ރާއްޖޭގެ ޚަބަރު އެއްވަގުތެއްގައި އެކި ރަށްރަށުން ނުކުމެ ދިވެހިން ގޮވާލީ ޣައްޒާގެ ހިޞާރު ނައްތާލުމަށް

އެއްވަގުތެއްގައި އެކި ރަށްރަށުން ނުކުމެ ދިވެހިން ގޮވާލީ ޣައްޒާގެ ހިޞާރު ނައްތާލުމަށް

އެއްވަގުތެއްގައި އެކި ރަށްރަށުން ނުކުމެ ދިވެހިން ގޮވާލީ ޣައްޒާގެ ހިޞާރު ނައްތާލުމަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމު ހުއްޓުވައި، ޣައްޒާގެ ހިޞާރު ނައްތާލުމަށް ގޮވާލައި "ޤައުމީ ބޮޑު އެއްވުން" ގެ ނަމުގައި މިއަދު ހަވީރު މާފަންނު ދަނޑުގައި ބޮޑު އެއްވުމެއް ބާއްވައިފިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި އެއްވުމަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ޖަމްއިއްޔާ ޖަމާއަތްތަކާއި އެހެނިހެން ފަރާތްތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި އެއްވުމުގައި ދައުލަތުގެ ވަޒީރުންނާއި، އާންމު ރައްޔިތުންގެ އިތުރުން ފަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ ބައިނަލްއަޤްވާމީ ފެންވަރުގެ 12 ޝަޚްޞިއްޔަތުންވެސް ބައިވެރިވިއެވެ.

މި އެއްވުމުގައި ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލާފައިވެއެވެ. އަދި މިނިވަން މުސްތަޤިއްލު ފަލަސްޠީނެއް ޤާއިމްކުރުމަށްވެސް ގޮވާލާފައިވެއެވެ. މީގެ އިތުރުން ޔަހޫދީ ދައުލަތުގެ އަނިޔާތައް ކައިރިން ތަޖުރިބާކޮށްފައިވާ ފަލަސްޠީނުގެ ދެ ރައްޔިތަކުވެސް މި އެއްވުމުގައި ބައިވެރިވެ، އެމީހުންގެ ތަޖުރިބާތައް ހިއްސާކޮށްފައިވެއެވެ.

"ރާއްޖެ ކިތަންމެ ކުޑަޔަސް، ފަލަސްޠީނުގެ ހައްޤުގައި ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށްލަން ބޭނުން. ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންވީ. ޤައުމުގެ ބޮޑުކުޑަމިނުންނެއް ނޫން ތަފާތު ދެއްކޭނީ،" މި އެއްވުމުގައި ބައިވެރިވި ބައިނަލްއަޤްވާމީ ޝަޚްޞިއްޔަތެއް ވިދާޅުވިއެވެ.

މި އެއްވުމަކީ ޔަހޫދީ ދައުލަތުން ވޭތުވެދިޔަ 18 އަހަރު ޣައްޒާ އެއްކޮށް ބަންދުކޮށްފައި އޮތުމާ ދެކޮޅަށް އަޑުއުފުލައި، ޣައްޒާ "ހިޞާރު" ނައްތާލުމަށް ހިންގާ ގްލޯބަލް ސުމޫދު ފްލޯޓިލާގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 50 ކައުންސިލަކުން މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، މިއީ މިހާތަނަށް ފަލަސްޠީނުގެ ހައްޤުގައި ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އެއް ހަރަކާތެވެ.

މި ތާރީޚީ އެއްވުން ނިންމާލާފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ނަޞްރު ދެއްވުން އެދި ކުރި ޚާއްޞަ ދުޢާއަކުންނެވެ.

ޓެގް

އައިއޭސީ ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.