ސައިންސާއި ޓެކް

ނަމާދަށް ތިބޭއިރު ފޯނު ރިންގުވާ މައްސަލަޔަށް ހައްލެއް

ޒަމާންތަށް ކުރިއަރަމުން އަންނަވަރަކުން އަހަރަމެންގެ ދިރިއުޅުމުގެ ހަރަކާތްތައްވެސް މިއައަންނަނީ ބަދަލުވަމުންނެވެ. ދިރިއުޅުމަށް ބޭނުންކުރާނެ ތަފާތު އާލާތް ތަކާއި އެހެނިހެން ކަންކަން ކުރުމަށް ބޭނުންވާނެ ލުއިފަސޭހަ ގޮތްތަށް ހޯދުމީ ސައިންސާއި ޓެކްނޮލޮޖީގެ މާހިރުން ކެނޑިނޭޅި ވަރަށްފޯރިޔާއިއެކު ކުރަމުން އަންނަކަމެކެވެ. އެހެންނަމަވެސް ފަސޭހަޔަށްޓަކައި ހޯދާ ނުވަތަ އުފައްދާ އެއްޗެއްގެ ސަބަބުން ފަސޭހަޔާއި އެކު އޭގެ އުނދަގޫތަށްވެސް ބައެއްފަހަރު ދިމާވާތަން އާދެއެވެ. އެގޮތުން އަހަރުމެންގެ ތެރޭގައި މިހާރު އެންމެ ޢާއްމު އެކައްޗަކީ މޯބައިލް ފޯނެވެ. މޯބައިލް ފޯނަކީ އަހަރުމެންގެ ދިރިއުޅުމަށް ނުހަނު ފަސޭހަކަން ގެނެސްދިން އެއްޗކަށް ވީ ހިނދު އެ ބޭނުން ކުރެވޭގޮތެއްގެ ސަބަބުން ނުވަތަ ބޭނުން ކުރާތަނެއްގެ ސަބަބުން އޭގެން ބޮޑެތި އުނދަގޫ ލިބޭތަންވެސް އެބަ އާދެއެވެ.

މޯބައިލް ފޯނު ފަސޭހަ ވެފައި އޭގެން ވަރަށް ބޮޑަށް އުނދަގޫވާ ހާލަތެއްކަމަށް އަޅުގަނޑު ލިޔަން މިގަސްތުކުރަނީ ނަމާދު ވަގުތުގައި ނުވަތަ ނަމާދަށް ތިބޭއިރު މޯބައިލް ފޯނު ނިވާ ނުލާ އޮތުމުގެ ސަބަބުން ލިބޭ އުނދަގުލާ އަދި އެކަމަށް އެޅިދާނެ ފިޔަވަޅު ތަކެކެވެ.
ރާއްޖެއަށް މޯބައިލް ފޯނު ތަޢާރަފު ވުމާއި އެކު މިސްކިތް ތަކުގައި މޯބައިލް ފޯނު ނިވާލުމަށް އިރުޝާދު ދީފައިވާ ބޯޑުތަށް ވަނީ ބަހައްޓާފައެވެ. އަދި އެބޯޑުގެ ސަބަބުން ނަމާދަށް ދާމީހުންނަށް ފޯނު ނިވާލުމަށް ހަދާން އާކޮށްދެއެވެ. އެހެންނަމަވެސް މަދުން ނަމަވެސް ފޯނު ނިވާ ނުލާ ބައެއްމީހުން ނަމާދަށް އެރުމުގެ ސަބަބުން މިސްކިތުގައި ނަމާދު ކުރާމީހުންނަށް އެކަމުގެ އުނދަގޫ މިހާރަކަށް އައިސް ދަނީ ވަރަށް ބޮޑަށް ފޯރަމުންނެވެ. ބައެއް މީހުން ނަމާދަށް ފެށީއްސުރެ ނިމެންދެން ފޯނު ރިންގު ވާއިރުވެސް ނަމާދު ބާތިލް ވެދާނެ ކަމަށް ނުވަތަ ކޮންމެވެސް އެހެންސަބަބަކަށްޓަކައި ފޯނުގެ ރިންގް ކަނޑާނުލާ ތިބެއެވެ. އަދި ބައެއްފަހަރު ހިނިއަންނަ ޒާތުގެ ރިންގްވެސް އިވެއެއެވެ.

