އަލްޤައިދާގެވެރިޔާ އުސާމާބިންލާދިންގެ އިންޒާރެއް އެމެރިކާގެރައީސް އޮބާމާއަށްދީފިއެވެ. އުސާމާގެ މި އިންޒާރުގައި ފަލަސްޠީނަށް ހަމަޖެހުން ނާންނަހާ ހިނދަކު އެމެރިކާއަށްއަމާންކަމެއް ނޯންނާނެކަމަށް ބުނެފައިވެއެވެ. އެމެރިކާ އަޑީގައިއޮވެގެން ފަލަސްޠީނު ސުންނާފަތިކުރަމުންދާ ދިއުމަށް ޢިޝާރާތްކޮށް ވާހަކަދައްކާފައިވާ މިއޯޑިއޯޓޭޕް ފޮނުވާފައިވަނީ މިދިޔަ އާދިއްތަދުވަހު އަލްޖަޒީރާޓީވީއިންނެވެ.
"އަހަރެމެންނަށް އަމާންކަމާއެކު ފަލަސްޠީނުގައި ދިރިނޫޅެވޭހާ ހިނދަކު އެމެރިކާއަށް އަމާންކަމާއެކު ދުނިޔޭގައި ދިރިއުޅެވޭނެކަމުގެހުވަފެންވެސް ދެކިގެންނުވާނެ، ޣައްޒާގައި އަހަރެމެންގެއަޚުންނަށް ނިކަމެތިހާލު ޖައްސާފައި ކަލޭމެން އުފަލުގައި އުޅެމުންދާދިއުމަކީ އިންސާފެއްނޫން".
އުސާމާގެ މިއޯޑިއޯޓޭޕްގައި އެމެރިކާއަށް ކުރިއަށްއޮތް ދުވަސްތަކުގައި ގިނަޙަމަލާތަކެއް ދޭނެކަމުގައިބުނެ އިންޒާރުދީފައިވެއެވެ.

















advertisment
ައުސާމާ އަކީ ގަަދަ މީހެއް ބުނެފައެވާ ބަހަކީ ހަމަ ޙައްގު ބަހެއް ކޮންމެ މުސްލިމަކުވެސް އުފާވާނެ އަދި ހިތްވަރު އާލާވާނެ ބަހެއް.