބަހާއި ޤުރުއާން އަދި އިސްލާމް ފަދަ މާއްދާތައް ކިޔަވައިދިނުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި މީގެ އިތުރުން ދިވެހިންގެ އާދަކާދައާއި ސަޤާފަތަށް އެކުދިން އަހުލުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ، މިކަން ޙާޞިލުކުރުމަށް ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެބޭފުޅުންގެ އަރިހުން އެދިވަޑައިގެންފައިވެއެވެ.

މިބައްދަލު ކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައި ވަނީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރާއި، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު ޢަލީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީގެ އިތުރުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންއާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އިސް ބޭބޭފުޅުންނެވެ.

މި މަޝްވަރާގައި ބައިވެރިވެވަޑައިގެން ބޭފުޅުން، މިމަސައްކަތް ފެށުމަށްޓަކައި، އެބޭފުޅުން ކުރިއަށް ގެންދަވަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ވަނީ ނައިބު ރައީސް އަރިހުގައި ދަންނަވާފައެވެ. މި މަސައްކަތް ކާމިޔާބުކަމާއި އެކު ފެށިއްޖެނަމަ، ކިލާސްތައް ކުރިއަށް ގެންދެވޭނީ އޮންލައިންކޮށް ކަމަށް ކަމާއި ބެހޭ ފަރާތްތަުން މަޢޫލޫމާތު ދެއްވައެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.