ނަމާދަކީ ޙުޝޫއަތް ތެރިކަމާއި އެކު އަހަރުމެން ހައްދަވާ ގެންގުޅުއްވާ ﷲގެ ކުރިފުޅު މައްޗައް ހުއްޓިތިބެ އިޚްލާންތެރިކަމާއި އެކު ކުރާން ޖެހޭ އަޅުކަމެއްކަމުން މިފަދަ ހާދިސާ ތަކުގެ ސަބަބުން ނުހަނު އުނދަގޫ ފޯރައެވެ. މިމައްސަލާގައި ދީނީ ޢިލްމުވެރިންވެސް ތަފާތު ގިނަ ރޭޑިއޯ ޕޮރޮގްރާމްތަކުގައިވެސް ޖަވާބު ދީފައިވެއެވެ. އެގޮތުން ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ނަމާދަށް ހުއްޓާ މޯބައިލް ފޯނު ރިންގުވާން ފަށާފި ކަމުގައިވާނަ ކުރެވޭ އެންމެ ކުޑަ ހަރަކާތަކުން މޯބައިލް ފޯނު ނިއްވާލެވިދާނެ ކަމަށްވިދާޅުވެއެވެ. އޭގެ އިތުރުން އަޅުގަނޑު މިކަމުގައިބަލާލާނީ މިކަމަށް ޓަކައި އުފައްދާފައިވާ ޚާއްސަ އާލާތަކަށެވެ.

މިފަދަ މައްސަލަތަށް މެދުވެރި ނުވުމަށްޓަކައި ކަމުގެ މާހިރުންވަނީ ޚާއްސަ އާލާތްތަކެއްވެސް އުފައްދާފައެވެ. އެއީ "ސެލްފޯނު ޖޭމަރ" ނުވަތަ މޯބައިލް ފޯނު ނެޓްވޯކު އެހިސާބަކުން ކަނޑާލުމަށްޓަކައި ބޭނުންކުރާނެ ޚާއްސަ އާލާތެކެވެ. މި އާލާތް މިހާރުވެސް ބޭރުގެ ބައެއް ތަންތަނުގައި އޮފީސްތަކުގެ ޚާއްސަ މީޓީން ރޫމް ތަކުގަޔާއި ސަލާމަތީ ބަލަހައްޓާ މީހުން ބޭނުންކުރަމުންދެއެވެ. ހަމަ އެގޮތަށް މިއާލާތް އަހަރުމެން ނަމާދުކުރާ މިސްކިތް ތަކުގަޔާއި މީޓިންރޫމްފަދަ ތަންތަނުގައިވެސް ބޭނުން ކުރެވިދާނެއެވެ.

