ވިޔަފާރިދިއިސްލާމް

'ޑޯންޓް ބީ ސޭޑް' ފޮތް މިހާރު ލިބެން އެބަހުރި - މެސެޖް އޮފް އިސްލާމް ފިހާރަ

މިހާރު ފޮތްވިއްކާ ފިހާރަތަކުން އެންމެ ގިނައިން ވިކޭ އެއްފޮތްކަމުގައިވާ "ޑޯންޓް ބީ ސޭޑް" ފޮތް މެސެޖް އޮފް އިސްލާމްގެ ހަރުގަނޑުގައި. ފޮޓޯ: އިބްރާހިމް އަސްވާޤު/ ދިއިސްލާމް:

 

މިހާރު ފޮތްވިއްކާ ފިހާރަތަކުން އެންމެ ގިނައިން ވިކޭ އެއްފޮތްކަމުގައިވާ "ޑޯންޓް ބީ ސޭޑް" ފޮތް މެސެޖް އޮފް އިސްލާމްގެ ހަރުގަނޑުގައި. ފޮޓޯ: އިބްރާހިމް އަސްވާޤު/ ދިއިސްލާމް

 

'ޑޯންޓް ބީ ސޭޑް' ފޮތް މިހާރު ލިބެން އެބަހުރި ކަމަށް މެސެޖް އޮފް އިސްލާމް ފިހާރަ އިން ހާމަކޮށްފިއެވެ.

 

މެސެޖް އޮފް އިސްލާމްގެ އޮފިޝަލަކު ދިއިސްލާމްއަށް ހާމަކުރެއްވި ގޮތުގައި، "ޑޯންޓް ބީ ސޭޑް ފޮތް ހުސްވެފައިވީ ދުވަސްވަރު ވަރަށް ގިނަ މީހުން އެފޮތް ބޭނުންވެގެން އުޅުނު ކަމަށާއި އެހެންވެ ލަސްނުކޮށް އެފޮތް މިފިހާރައިން ލިބޭނެ އިންތިޒާމް ހަމަޖެއްސީ." ކަމަށެވެ. "ޑޯންޓް ބީ ސޭޑް' އަކީ ވަރަށް ގިނަ ބަޔެއްގެ މެދުގައި މަޤްބޫލު ފޮތަކަށް ވެފައިވާއިރު އެފޮތުގެ 'ޑިމާންޑް' ބޮޑުވެފައިވާކަމަށްވެސް މެސެޖް އޮފް އިސްލާމް އިން ހާމަކުރެއެވެ.

 

"ޑޯންޓް ބީ ސޭޑް" މިފޮތަކީ މަޝްހޫރު ޢަރަބި ފޮތެއްގެ އިނގިރޭސި ތަރުޖަމާއެކެވެ.

 

މެސެޖް އޮފް އިސްލާމް އަކީ ތަފާތު 'އިސްލާމީ' ބާވަތްތައް ވިއްކާ ފިހާރައެކެވެ. އިނގިރޭސި ފޮތާއި ތަފާތު ވައްތަރުގެ އަތަރާއި ކަދުރުގެ ބާވަތްތައް ހާއްސަކޮށް 'އަޖުވާ" ކަދުރު ލިބެން ހުރެއެވެ.

 

އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: 3344797

 

ގުޅުންހުރި

6 ޚިޔާލު

  1. މިފޮތް ނުލިބިގެން އުޅޭތާ ހާދަ ދުވަސް ވެއްޖޭ. ޝުކުރިއްޔާ މިމައުލޫމާތަށް.

  2. މެސެޖް އޮފް އިސްލާމް ހުންނަތަން އަދި ނޭނގިގެން މިއުޅެނީ. އެނީވަން ޕްލީސް ޓެލްމީ.

  3. މިއީ ވަރަށް ގިނަ ޕާޓޭއިން ގަންނަ ފޮތެއްކަމަށް އަޑުއިވޭ. އެހެންވީމާ އަހަރެމެން ޕާޓޭ ނޫން މީހުން ގަންނަން މާ އައުލާކަން ބޮޑު. އަނެއްކޮޅުން ޕާޓޭއަކަށް ދޭން ރަނގަޅު ހަދިޔާއެއް މިއީ. ހަމަ މަގަށް އައިސްދާނެ ތޯއްޗެއް،

  4. މިތަނަށް ގުޅޭނެ ނަންބަރެއް ޖަހާލި ނަމަ އިތުރު މައުލޫމާތު ހޯދަން

  5. މިފޮތް ހާދަ ޒަމާނެއް ވެއްޖޭ ނުލިބިގެން އުޅޭތާ. ޝުކުރިއްޔާ މެސެޖް އޮފް އިސްލާމް. މިނޫނަސް ވަރަށް ސަޅި ފޮތް އެބަހުރި އެތަނުގައި. އިތުރު މައުލޫމާތު ގެނެސްދިނުން އެދެން. އެހެން ކިޔުންތެރިންނަށް.

  6. މިފޮތުގެ ޑީޓޭލް އެއް ލިބޭނެ ގޮތެއް ނެތްތަ.

Your email address will not be published. Required fields are marked *