އެމެރިކާ

އެމެރިކާގެ އިންޑިޔާނާ ސްޓޭޓްގައި ކުރިއައްދިޔަ ކާނިވަލަކަށް ބާރު ގަދަ ވައިގެ ތޫފާނެއްއައިސް 4 މީހުން މަރުވެ 40 މީހުން ޒަޙަމްވެއްޖެ.

ލިޔުނީ: އައިޝާ މުނާ

މިދިޔަ ހޮނިހިރު ދުވަހު އިންޑިޔާނާގައި ހޫނުމޫސްގެ މަޖާކުރުމުގެ ގޮތުން ކުރިއައްގެންދިޔަ ކާނިވަލަކަށް ބާރު ގަދަ ވައިގެ ތޫފާނެއްއައިސް 4 މީހުން މަރުވެ 40 މީހުން ޒަޙަމްވެއްޖެއެވެ.

ޙަބަރު ފަތުރާ ފަރާތް ތަކުން ހާމަ ކުރާ ގޮތުގައި ޒަޙަމްވީމީހުންގެ އަދަދު 40 މައްޗަށް އަރާނެކަމަށް ބެލެވެއެވެ. މަންޒަރު ދުއްމީހުންގެ ތެރޭއިން އާރޮން ކިޔުނު މީހަކަކު ބުނިގޮތުގައި " ކުއްލެޔަކަށް ވަރަށް ގަދަޔަށް ވައިޖެހެން ފެށި އަދި ކާނިވަލްގައިވާ ބައެއް ސްޓޯލްތަކާއި މިއުޒިކް ކުޅޭ ސްޓޭޖު ބިމާ ހަވެގެން ދިޔަތަން ފެނުނު. މީހުން ބިރު ރޯ އަޑުފަށްގަނޑު ވަނީ މުޅި މާހައުލު ގުގުމާލާފައެވެ. އަދި ސަލާމަތުން ތިބި މީހުން އަވެސް ވެގަތީ ސްޓޯލުތަކުގައި ދަށު ވި މީހުން ސަލާމަތް ކުރުމަށެވެ."

ކޮންސެޓް ހިންމުގައި ހަރަކާތްތެރި ވީ އެލިސަން ހޫނުން ބުނި ގޮތުގައި މި ތޫފާން ހިގިލެއް އަވަސް ކަމުން އެމީހުންނަށް އެހީ އަކަށް ވެސް އެދެވޭވަރު ނުވިއެވެ. ޑަގަނޑު ހޮޅިން ހަދައިފައި ވާ ބޮޑު ސްޓޭޖް ވެއްޓުނީ އެއްވެފައި ވާ މީހުންގެ ބޮލަށެވެ. އެނާ އިތުރަށް  ކިޔާ ދިން ގޮތުގައި މިކަން ހިގުމުގެ ގަޑިއެއްގެ އިރު ކުރިން އުޑުމަތި ސާފުވެފައި އަވި ވެސް ދިން ކަމަށެވެ.  މިއުޒިކް ޝޯ ފެށި ތަނާ ކުއްލެޔަކަށް ތޫފާން އަށްނަން ވެގެން މުޅި އުޑުމަތި ކަޅުވެގެން ދިޔަކަމަށް އެނާ ބުންޏެވެ. އަދި ގަޑިޔަކު 60 -70 މޭލަށް ވައި ވެސް ބާރުވިކަމަށެވެ.

އިންޑިޔާނާގެ މެޓް އޮފީހަށް ތޫފާން އަންނަކަމުގެ ޙަބަރު ލިބި ފުލުހުންނަށް އެންގުމުން އެމީހުން އެތާގައި އެއްވެފައި ވާ މީހުންނަށް ޙަބަރު ދިންނަތާ 10 މިނެޓުވެސް ނުވަނީސް މިކަން ވަނީ ހިންގާފައެވެ.

އޯގަސްޓް 6 ވަނަ ދުވަހުވެސް ވަނީ އިންޑިޔާނާގެ މިއުޒިކް ކުޅުނު ތަނަކަށް ގަދަ ވިއްސާރަޔާ އެކީ ގައި އައި ތޫފާނަކާ ކުރިމަތިލާން ޖެހިފައެވެ.

ގުޅުންހުރި

3 ޚިޔާލު

  1. މިފަދަ ކަންތައްތަކުން އިބުރަތް ލިބިގަންނަކަން ކަށަވަރީ ބުއްދީގެ އަހުލުވެރީންނެވެ…

  2. އެއިންވެސް އިބްރަތް ހޯދަންވީއެވެ. އަދި ރާއްޖޭގައި ކޮންމެވެސް ޢީދުކުޅިވަރެއްގައި ނަފަރަށް ދިމާވި ޙާދިސާއިންވެސް ހަމަ ޢިބްރަތް ލިބިގަންނަށްވީ އެވެ. މިހާރުގެ ވެރިކަަމުންވެސް ހަމައިބްރަގތް ލިބިގަންނަން ވީއެވެ.
    އޭބުއްދީގެ އަހުލުވެރިންނޭވެ، ޢިބްރަތް ލިބިގަންނާށެވެ!

Your email address will not be published. Required fields are marked *