ވިޔަފާރިދިއިސްލާމް

ޔޫރަޕްގެ އެންމެ ބޮޑު އިންވެސްޓަރަކަށް ތުރުކީ

ތުރުކީގެ އިޤްތިޞާދީ ވަޒީރު ޒާފަރު ކޭގުލައިން

ތުރުކީގެ އިޤްތިޞާދީ ވަޒީރު ޒާފަރު ކޭގުލައިން

 

ޔޫރަޕްގެ ޤައުމުތަކުން މިއަހަރުގެ ފުރަތަމަ 10 މަހުގެ ތެރޭގައި ތުރުކީގައި 86 އިންސައްތައަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ކޮށްފައިވާ އެޤައުމުގެ އިޤްތިޞާދީ ވަޒީރު ޒާފަރު ކޭގުލައިން ވިދާޅުވެއްޖެއެވެ.
ޒާފަރު ވިދާޅުވީ ފޮރިން ޑައިރެކްޓް އިންވެސްމެންޓްގެ ގޮތުގައި މިއަހަރު އޮކްޓޫބަރު މަހުގައި 436 މިލިއަން ޑޮލަރަށް އަރަފައިވާ ކަމަށެވެ. އަދި މިދިޔަ 2010 ވަނަ އަހަރުގެ ޖެނުއަރީއާއި އޮކްޓޯބަރު މަހުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓަކީ 84 އިންސަތަކަމަށް ޒާފަރު ވިދާޅުވިއެވެ.
އިޤްތިޞާދީ ވަޒީރު ވިދާޅުވީ ފޮރިން ދައިރެކްޓް އިންވެސްޓް މެންޓް މިއަހަރުގެ ފުރަތަމަ 10 މަހުގެ ތެރޭގައި 11.5 ބިލއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. އެއީ މިދިއަހަރުގެ މިމުއްދަތުގައި ލިބުނު 6.3 ބިލއަން ޑޮލަރާއި އަޅާބަލާއިރު ލިބުނު ކާމިޔާބެއް ކަމަށެވެ.
މިދިއަހަރުގެ މުޅި ޖުމުލަ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްގެ ގޮތުގައި ތުރުކީއަށް ލިބިފައިވަނީ 9.1 ބިލއަންޑޮލަރު ކަމަށް ރަސްމީ ތަފާތު ހިސާބުތަކުން ދައްކައެވެ.
ޒާފަރު އިތުރަށް ވިދާޅުވީ މިހާރު ތުރުކީގެ އިޤްތިޞާދަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤތިޞާދުކަމަށާއި މިއަހަރުގެ އެންމެ ފުރަތަމަ ތިން ކްއާޓަރުގައިވެސް 9.6 އިންސަތަ ގުރޯތު ރޭޓްގެ ގޮތުގައި ރެކޯޑްކުރެވިފައިވާކަމަށެވެ.
ޔޫރަޕްގެ އިއްތިހާދުގެ ޤައުމުތަކުން ސްޕޭންއާއި އޮސްޓިރިއާއަކީ ފޮރިންގ ޑައިރެކްޓް އިންވެސްޓް މެންޓްގެ ގޮތުގައި ތުރުކީއިން އެންމެ ވިޔަފާރި ކޮށްފައިވާ ޤައުމުތަކެވެ. އެގޮތުން ސްޕޭނުން ވަނީ 2.18ބިލިއަން ޑޮލަރުގެ އިންވެސްޓް ކޮށްފައިކަމަށާއި އޮސްޓްރިއާއިން ވަނީ 2.15 ބިލިއަން ޑޮލަރުގެ އިންވެސްޓް މެންޓް ކޮށްފައިކަމަށް ޒާފަރު ވިދާޅުވިއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މިނިސްޓަރުގެ ނަން ނުބައިކޮށް ލިޔެފަ މިއޮތީ.. ޒަފޭރް ޗާލަޔަން އެއީ ރަނގަޅުގޮތް. ޝުކުރިއްޔާ.

Your email address will not be published. Required fields are marked *