ރާއްޖޭގެ ޚަބަރު ޕާކިސްތާނުގައި ބާއްވާ ޤުރުއާން މުބާރާއްތެއްގައި ރާއްޖެ ތަމްސީލްކުރަން ފުރުސަތު ލިބިއްޖެ

ޕާކިސްތާނުގައި ބާއްވާ ޤުރުއާން މުބާރާއްތެއްގައި ރާއްޖެ ތަމްސީލްކުރަން ފުރުސަތު ލިބިއްޖެ

ޕާކިސްތާނުގައި ބާއްވާ ޤުރުއާން މުބާރާއްތެއްގައި ރާއްޖެ ތަމްސީލްކުރަން ފުރުސަތު ލިބިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނުގެ އިސްލާމާބާދުގައި 2025 ވަނަ އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ "ފަސްޓް އިންޓަނޭޝަނަލް ގިރާއަތު ކޮމްޕެޓިޝަން" ގައި ދިވެހިރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ލިބިއްޖެއެވެ. މި މުބާރާތަކީ ޕާކިސްތާނުގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއާޒް އެންޑް އިންޓަރ ފެއިތު ހާމަނީން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހާމަކުރި ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ލިބިފައިވަނީ އެންމެ ބައިވެރިއެއްގެ ފުރުސަތެވެ. އަދި މި މުބާރާތަކީ ހަމައެކަނި ފިރިހެނުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށްވުމާއި، ފިރިހެނަކަށްވުމާއި، އުމުރުން 25 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން ހިމެނެއެވެ. އަދި ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ޤުރުއާން ކިޔަވަން އެނގުމާއެކު، ގިރާއަތްތަކަށް ކިޔަވަން އެނގޭ، ޤުރުއާން ހިތުދަސް ހާފިޒުންނަށް އިސްކަންދެވޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތަށް ޕާކިސްތާނަށް ދަތުރުކުރުމުގެ ޓިކެޓާއި، އެ ޤައުމުގައި ހުރުމާއި ކެއުމުގެ ޚަރަދު މުބާރާތް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައިދޭނެކަން ވަނީ އިޢުލާނުކޮށްފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ. މި މުބާރާތަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވޭ ފުރަތަމަ ގިރާއަތު މުބާރާތް ކަމަށްވުމާއެކު، ރާއްޖެއިން ބައިވެރިވާ ފަރާތަށް މުހިންމު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ޓެގް

ޤުރުއާން މުބާރާތް ޕާކިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.