އެހެނިހެން

އެނގޭތަ: މައުސްގެ ކާސަރް ކައްޗަކަށް އޮންނަނީ ކީއްވެ؟

ކޮމްޕިއުޓަރް ގެ މައުސްގެ ކާސަރް ( ތީރު ) ކައްޗަކަށް އޮންނަނީ ކީއްވެބާއޭ ހިތައް އެރި ހެއްޔެވެ؟

މިސުވާލަށް ޖަވާބު ދެމުން ސޮފްޓްވެއަރް އުފެއްދުންތެރިއެއް ކަމުގައިވާ 'ބަރޓް ގިސެންސް' (Bart Gijssens)، ސުވާލާއި ޖަވާބު ވެބްސައިޓެއްގައި ބުނެފައިވާގޮތުގައި، އެންމެ ފުރަތަމަ ކޮމްޕިއުޓަރ މައުސެއް އުފެއްދި، 'ޑޮގްލަސް އެލްބަރޓް' (Douglas Englebart) މައުސް އުފެއްދި އިރު މައުސްގެ ކާސަރް ހެދީ ސީދާތެދަށް މައްޗަށް ވާގޮތަށެވެ.

އެންމެ ފުރަތަމަ އުފެއްދި ކޮމްޕިއުޓަރ ތަކުގެ ތެރޭގައި 'ޒެރޮކްސް ޕާރކް' ކުންފުނިން އުފެއްދި "ޒެރޮކްސް އަލްޓޯ" ނަމަކަށް ކިޔާ ކޮމްޕިއުޓަރަ ވެގެން ދިޔައީ ކުރިމަގުގައި ކޮމްޕިއުޓަރ ބޭނުން ކުރެވޭނެ ދާއިރާތައް ފުޅާވެގެން ދިޔަ އެއްޗެއްގެ ގޮތުގައެވެ. އެގޮތުން މިހާރު އަހަރަމެން މިދެކޭ ޕަރސަނަލް ކޮމްޕިއުޓަރް އުފެދިގެން އައީ ޒެރޮކްސް އަލްޓޯ އިންނެވެ. ކޮންމެއަކަސް މި ކޮމްޕިއުޓަރް އުފެއްދި އިރު މައުސްގެ ކާސަރް ވަނީ ކަތިކުރެވިފައެވެ. އެއީ އެދުވަސްވަރުގައި ހުންނަ ކޮމްޕިއުޓަރް ތަކުގެ ސްކްރީން ރެސޮލޫޝަން ކުޑަ ކަމުން ސީދާ ތެދު ރޮނގެއް ކުރަހަންވެސް، ތެދައް އޮންނަ ކާސަރް އަކައްވުރެ 45 ޑިގްރީއަށް ވާއަތަށް ކަތިކޮށް އޮންނަ ކާސަރް އަކުން ފަސޭހަ ކަމަށް އޭރު ބެލެވުމުން ކަމަށް ބަރްޓް ބުނެފައިވެއެވެ.

އަދި އެލްބަރޓް މިގޮތަށް ކާސަރް ހެދުމުން ސްޓީވް ޖޮބްސް މިގޮތް ކޮޕީ ކުރި ކަމަށާއި އޭގެ ފަހުން ބިލްގޭޓްސް ވެސް ސްޓީވް ޖޮބްސް އަތުން ކޮޕީ ކުރިކަމަށްވެސް ބަރޓް ބުނެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *