ޕާކިސްތާނުގެ ތާލިބާން ލީޑަރ މަސްޢޫދު އެމެރިކާގެ މިސައިލް ހަމަލާއެއްގައި މިހަފްތާގެ ކުރީކޮޅު މަރަލެވިއްޖެކަމަށް އެމެރިކާއިން އާންމުކޮށްފައިވާއިރު މަސްޢޫދު ވަނީ ދުނިޔޭގައި ހުރިކަމަށް މުޅިދުނިޔެއަށް އާންމުކޮށްފައެވެ.
'މިއަދު 16 ޖެނުއަރީ 2010 ގައި އަހަރެން މުބުނަނީ އަހަރެން ދުނިޔޭގައި އެބަހުރިން. އަހަރެންގެ ހާލު ރަނގަޅު، އަހަރެން ޒަހަމެއްނުވޭ، ހަމަލާ ދެވުނު ވަގުތު އަހަރެން އެތާގައި ނެތް.' ތާލިބާނުން ނެރެފައިވާ އޯޑިއޯއެއްގައި މަސްޢޫދު ވާހަކަ ދައްކަވަމުން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން މަސްޢޫދު ހާމަކުރައްވާފައިވާ ގޮތުގައި 'މަސްޢޫދު މަރުވެއްޖެކަމަށް އެމެރިކާއިން ފަތުރާ ހަބަރަކީ ޕްރޮޕެގެންޑާއެއްކަމަށާއި އެމީހުންގެ ބޭނުމަކީ މިޕްރޮޕެގެންޑާގެ ޒަރީއާއިން މުސްލިމުން ނިކަމެތިކުރަން.' ކަމަށެވެ.
މިހަބަރާއި ގުޅިގެން އެމެރިކާއިން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި ފާކިސްތާން ތާލިބާންގެ ލީޑާރ މަރުވެފައިވާކަމެއް 'ނޭނގޭ' ކަމަށެވެ. އެހެނަސް ކުރިން އެމެރިކާއިން މީޑީއަތަކުންވަނީ މަސްޢޫދު 'ނައްތާލެއްޖި' ކަމަށް ބުނެ ހަބަރު ފަތުރާފައެވެ.
ފަހަކަށްއައިސް ޕާކިސްތާނާއި އަފްޢާނިސްތާނުގައި އެމެރިކާއިން ކުރިއަށްގެންދާ ހަނގުރާމާގައި ފޫނުބެއްދޭހާ ގިނަގުނަ ގެއްލުންތައް ދަނީ ކުރިމަތިވަމުންނެވެ.
ޚިޔާލު