ވާހަކަދިއިސްލާމް

ތައުބާވީ ކުއްޖެއް "މި ނުކިޔާ ދޫނުކުރައްވާތި" 1

"އަޅުގަނޑު އެ އަޚާ ދަންނަން. އަޅުގަނޑު ނުދަންނަވަން އެއީ އިޒްރޭލު ކުއްޖެކޭ. އެއީ މި ބިމުގެ ދަރިއެއް. އަޅުގަނޑު އެ އަޚާ ރަނގަޅަށް ދަންނަން.

އެއަޚާ ވަރަށް ގަދަޔަށް ރޮއެ. އެއަޚާ ވަރަށް ބޮޑަށް ރޮއެ، އަދި ޤްރްޢާން ކިޔެވޭ ތަނެއް ނުދޭ އެ އަޚާގެ ހިތް ތިރިވެ ހިތް މަޑުމޮޅިވެ، ނުރޯ ތަނެއް. އެއީ ހައިރާން ވާ ފަދަ ބީރައްޓެހި ގޮތަކަށް އުޅޭ ކުއްޖެއް."

އެ އަޚާ ގެ އުމުރުން އެންމެ 12 އަހަރުގައި ކީރިތި ޤްރްޢާން ހިތުން ދަސްކުރި. އެހެންކަމުން ތިމަން ނަ އަށް ވުރެން އެ އަޚާ ﷲގެ ކަލިމަ ފުޅު ތަކަށް ދޮއްޓެވެ. އަދި ތއަޅުގަނޑު އެ އަޚާ އަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ނުދެއްވާވާ މަތިވެރި ކަމެއް ނުދެން.

އަޅުގަނޑު އެ އަޚާގެ ވާހަކަ މިކިޔައިދެނީ އަޅުގަނޑުގެ ހިތުގައި، އަޅުގަނޑުގެ ދެލޮލުން ފެނުން ކަމެއް މެނުވީ ނުކިޔައިދެން ޝަރުތު ކޮއްފަ. ދެވަނައަށް އަޅުގަނޑު ދަންނަވާ އެއްޗެއް އޭގެ ޙަޤީޤަތުގެ މައްޗަށް އިތުރު ނުކުރުމަށް ވެސ ޝަރުތު ކޮށްފަ އެވެ.

އެ އަޚާ އެންމެ ދެ ހަފްތާ ތެރޭގަ ސަޙީޙް މުސްލިމު ހިތުން ދަސް ކުރި. އެއަޚާ ސަޙީޙް ބުޚާރީ ވެސް އަޅުގަނޑުގެ އަނެއް އަޚާ އަށް އިނގިގެން- ތިމަން މެންނަކީ ތިން މީހުން – ދެހަފްތާ ތެރޭގަ ހިތުން ދަސްކުރި. އިނގިލައްވާ ތޯ! އަޅުގަނޑަށް އެ އަޚާ އަށް ބުޚާރީ ހިތުން އެނގޭ ކަމެއް ނޭންގެ. އަދި ތިމަން ގެ އަނެއް އަޚާ އަށް އޭނަ އަށް ސަޙީޙް މުސްލިމް ހިތުދަސް ކަމެއް ނޭންގެ. އެހާ އިޚްލާސް ތެރި ކަމަށް ލޯބި ކުރޭ. އޭނާ އަބަދުވެސް ސިއްރީ އައް ސިދްޤީ ގެފާނުން ދެކި ވަރަށް ލޯބިވޭ. އިނގިލައްވާތަ ސިއްރީ އައް ސިދްޤީ ގެފާނުން ދެކި އެހާ ލޯބިވާ ސަބަބެއް؟ އެއީ ސިއްރީ އައް ސިދްޤީ ގެފާނުން ނަކީ އިންތިހާ އަށް އިޚްލާސް ތެރި ކަމަށް ލޯބި ކުރައްވާ ބެއި ކަލެއް.