މޯބައިލް ފޯނު ޖޭމަރ
މޯބައިލް ފޯނުޖޭމަރ ނުވަތަ ފޯނުގެ ނެޓްވޯކު ސިގްނަލް ކަނޑާލަން ބޭނުން ކުރާ ތަފާތު އެކި ވަރުގެ އާލާތްތައް ހުރެއެވެ. އެގޮތުން 10 މީޓަރ 20 މީޓަރ 100 މީޓަރ އަދި އެއަށްވުރެވެސް ބޮޑު ސަރަހައްދަކުން ނެޓްވޯކު ކަންޑާލެވޭ ވަރުގެ އާލާތްތަށް ހުރެއެވެ. މި އާލާތަކީ ވަރަށް އާދާގެ ގޮތަކަށް އުފައްދާފައިވާ ވަރަށް ކުޅަދާނަ އާލާތެކެވެ. އެހެންކަމުން މިއަށްލިބިފައިވާ ޚާއްސަ ސިފައިގެ ސަބަބުން މީގައި ވާ ސުވިޗެއް ޖައްސާލުމާއި އެކު އެއެއްޗަކަށް ނެޓްވޯކު ކަނޑާލުމުގެ ގާބިލްކަން ލިބިފައިވާ ހިސާބަކުން މުޅިން ފޯނު ނެޓްވޯކު ކަނޑާލައެވެ. 10 މީޓަރުގެ ސަރަހައްދަކުން ނެޓްވޯކު ކަނޑާލެވޭ ވަރުގެ އެއްޗެއް ކަމުގައިވާނަމަ އެ އާލާތުގެ ވަށައިގެން 10 މީޓަރުގެ ސަރަހައްދުގައި ބޭނުން ކުރާ މޯބައިލް ފޯނަށް އެވަގުތު ފޯނުގެ ނެޓްވޯކު މުޅިން ކެނޑޭނެއެވެ. އަދި ފޯނުގެ ރޭންޖް ލިބޭކަމަށް ދައްކާ ނިޝާން އިންނަތަނުން "ނޯ ނެޓްވޯކް" ކަހަލަ އިބާރާތެއް ފެންނަން އިންނާނެއެވެ. އެހެން ކަމަށް ވުމާއި އެކު ނަމާދަށް ހުންނަ ވަގުތަކީ އެއްވެސް ހާލެއްގައި ފޯނުކޮށް ފޯނުން ވަހާކަ ދައްކަންޖެހޭ ވަގުތަކަށް ނުވުމާއި އެކު އެހެންނަމަވެސް ބައެއް މީހުންގެ ފަރުވާ ކުޑަކަމުން ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ނަމާދު ފަދަ މާތް އަޅުކަމެއް ކުރުމަށް އުނދަގޫތަކެއް ލިބޭ ކަމަކަށް މޯބައިލް ފޯނު ރިންގުވުން ވާތީ މި ފަދަ އާލާތެއް މިސްކަތްތަކުގައި ބޭނުން ކުރެވިދާނެއެވެ. އަދި މިފަދަ އާލާތް ތަކަކީ މިއީ އޭގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްފި ކަމުގައވާނަމަ އޭގެ ގެއްލުން އެތަށް ބަޔަކަށް ފޯރާނެ ކަމަކަށް ވެދާނެކަމަށް ޓަކައި ޚާއްސަ ހުއްދައެއް ލިބިގެން ނަމަވެސް މިފަދަ އާލާތް އަހަރުމެންގެ މިސްކިތުގައި ބޭނުންކޮށްފި ނަމަ އެކަމުގެ ސަބަބުން ހުޝޫޢަތްތެރިކަމާއި އެކު ނަމާދު ކުރާނެ މަޑުމައިތިރި މާހައުލެއްގައި އުފެއްދިދާނެއެވެ.

ގުޅުންހުރި

4 ޚިޔާލު

  1. މިކަހަލަ ޑިވައިސް އެއް ރާއްޖޭގެ ކޮންމެ މިސްކިތެއްގައި ބަހައްޓަން އިސްލާމިކް މިނިސްޓްރީ އަށް ލަފާ އެރުވުމަށް ފެނޭ.‫​.‫​ އޭރުން އެއްވެސް މީހަކު މިސްކިތައް ވަދެ ފޯނު ނުނިވި އޮވެދާނެ ކަމާމެދު ވިސްނާކަށް ނުޖެހޭނެ.‫​.‫​

  2. ޒުއްޕިއަށް ތާއީދު

  3. ތިކަމަށް ހޭދަވާ ޚަރަދަށް ވެސް ބަލަން ޖެހޭނެ

  4. އަޅުގަނޑުވެސް ބުނާނީ ޒުއްފިއަށް ތާއީދޭ .

Your email address will not be published. Required fields are marked *