އެމެރިކާ

ހެއިޓީގެ ކުޑަކުދިންތަކެއް ވަގަށް ނެގުމުގެ ކުށުގައި އެމެރިކާގެ ބަޔަކު ހައްޔަރު ކޮށްފި

ހެއިޓީގެ ކުދިންތަކެއް ފޮޓޯއަކަށް ހުއްޓިގެން

ހެއިޓީގެ ކުޑަކުދިންތަކެއް ވަގަށް ނެގުމުގެ ކުށުގައި އެމެރިކާގެ ބަޔަކު ހައްޔަރު ކޮށްފިއެވެ. މިކަން ހެއިޓީގެ ސޯސިއަލް އެފެއާރޒްގެ މިނިސްޓާރ ވަނީ އޭއެފްޕީއަށް ހާމަކޮށްފައެވެ.
ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ޔަތީމްވެފައިވާ އެތައް ހާސް ކުޑަކުދިންނެއް އުޅެމުންދާ ހެއިޓީއިން އިން ކުޑަކުދިން ވަގަށް ނަގާ ހެއިޓީއިން ބޭރުކުރަން އުޅުމުން ހައްޔަރު ކޮށްފައިވަނީ އެމެރިކާގެ ކްރިސްޓިއަން މިޝަނަރީ ގުރޫޕެއްގެ 10 މީހުންކަންވަނީ ކަށަވަރު ކުރެވިފައެވެ. ހެއިޓީގައި ޔަތީމްވެ ހާލުގައި ޖެހިފައިވާ ކުދިންނަށް އެހީވުމުގެ ނަމުގައި ހަރަކާތްތެރިވާ އެމެރިކާގެ މި ކްރިސްޓިއަން ޖަމާއަތުން ވަގަށް ނެގި ކުދިންނަކީ 02 މަހާއި 12 އަހަރުގެ ދެމެދުގެ އުމުރުގެ ކުދިންކަމަށް ކަމާއި ބެހޭ ފަރާތްތަކުންވަނީ ހާމަކޮށްފައެވެ.
އެމެރިކާގެ ވަގުންތަށް އަތުލައިގަނެވިފައިވަނީ ހެއިޓީގެ 31 ކުދިން ވަގަށް ނެގުމަށްފަހު ޑޮމިނިކަން ރިޕަޕްލިކްގެ ބޯޑާރ ހުރަސް ކުރަނިކޮންކަމަށް ހަބަރުލިބެއެވެ. މިވައްކަމުގައި ހެއިޓީގެ މީހަކާއި އެޓްލާންޓާގެ މީހެއްވެސް ބައިވެރިވެފައިކަމަށްވަނީ ފާހަގަ ކުރެވިފައެވެ.
'މިއީ އެޑޮޕްޓް ކުރުމެއް ނޫން.' ކަމަށް ހެއިޓީގެ ސޯޝަލް އެފެއާރޒް މިނިސްޓާރ އާއި ހަވާލާދީ ނޫސްތަކުގައި ލިޔެފައިވެއެވެ. އެހެނަސް އެމެރިކާގެ މިޖަމާއަތުން ބުނަމުންދަނީ އެމީހުން އެކުދިންތައް ވަގަށް ނެގީ ނޫންކަމަށާއި 'އެއީ އެހީތެރިވުމަށް ކުރިކަމެއް' ކަމަށެވެ. ހެއިޓީގެ ރަސްމީ ފަރާތްތަކުން ބުނަނީ 'ކަމާއި ބެހޭ މިނިސްޓްރީތަކުގެ އެއްވެސް ހުއްދައެއް ހޯދާފައިނުވާ ކަމަށާއި ހެއިޓީގެ ޤާނޫނުގެ ދަށުން އެމީހުންނާއި މެދު ގޮތެއް ނިންމާނެ' ކަމަށެވެ.
ހެއިޓީއަށް އައި ބާރުގަދަ ބިންހެލުމަށްފަހު އެގައުމުގައި 'ގޮތެއް ފޮތެއް ނެތި' އެތަށް އަމަލެއް ދަނީ ހިންގަމުންނެވެ. އޭގެތެރޭގައި ވައްކަން ކުރުމާއި ރޭޕް ކުރުމާއި މީހުން މެރުމާއި ކުދިން ވަގަށް ނެގުން ފަދަ އެތައް ލާއިންސާނީ އަމަލުތައްދަނީ ހިންގަމުންނެވެ. އަދި 'އެހީދޭ ޖަމާއަތްތަކުގެ' ނަމުގައި ހެއިޓީއަށްވަނީ އެތައް ބަޔަކު ވަދެގަނެ އެތަކެއް ފައިދާތަކެއް ނަގަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *