އެފްރިކާދުނިޔެ

އިތިއޯޕިއާގެ ސަރުކާރާއި ދެކޮޅަށް މުސްލިމުން ކުރަމުންދާ މުޒާހަރާތަކުގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތައް އެޤައުމުގައި ބްލޮކްކޮށްލައިފި

އިތިއޮޕިއާގެ ސަރުކާރާއި ދެކޮޅަށް މުސްލިމުން ކުރަމުންދާ މުޒާހަރާތަކުގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތައް އެޤައުމުގެ ސަރުކާރުން ބްލޮކްކޮށްލައިފިއެވެ.

"ވަރަށް ގިނަ ވެބްސައިޓްތައް ބްލޮކްކޮށްލައިފި. އޭގެ ތެރޭގައި އޮންއިސްލާމް އަދި އަލްޖަޒީރާވެސް ހިމެނޭ،" ނަން ހާމަކުރަން ބޭނުންނުވާ އެޤައުމުގެ ރައްޔިތަކު ބޭރުގެ މީޑިއާއަކަށް ހާމަކުރިއެވެ.

މިކަމާއި ބެހޭގޮތުން އިތިއޮޕިއާގެ ސަރުކާރުން މީޑިއާއަށް އަދި އެއްވެސް މަޢުލޫމާތެއް ދީފައިނުވެއެވެ. އިތިއޯޕިއާގެ ސަރުކާރާއި ދެކޮޅަށް އެޤައުމުގެ މުސްލިމުން މުޒާހަރާކުރަންފަށާފައިވަނީ ސަރުކާރުން "އަހްބާޝް" ކިޔާ ބިދުޢަވެރި ފިރުޤާއެއްގެ ޢަޤީދާ މުސްލިމުންގެ ތެރޭގައި ފެތުރުމަށް މަސައްކަތްކުރަމުންދާތީއެވެ.

އިތިއޯޕިއާގެ މުސްލިމުންގެ ދީނީ ކަންތައްތައް ބެލެހެއްޓުމަށް ބޮޑުވަޒީރު މެލެސް ޒެނާވީ ހަވާލުކޮށްފައިވަނީ އަޙްބާޝުންނާއެވެ. މުސްލިމުން ހާމަކުރާގޮތުގައި ދީނީކަންތައްތަކަށް ސަރުކާރުން ނުފޫޒުފޯރުވަން މަސައްކަތްކުރުމީ އެޤައުމުގެ ޤާނޫނުއަސާސީގައި ކަނޑައެޅިގެން މަނާކަމެކެވެ.

އަޙްބާޝުންދަނީ އެމީހުންގެ ދީނީ ތަމްރީންތަކުގައި މުސްލިމުން ބައިވެރިވުމަށް މަޖްބޫރުކުރުވަމުންނެވެ. އަދި ބައިވެރިނުވާ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ކަމުގައިވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މުޙައްލިލުން ހާމަކުރާގޮތުގައި ހުޅަނގުން ދެކޭގޮތުގައި އަހްބާޝް ފިރުޤާގެ ޢަޤީދާއަކީ "ވައްހާބީ" ނުވަތަ "ސަލަފީ" ޢަޤީދާއާއި ބަލާއިރު ވަރަށްވެސް "މޮޑަރޭޓް" ނުވަތަ "މެދުމިނުގެ" ހުޅަނގާއި ރައްޓިހި ޢަޤީދާއެކެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ހުޅަގުގެ ބިދުވަ ވެރި ޝިރުކާއި ހުރާފާތުގެ އަހުލުވެރިން އެންމެ ޖެހިލުން ވަނީ ތައުހީދުގެ އަހުލުވެރިން ދެކެ، ތައުހީދުގެ އަހުލުވެރިން ދުވަހަކުވެސް ބަދަލެއް ނުވާނެކަން އެމީހުންވެސް ދަނޭ، ހުރާފާތު ބިދުވަވެރިން ހެން އެންބުރޭ ވަހުތާނެއްނޫންކަން އެމީހުނަށް އެންގޭ،

Your email address will not be published. Required fields are marked *