ޔޫރަޕު

އިޓަލީގައި ބުރުގާ އެޅުން ގިނަވާތީ ބުރުގާ އެޅުން މަނާކުރަނީ

އިޓަލީގައި ބުރުގާ އެޅުން ގިނަވާތީ ބުރުގާ އެޅުން މަނާކުރުމަށް ޤާނޫނު ހަދާ މަޖްލިސްގައި ބަހުސްކުރަމުން އެބަދެއެވެ.

'މިއަދު ބުރުގާ އެޅުން މަނާ ނުކޮށްފިނަމަ މާދަމާ ބައިވަރު އަންހެނުން މޫނު ބުރުގާ އަޅައިގެން އުޅޭތަން ފެންނާނެ.'ކަމުގެ 'ބިރުވެރިކަން' އިޓަލީގެ އިސްފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން 'ދުވަހުން ދުވަހަކަށް ބުރުގާ މިދަނީ އިތުރުވަމުން، ބައްލަވާ މިލާންފަދަ ތަންތަނާއި ބާޒާރުތައް، ބުރުގާތައް ބައިވަރު ފެންނާނެ.' އިޓަލީގެ ސަރުކާރުގެ އިސްވެރިއަކު މަޝްހޫރު ނޫހަކަށް ދިން އިންޓަވިއުއެއްގައި ހާމަކޮށްފައިވެއެވެ.

އިޓަލީއިން ހާމަކުރާ ގޮތުގައި ބުރުގާ އެޅުމާއި މޫނު ބުރުގާ އެޅުން މުޅި ޔޫރަޕުންވެސް މަނާ ކުރެވެން ޖެހޭނެ ކަމަށާއި އެކަމަށް އިޓަލީއިން މަސައްކަތްކުރާނެ ކަމަށެވެ. އިޓަލީއިން ތައްޔާރުކުރަމުންދާ ބިލްގެ ޑްރާފްޓްގައި ބުނާގޮތުން، 'މޫނު ބުރުގާ އަޅައިގެން އުޅޭމީހުންގެ އަދަބަކީ ދެ އަހަރު ދުވަހަށް ޖަލަށްލުން ނުވަތް 2000 ޔޫރޯ އިން ޖޫރިމަނާކުރުން.' މިއެވެ.

ބުރުގާ އާއި މޫނު ބުރުގާއަކީ ދީނީ ޝީޔާރެއް ނޫންކަމަށް ހުޅަނގުގެ ގައުމުތަކުން ބުނަމުންދާއިރު އިސްލާމީ އިލްމުވެރިންދަނީ އެކަމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. އަދި އިސްލާމުން ދަނީ އެކަމާއި ދެކޮޅަށް ތަފާތު ގޮތްގޮތުން ނުރުހުން ފާޅުކުރަމުންނެވެ. އިޓަލީއިން ބުރުގާ އެޅުމާއި ދެކޮޅަށް ތެދުވެފައިވާއިރު ފްރާންސް އިންވެސް ވަނީ މިމުޑުދާރު މަސައްކަތް ފަށާފައެވެ.

އިޓަލީއަކީ 1.2 މިލިއަން މުސްލިމުން ދިރިއުޅޭ ޤައުމެކެވެ. އޭގެ ތެރޭގައި ގާތްގަޑަކަށް ވިހިހާސް މީހުންނަކީ އިސްލާމް ދީނަށް އަލަށް ވަދެފައިވާ މީހުންނެވެ. ހުޅަނގުން އިސްލާމީ ޝިއާރުތަކަށް ހަމަލާދިނުމުގައި ކުރިއަރަމުންދާއިރު އިސްލާމް ދީނަށް ވަންނަމުންދާ މީހުންދަނީ އިތުރުވެ ވަރުގަދަ ވަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ޔޫރަޕު