އެ އަޚާ އަކީ ވަރަށް މޮޅު ކުއްޖެއް އޭނާގެ ސުކޫލުގަ. އެ އަޚާ ހަމަ އެކަނި ނިދާ އުޅެނީ ސުކޫލުން އަންނަ ގޮތަށް މެންދުރު ވަންދެނެ. ޢަސްރް ފަހުން އެ އަޚާ ދާނެ ޙަދީސް ކުލާސް ތަކަށް. އަދި މަޣްރިބުފަހުން ބޮޑެތި ޝެއިޚުން ގެ ދަރުސް ތަކަށް. ޢިޝާގެ ފަހުން އެގާރަ ޖަހަން ދެން ސުކޫލުގެ ކަންކަމުގަ ފިލާވަޅު ހެދުމާއި ދަސްކުރުމާއި ކަން ކަމަށްފަހު ފަތިސް ވުމަށް ދާންދެން ކޮންމެ ރެޔަކު ދަމުނަމާދު ކުރުމުގަ ހޭދަ ކުރޭ.

އަޅުގަނޑު އިތުރު ކޮށްގެނެއް ނުކިޔައިދެން. އެއީ ހަމަ މިބިންމަތީގެ ދަރި އެއް. މި ޤައުމުގެ ފަރުދެއް.

ޤްރްޢާން ކިޔެވޭ ކޮންމެ ވަގުތަކު އޭނަ ރޮއޭ. އަޅުގަނޑު ކިޔާ އުޅެން ސަލަފުންގެ ބެއިކަލުން ޤްރްޢާން ކިޔާފަ ހޭނެތޭ ވާހަކަ. އަޅުގަނޑަށް އިނގޭ މިކަމާމެދުގަ ސްކޮލާސް ގެ އިޚްތިލާފީ ވާހަކަތަށް ވެސް ހުންނަ ގޮތް. ނަމަވެސް މިކަން ތިމަންގެ ދެލޮލުން ނުދެކެން މި ޒުވާނާގެ ކިބަ އިން ނޫނީ. އަޅުގަނޑުމެން ހުކުރު ނަމާދެއްގަ ތިއްބާ އިމާމް މީހާ: " وَنَادَى أَصْحَابُ النَّارِ أَصْحَابَ الْجَنَّةِ أَنْ أَفِيضُواْ عَلَيْنَا مِنَ الْمَاء أَوْ مِمَّا رَزَقَكُمُ اللّهُ قَالُواْ إِنَّ اللّهَ حَرَّمَهُمَا عَلَى الْكَافِرِينَ"
"އަދި ނަރަކަ ވަންތަވެރިން ސުވަރުގެ ވަންތަވެރިންނަށް ފެން ތިއްކެއްގެ މިންވަރަށް އެދި ގޮވާނެ އެވެ" {ޢަޢްރާފް:50} މި އާޔައި ކިޔާ އިރަށް އެ އަޚާ ޚަބަރު ހުސްވެގެން ވެއްޓިއްޖެ. ތިމަންމެން ހީކުރީ އޭނަ މަރުވީ ކަމަށް.

އަޅުގަނޑުގެ ގޭގައި ނަމާދު ކުރި ރެޔަކު، އެ އަޚާ ހަދާ ނުހަދާ ބަލާހިތުން އަޅުގަނޑު އޮތީ ނިދި ކަމަށް ހަދައިގެން. އެ އަޚާ އަޅުގަނޑުގެ ގާތަށް އައިސް ތިމަން ނިދި ތޯ ބެލަން މޫނު މަތީގައި އަތުން ހަނާ އަޅާލި އެވެ. އޭނަ އެގާރަ ޖަހާއިރު ހޭލި އިރު އަޅުގަނޑަށް ނިދި ނިދިފަ ހޭލެވޭ. އަދި (އަޅުގަނޑު އެ ހާލުގަ އޮއަވާ) އެ އަޚާ ނަމާދެއްކުރާން ކޮޅަށް ހުންނަ އިރު ރުކޫޢ ކުރާ ތަނެއް ނުދެކެމެވެ. ސަޖިދަ ކޮށްފި ނަމަ ތެދުވާ ތަނެއްވެސް ނުދެކެމެ.

