އޭޝިއާދިއިސްލާމްދުނިޔެ

އޮސްޓްރޭލިއާގެ މީހުން ޙަލާލް މަސްކެއުމުން ނޭނގިތިބެެ އިސްލާމްވަނީ- ޕާލިމެންޓް މެމްބަރެއް

ހުޅަނގު އޮސްޓްރޭލިއާ ޕާލިމެންޓުގެ، ލިބެރަލް ޕާޓީގެ މެމްބަރު ލޫކް ސިމްޕްކިންސް

ހުޅަނގު އޮސްޓްރޭލިއާ ޕާލިމެންޓުގެ، ލިބެރަލް ޕާޓީގެ މެމްބަރު ލޫކް ސިމްޕްކިންސް

އޮސްޓްރޭލިއާގެ މީހުން ޙަލާލް މަސްކެއުމުން ނޭނގިތިބެެ އިސްލާމްވަމުންދާކަމަށް ހުޅަނގު އޮސްޓްރޭލިއާގެ ޕާލިމެންޓު މެމްބަރަކު ތުހުމަތުކޮށްފިއެވެ.

އިއްޔެ ޕާލިމެންޓުގައި ވާހަކަދައްކަމުން އެޤައުމުގެ ލިބެރަލް ޕާޓީގެ މެމްބަރު ލޫކް ސިމްޕްކިންސް ބުނިގޮތުގައި އޮސްޓްރޭލިއާގެ ގިނަ މީހުންނަށް އެމީހުންނަށް ކާންލިބޭ މަހަކީ އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ކަތިލެވިފައިވާ ޖަނަވާރުންގެ މަސްކަމެއް އެމީހުންނަކަށް ނޭގޭ ކަމަށެވެ.

"އޮސްޓްރޭލިއާގެ ރައްޔިތުންގެ ޤަސްދަކާއި ނުލަ ޙާލާލް މަސްކެއުމުގެ ސަބަބުން އަހަރެމެންނަށް މިތިބެވެނީ އިސްލާމްވުމާއި ވަރަށް ގާތުގައި. މިފަދަ ކަމެއް އަހަރެމެންނަށް ނޭގިތިބެ، އަހަރެމެންގެ އިޚްތިޔާރަކާއި ނުލާ މަޖްބޫރުން މިގޮތަށް ކުރުވުމީ އެއްގޮތަކަށްވެސް ވެގެންވާނޭކަމެއް ނޫން،" ސިމްޕްކިންސް ބުންޏެވެ.

މީނާ އިތުރަށް ބުނިގޮތުގައި މިއީ އަޣްލަބިއްޔަތު ބޮޑު ބައިގަނޑަށް ބެލުމެއްނެތި ހަމައެކަނި މަދުމީސްކޮޅަކަށް ކަންތައްތައްކޮށްދިނުމުގެ ނަތީޖާކަމަށެވެ.

ސިމްޕްކިންސް އޭނާގެ ވާހަކައަށް އިތުރަށް ބާރުދިނުމުގެ ގޮތުން ބުނެފައިވާ ގޮތުގައި މީނާ ހެދި ސަރވޭއަކުން ދެއްކިގޮތުގައި އޮސްޓްރޭލިއާގެ ގިނަ މަސްފެކްޓަރީ ތަކުން މަސްކެވޭ ޖަނަވާރުތައް ކަތިލަނީ އިސްލާމްދީނުގައި އޮންނަ ގޮތަށެވެ. އަދި އެފެކްޓަރީތަކުން އުފައްދާ މަސްޕެކެޓުގެ ބޭރުގައި ޙަލާލް ލޭބަލް ޖަހާފައި ނުވާކަމަށްވެސް މީނާ ބުނެފައިވެއެވެ.

"މަދުބައިގަނޑުގެ ދީނުގެ ނުފޫޒެއްނެތި އޮސީ ބާބެކިއު ހެދުމަށް މަސް ނުލިބޭކަމަށް މީހުންދަނީ ޝަކުވާކުރަމުން" ކަމަށް ބުނެ ސިމްޕްކިންސްވަނީ ހުރިހާ ޙަލާލް މަހެއްގައި އެއީ ޙަލާލްމަސް ކަން އިނގޭގޮތަށް ލޭބަލް ޖެހުމަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.

