އިސްލާމްދީނާއި ކީރިތި ރަސޫލާ صلي الله عليه وسلم އަށް ފުރައްސާރަކޮށް ދެކެވޭ ވާހަކަ އާއި ހިންގޭ ޢަމަލުތަށް އިތުރުވަމުންދާތީ ރާއްޖެއިން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފި އެވެ.
28އޮކްޓޯބަރ ވީ ބުދަދުވަހު ފޮރިން މިނިސްޓްރީން ނެރެފައިވާ މިބަޔާނުގައި ބުނެފައި ވަނީ އިސްލާމް ދީނާއި، މުސްލިމުންގެ ރަސޫލާ صلي الله عليه وسلم އަށް އަމާޒުކޮށް ކުރާ މަސައްކަތްތަކަކީ ސީދާ ހޭޓް ސްޕީޗް ނުވަތަ ބަޔަކާއި ދެކޮޅަށް ނަފްރަތު އުފެއްދުމުގެ މަޤްސަދުގައި ދައްކާ ވާހަކަތަކެއް ކަމަށެވެ.
"އިސްލާމް ދީނާއި މުސްލިމުންގެ ރަސޫލާ ކުޑައިމީސްކޮށް، ބޭއަދަބީކޮށް ދެކެވޭ ވާހަކަތައް އަދި ލިޔުންތައް އެއީ ޙިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ލިބޭ ހައްޤެއް ކަމަށް ދިވެހިރާއްޖެއިން ނުދެކެން،" އެބަޔާނުގައި ވެއެވެ.
ދިވެހިސަރުކާރުން ނެރުން ބަޔާނުގައި ބުނެފައި ވަނީ އިސްލާމް ދީނާއި ޓެރަރިޒަމާ ގުޅުވައިގެން ދެކެވޭ އެއްވެސް ވާހަކައެއް ބަލައިނުގަންނާނެ ކަމަށެވެ.
ޙިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ރާއްޖެއިން އިޚްތިރާމް ކުރާ ކަމަށާއި، ނަމަވެސް އެ މިނިވަންކަމުގެ ނަމުގައި ހައްދުފަހަނައެޅުން ބަލައިނުގަނެވޭނެ ކަމަށް ވެސް ރާއްޖޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ދިވެހިރާއްޖެއަކީ އިސްލާމްދީނުގެ މަސްދަރުތަކުގެ ހިފަހައްޓައިގެން ދިރިއުޅޭ މުޖްތަމަޢަކަށްވީ ހިނދު، ޙިޔާލު ފާޅު ކުރުމުގެ މިނިވަންކަން އިންސާނީ ހައްޤެއްގެ ގޮތުގައި ހިފެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމަށާއި ދީނުގެ ނަމުގައި ނުވަތަ ޙިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ނަމުގައި ނަމަވެސް، އެއްވެސް ބާވަތެއްގެ ހައްދުފަހަނައެޅުމަކާ ރާއްޖެއިން ދެކޮޅު ހަދާ ކަމަށް ދިވެހިސަރުކާރުގެ ބަޔާނުގައި ވެއެވެ.
ޚިޔާލު