އެހެން ތަފާތު ރެޔަކު ތިމަން ކުރިމަތީ ހުރެ އެ އަޚާ ޤްރްޢާނުން މި އާޔަތާ ހަމަޔަށް "كَلَّا إِنَّهَا لَظَى ، نَزَّاعَةً لِّلشَّوَى" "ހަމަ ކަށަވަރުން އެމީހުންގެ ބޮލުގެ ހަންގަނޑު އަންދާހުށީ ނަރަކައިގެ އަލިފާނެވެ"{މަޢާރިޖް: 15-16} ކިޔާފަ ރޮއެ ރޮއެފަ ހޭނެތުނީ. އަޅުގަނޑު އެ އަޚާ ހޭ އެރުވީމަ ގޮސް ވުލޫކޮށްގެން އައިސް ނަމާދުކުރަން ފެށި. އަނެއްކާވެސް "كَلَّا إِنَّهَا لَظَى ، نَزَّاعَةً لِّلشَّوَى" "ހަމަ ކަށަވަރުން އެމީހުންގެ ބޮލުގެ ހަންގަނޑު އަންދާހުށީ ނަރަކައިގެ އަލިފާނެވެ" ކިޔަވާފަ ހަބަރު ހުސްވެގެން ވެއްޓުނީ. މިހެން ގޮސް ތިންވަނަ ފަހަރަށް ހޭނެތުމަށްފަހު ފަތިސް ވުމަށް ދާންދެން ހޭނާރާ އޮތް.

އެ އަޚާ ކޮންމެ ތިން ރެޔަކުން ދަމު ނަމާދުގައި ޚަތިމް ކުރޭ. އަދި ކޮންމެ ހަތް ދުވަހުން ދުވާލު ގަޑިގައި ކިޔަވައިގެން ޚަތިމް ކުރެއެވެ. އަޅުގަނޑު އިތުރު ކޮށްގެން ނުކިޔަން. އެއީ ތިމަން ކުރިމަތީން ވެސް އެކަން ފެންނާތީ. އަދި ﷲ ގަންދީ ހުވާކޮށްފަ ބުނަން. އެ އަޚާ ކޮންމެ ދުވަހަކު 12000 ފަހަރު ﷲ މަތިން ހަދާން ކުރޭ. އަޅުގަނޑު އަމިއްލަޔަށް ގުނާފަ މި ދަންނަވަނީ. އަޅުގަނޑު އެކަމާއި މެދު ސުވާލު ކުރުމުން ބުނީ:"އަޅުގަނޑު ބޭނުމެއް ނޫން އަބޫ ހުރައިރާ އަހަންނަށް ވުރެ ގިނައިން (ﷲ މަތިން)ހަނދާން ކުރާކަށެއް" އަޅުކަމާ ޖެހުނީމަ ހުންނަ ފޯރި މި ހުރީ.

އޭރު އަދި އުމުރުން 17 އަހަރު އެ އަޚާ. ތިމަންނަ އަށް އެ އަޚާ އާ މެދު ބުނާނެ އެއްޗެއްވެސް ނޭންގެ. އެއްވެސް (ފޮތެއްކަހަލަ) އެއްޗަކާ ޖެހިއްޖެއްޔާ އަޅުގަނޑު ބުނަން "މަ އަޚާޔަށް މި ހިތުން ދަސްކުރަން ދެރަދެން" އެ އަޚާ އަބަދުވެސް ބުނާނެ "މަށަށް ދެރަނުދީ" އެކަމަކު އަޅުގަނޑު ގަދަ ކޮށްލަން އަނެއްކާވެސް ދެރަދެން. އެކަމަކު އަނެއް ދުވަހު އެ އަޚާ އަންނާނީ އެ އަޚާގެ ނަން ކިޔަން އެނގޭ ފަދަ އިން ހިތުން ދަސް ކޮށްލައިގެން. އަދި 3 ކުށް ޖައްސައިފި ނަމަ އެ ހިތުން ދަސްވި ކަމަކަށް އެ އަޚާ ޤަބޫލެއް ނުކުރެއެވެ. 3 ކުށް.
މިއީ ތަޢުބާ ވި ކުއްޖެއް ތިބޭފުޅުންނަށް އެ އަޚާގެ ފާފަ އިނގޭ ނަމަ. އަޅުގަނޑު އެ އަދި ފަހުން ބުނާނަން. (އިންޝާ ﷲ)