އިސްލާމްދީން ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރުމަށް ޙަލާލް މަސްކާންދިނުމަށް ޞަލަވާތާއި ސަލާމްލެއްވި މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވާކަމަށް ބުނެ ސިމްޕްކިންސް ވަނީ އެކަލޭގެފާނުގެ މައްޗަށް ދޮގު ބުހުތާނުތައް ހަދާފައެވެ. އިތުރަށް މޮޔަ ގޮވަމުން މީނާ ބުނި ގޮތުގައިި މިއީ ކާފަރުން އިސްލާމްކުރުމަށް މުސްލިމުން ބޭނުންކުރާ އެންމެ ބޮޑު އެއް އުކުޅެވެ.

ސިމްޕްކިންސް ހުށަހެޅި ޕެޓިޝަން އިންތިޒާމްކޮށްފައިވަނީ ބަރނަބަސް ފަންޑު ޖަމާޢަތުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޖަމާޢަތަކީ މުސްލިމު ޤައުމުތަކުގައި ދިރިއުޅޭ ނަޞާރާއިންނަށް އެހީތެރިވެދޭ ޖަމާޢަތެކެވެ.

ސިމްޕްކިންސްގެ ވާހަކަ ނިމުމުން އޮސްޓްރޭލިއާގެ އިމިގްރޭޝަން މިނިސްޓަރުވަނީ މީނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. "ހުރިހާ މެމްބަރުންވެސް ކުރަންޖެހޭކަމަކީ އަނެކާއަށް ޖެއްސުންކުރުން ދޫކޮށް އަނެކާއަށް އިޙްތިރާމްކުރަން. އެކަކު އަނެކަކުގެ އިޚްސާސްތައް ދަންނަންވާނެ. ނަމަވެސް މިއަދު ސިމްޕްކިންސް ދައްކާފައި މިވަނީ އޭގެ ދިމާ އިދިކޮޅު،" އޭނާ ހާމަކުރިއެވެ.

ގުޅުންހުރި

4 ޚިޔާލު

  1. މީ ކުޑަކުދިންވެސް ނުދައްކާނެ ކަހަލަ ވާޙަކަ މިމީހާ މިދައްކަނީ، ހީހީހީ،

  2. އެއީ މައްސަލައެއް ނޫން. އޭނާ ވާހަކަދައްކާފައި އެވަނީ އޭނާގެ ޢަޤީދާއާ އެއްގޮތަށް. ޞާލިހު ރަނގަޅު މީހުންގެ މަސް ކެއުމަކީ އެމީހުންގެ ސިފަތައް ލިއްބައިދޭ ކަމެއްކަމަށް އެފްރިކާގެ މިނިކާ މީހުންވެސް އިޢުތިޤާދުކުރޭ. މީގެ މައްޗަށް ބިނާކޮށް ކްރިސްޓިއަނުން ގަބޫލުކުރާ ގޮތުގައި ޕާސްއޯވަރގައި އެމީހުން ކާ ރޮއްޓަކީ ކްރައިސްޓްގެ މަސް. އެމީހުން ބޯ ރަލަކީ ކްރައިސްޓްގެ ލޭ. ވީމާ އެމީހުންނަށް ހީވަނީ ﷲ ގެ ނަންފުޅު ގަނެ ކަތިލެވޭ ތަކެތި ކެއުމުން އިސްލާމް ދީން އެމީހަކަށް ނޭނގިހުރެ އެމީހެއްގެ ހަށިގަނޑުގައި އަށަގަންނަހެން. އެފަކީރަށް ކިހިނެއްތަ އެނގޭނީ އިސްލާމްވުމަށްޓަަކައި ހިތުގެ އީމާންތެރިކަން އެއީ މުހިންމު އެއްޗެއްކަން.

  3. ތިޔަ މީހަކީ ތަނެއްދޮރެއް ނުދަންނަ ޖާހިލެއް. ﷲ އޭނާއަށް ތެދުމަގު ދައްކަވާށި!

  4. މިކަލޭގެ އަށް ހިދާޔަތް ލިބި މީނާ އިސްލާމްވާ ވާހަކަ ފަލަ ސުރުޚީގައި ލިޔެލެވޭނެ ދުވަހަކަށް އިންތިޒާރުކުރަން. ފަހަރެއްގައި އޭރުން އޭނާގެ ހިތުގައި މިހާރު ފޮރުވިފައިވާ ބައެއް ތެދު ވާހަކަ ހާމަކޮށްފާނެ ކަންނޭގެ.

Your email address will not be published. Required fields are marked *

More in އޭޝިއާ