އަޅުގަނޑުމެން އެއްވެސް ޒުވާނަކާ މެދު އުންމީދު ހުސްވެއްޖެ ނަމަ - އަޅުގަނޑުމެން މީހަކަށް ދަޢުވާ ދީގެން އުންމީދު ކެނޑިއްޖެ ނަމަ. އަޅުގަނޑަކަށް ނޭންގެ. ﷲ މޮޅަށް ދެނެ ވޮޑިގެން ވޭ – އެ އަޚާއީ ދުޢާ އިޖާބަ މީހެއްކަން 17 އަޚުން ހެކިވާނެ އެންމެކަމެއް ނޫން މިއީ. އަޅުގަނޑުމެން އެއްވެސް ޒުވާނަކާ މެދު އުންމީދު ހުސްވެއްޖެ ނަމަ އަޅުގަނޑުމެން އެ އަޚާ ގާތުން އެމީހަކަށް ދަޢުވާ ދިނުމަށް އެދެން. ﷲ ގަނދީ ބުނަން. އެންމެ 2 ދުވަސް ތެރޭ އެމީހަކު އިސްލާޙު ވޭ. އެ އަޚާ 2 ދުވަސް ވަންދެން އޭނާ އާއެކީ އުޅޭ. ފުރަތަމަ ދުވަސް. ދެވަނަ ދުވަސް. ދެން ފެންނާނީ އެންމެ ފުރަތަމަ ސަފުގަ ނަމާދު ކުރާތީ. އެއީ ސިގިނރެޓް ބޯ، ޑްރަގް ނަގާ، ... ކޮންމެ މީހަކަސް ﷲ ގެ އެހީފުޅާ އެކީ އިސްލާޙުވެ. ބަރަކާތްތެރިކަން. ބަރަކާތް ތެރިކަން.

އެއްފަހަރަކު އަޅުގަނޑުމެން ދެކުނުގެ ސްކޮލަރ އެއްގެ ފަހަތުގަ ނަމާދު ކުރި ދުވަހެއްގަ ތަންކޮޅެއް ނަމާދު ދިގު ކުރެއްވީ. ނަމާދުގެ ފަހުން ސުންނަތުގައި ރުކޫޢުގައި އޮންނަވަނިކޮށް ސަފުން ތެދުވި މީހަކު އަޅުގަނޑު ކުރިމަތީގައި އޭނަ އަތުގައި އޮތް ދަނޑިގަނޑަކުން ޝެއިޚް ގައިގައި ޖެހި. ސުންނަތައްފަހު ޝެއިޚް އެމީހާ ގާތުން "ކީއްވެ ޖެހީ؟" މިހެން އެއްސެވި.
އެމީހާ ޖަވާބުގަ: "ތިހެން ތި ސިއްރުން ކިޔަނީ! ކަލޭ މާދިގީ ނަމާދުކުރިލެއް!"
އިމާމް: "އަޚާ ސިއްޙަތު ސަލާމަތުން ތި ހުރީ"
އެމީހާ: "ކަލެޔަށް ކިހިނެތް މަ ހެޔޮ ޙާލުކަމެއް އެނގެނީ!"

ދެން އަޅުގަނޑުގެ އަޚާ ދެއައި އުފުލާލި – ހަމަ އުފުލުމުން އަޅުގަނޑުގެ ހިތް ހުއްޓިއްޖެ – ދެން ދެންނެވީ: "އޭ ﷲ! އޭނާ އަށް ސިއްޙަތުގެ އަގު އިނގިގެން އިބަ އިލާހުގެ ކުރިމަތީގައި ނަމާދުކުރުމަށް އިސްލާޙު ވުމަށް ދާންދެން އޭނަގެ އެ ސިއްޙަތު ނަންގަވާންދޭވެ!" އެއީ ޢަސްރް ނަމާދު ގަޑި. ﷲ ގަންދީ ބުނަން މަޣްރިބު ނަމާދަށް އޭނާ ނާދެ. ގޭގަ ބަލިވެގެން އެނދުގަ ހިރި ނުލެވިފަ. ދެތިން ހަފްތާ ފަހުން އަޅުގަނޑާއި އަޚާއި ދިމާވެގެން އަޅުގަނޑު: "ﷲ އަށް ބިރުވެތި ވޭ! އެ މީހާ އެނދުގަ ބަލި ވެގެން. އަޅުގަނޑު އަޚާގާތުން ﷲ އަށް....." އެ އަޚާ: "އޭ ބޭބޭ! ތިމަން އެހެން ވުމަކަށެއް ބޭނުންވާތި އެއްނުން އެހެން ދެންނެވީ" އަޅުގަނޑު: "އޭނާ އަށް ޝިފާ އަށް އެދި ﷲ އަށް އެދި ދަންނަވާ" ﷲ ގަންދީ ދަންނަވަން. އެ މީހާ ޖެހިގެން އައި ނަމާދު އަޅުގަނޑުމެން ނާއި އެކު ކުރި.

ޙަރަމް ގަ އެ އަޚާ ހުރީ އެއްދުވަހު އައިނެއް އަޅައިގެން. އަޅުގަނޑު މިހެން މި ކިޔައި ދެނީ އެއީ މިދުވަސްވަރުގެ ތަޢުބާ ވާ އަޚެއް ކަމުން. އަޅުގަނޑު އޭނަ ދަންނަން. އެއީ އަޅުގަނޑުގެ އަޚެއް. އެއީ އަޅުގަނޑަށް ވުރެ ހެޔޮކަމުގަ މާ ދޮށީ މީހެއް. އުމުރުން އަޅުގަނޑު ދޮއްޓަސް. ﷲ އޭނާ އަށް ނުދެއްވާނެ މާތް ކަމެއް ތިމަން އޭނަ އަށް ނުދެން.
އެމީހުން ޙަރަމުގަ، އެ އަޚާ އައިނެތް އަޅައިގެން ހުރީމަ އެކަމާއި ކަންބޮޑުވި. އެ އަޚާ ބުނީ :"އަޅުގަނޑުނަށް އެއްދުވަހު ފަލަސްތީނަށް ނުދެވުން އައިނު އަޅައިގެނެއް" އެހެންވެ ޒަމް ޒަމް ފެން ވަޅު ކައިރިޔަށް އެންމެން ތިއްބަ ދިޔަ – އޭރު އެތާ 17 މީހުން ތިބޭނެ. ދެން އައިނު ނަގާފަ އެ ފެން ނަގާ ދަންނަވަނީ: "އޭ ﷲ! މި ފެން ތިމަންގެ ލޮލުގެ ޝިފާ އެއްކަމުގަ ލައްވާން ދޭވެ" ދެން އެފެން ބުއީ. ދެން "ﷲ އަކްބަރު" ކިޔާފަ އެންމެން ތިއްބަ އައިނު އެއްލާލި. އެމީހުން އޭނަ ޓެސްޓް ވެސް ކުރި. މީހަކަށް ނުފެންނަ ހާދުރުން ގަޑި އެއް ދައްކާފަ ކިހާ ވަރެއްތޯ އެހުމުން ބަރާބަރު ގަޑި ވެސ ބުނެދިން. ޤްރްޢާން ވެސް ހަމަ ބަލައިގެން ކިއެވި. އޭނާގެ ދެލޮލުގެ ފެނުން ހަމަ ރަނގަޅަށްވެސް ލިބުނީ.
ހަމަ ކަށަވަރުން އެ ދުޢާ އަކީ: "... ތިމަން ﷲ ގެ ޙަޡްރަތުން ދަންނަވައިފި ނަމަ، ދެއްވާހުށީމެވެ"
މިކަހަލަ އެތައް ކަމެއް. ނަމަވެސް ވަގުތު އެހާ ތަނެއް ނުދޭ...

އިނގިލައްވާތޯ؟ އެއްދުވަހަކު ތިމަން އެ އަޚާގެ ގާތުން އެ ފާފައިގެ ވާހަކައިން އެހިން. އެހި ގަޑި އިނގިލައްވާތޯ؟ އެއްދުވަހު މި އާޔަތް ކިޔެވި :"އެ ދުވަހުން ބަ އެއް މޫނު ތައް އަލިވެފައި އަނެއްބައި މޫނުތައް އަނދިރިވެފައި ވާނެއެވެ "يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ ..." {އާލް ޢިމްރާން: 106} ﷲ ގަންދީ ދަންނަވަން، އެ އަޚާ ރުއި ވަރުން ގޮސް ތިމަންގެ ހިތް ހަލާކު ވެދާނެ ހެން ހީވި. އަޅުގަނޑު އެހިން. "ﷲ ގެ ރަސޫލާ ޙަދީސް ކުރެއްވެވި:"މީހުން ކުރެ އެންމެ ނުބައި މީހަކީ ﷲ އަށްޓަކައި ކަމަކު އެދުމުން އެކަން ނުކޮށްދޭ މީހާއެވެ" "ދެން އަޅުގަނޑު ﷲ އަށް ޓަކައި ތިހާ ވަރަށް އަޚާ ތި ރޮނީ ކީއްވެތޯ ބުނެދީބަލާށޭ އަހަން". އަޅުގަނޑު ބޭނުންވީ އެގޮތަށް ރޯން. ބެއިކަލުންނޭ! އަޅުގަނޑު ބޭނުން ވީ އެ އަޚާ އެ ވާ ހިތްހަމަ ޖެހުން އަޅުގަނޑުވެސް އިހްސާސް ކުރަން.
އެ އަޚާ ބުނީ: "އަޅުގަނޑު ފާފަ އެއް އަޅުގަނޑުގެ ހަޔާތުގައި ކުރިން"
އަޅުގަނޑު: "އެއި ކޮން ފާފަ އެއް؟"

އިނގިލައްވާތޯ އެއީ ކޮން ކުށެއްކަން؟ ތިބޭފުޅުން ހޭނެ އެކުށް ބުނެދީފިއްޔާ. އެ އަޚާ ބުނަނީ :"އަޅުގަނޑު ގްރޭޑް 2 ގަ އުޅެނިކޮށް އެއްދުވަހު ފިހާރަ އަކަށް ގޮސް އެތަނުން ބިސްކޯދެއް ނަގައިގެން ކެއީ. އަލިފާން ވެސް ހަށިގަނޑަށް ވަގަށް އެއްޗެއް ބޭނުން ކުރުމަށް ވުރެ މާ ރަނގަޅެވެ" (އެއީ އެ ބިސްކޯދު އެއީ އެ އަޚާގެ އެއްޗަކަށް ނުވާތީ އެވެ)
އެ އަޚާ ދުނިޔެ ދޫކުރީ. އެ އަޚާ ދުނިޔެ ދޫކުރީ އުމުރުން އެންމެ 20 އަހަރުގަ. އެ އަޚާ ދުނިޔެ ދޫކުރީ ލޯޑް ކޮއްފަ ވާ ބަޑި ޔަކާއި ބަޔަކު ކުޅުމުގެ ތެރޭގައި ޝޫޓް ވެގެން އޭގެ ވަޒަން އެ އަޚާގެ މޭ ފޫއަޅުވާލާފަ ދިޔުމުން. އެ އަޚާ މަރުވެރެ ދިޔައީ ހެޔޮލަފާ މީހެއްގެ ގޮތުގަ ވެހުރެ. އަދި އަޅުގަނޑު އެގޮތަށް އެ އަޚާ އާއި މެދު އެދެން.
އެހެނަސް އޭނާގެ ހަނދާންތައް މަރެއްނުވޭ. އަދި ﷲ ގަންދީ ދަންނަވަން. އެ އަޚާ އަޅުގަނޑު ކައިރިން އެއީ ކާކުކަން މީހަކު ކައިރީ ނުބުނުމަށް ވަޢުދު ކޮށްފައި ނުވާ ނަމަ އެއީ ކޮން ކުއަޖެއްކަން ބުނެދިނީމުސް..."

ނިމުނީ :::: ކުދިންނޭ! އެންމެ ކުށަކަށްޓަކާ އުމުރު ތަޢުބާ ވުމުގަ ހޭދަކޮށްފަ އެދިޔައީ... :(

މި ލިޔުމުގެ އަސްލު (ޝެއިޚެއްގެ ދަރުސް އަކުން)

ގުޅުންހުރި

11 ޚިޔާލު

  1. ބަހުން ބަަހަށް ތަރުޖަމާކުރުމުގެ ސަބަބުން ވާހަކައިގެ އަސްލު އަސަރު ވަނީ ވަރަށް ބޮޑަށް ގެއްލިގެން ގޮސްފައެވެ. މިވާހަކައިގެ ރަނގަޅު ތަރުޖަމާ އެއް ޝާއިޢުކުރާނެކަމަށް އުއްމީދުކުރަމެވެ.

  2. މިދެވުނީ ބުނާނެއެއްޗެއްވެސްނޭގިފަ ވަރަށްރީތިވާހަކައެއް ……ދުޢާ އަކީ އަހަރެމެންހިތުގާވެސް އެފަދަ އީންމާންކަމެއްލެއްވުން އިންޝާﷲ..

  3. ވަރަށް ހިތާމަޔާ އެކު ދަންނަވަން . ހަމަ އެއްވެސް ވަރަކަށް ނޭނގުނު މީގަވާ އެއްޗެއް! :(

  4. http://www.youtube.com/watch?v=B0UQZY88Lqk މިލިންކުން ޝައިޚްގެ ކިޔައިދެއްވި ވާހަކަ އިނގިރޭސި ތަރުޖަމާ އާއެކު ބައްލަވާ

  5. ވާހަކަ ކިޔައިދޭ ރަހުމަތް ތެރިޔާ އަކީ އަނެއްކާ ކާކުބާ >>>> މިވާހަކަ އަސްލުގަވެސް ވަރަށް ރީތި އަދި އެހާމެ އިބްރަތްތެރި

  6. މާޝާ ﷲ . މިއީ ވަރަށް ޢިބުރަތްތެރި ވާހަކައެއް.

  7. މާޝާﷲ. ވަރަށްވެސް ޢިބުރަތްތެރި އެހާމެ ހިތަށްއަސަރުކުރުވާ ވާހަކައެއް.
    ޖަޒާކަﷲ.

  8. މާޝާﷲ. ވަރަށްވެސް ޢިބުރަތްތެރި އެހާމެ ހިތަށްއަސަރުކުރުވާ ވާހަކައެއް.
    ޖަޒާކަﷲ.

  9. ވަރަށް ރީތި ވާހަކައެއް.. އަޅުގަނޑުވެސް މިފަދަ އޚަކަށްވާން ބޭނުން..

  10. ވ.ރީތި ހަބޭސް………………..!!!!!!!!!!!!!!!!!!

  11. Maasha ALLAH ibraitheri
    JazakALLAH khayr

Your email address will not be published. Required fields are marked *

More in ވާހަކަ