ދަރުސް ޚަބަރު ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އިސްލާމްދީނުގައި ކުރުން ނަހީ ކުރައްވާފައިވާ ކަމެއް: މުފްތީ މެންކް

ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އިސްލާމްދީނުގައި ކުރުން ނަހީ ކުރައްވާފައިވާ ކަމެއް: މުފްތީ މެންކް

Kan Kan Emme Furihama Nuvumuge Shakuvaa Hithuga Onna Myhakah Dhuvahaku Ves Hih Hama Jehumeh Nulibeyne: Mufthi Menk

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އިސްލާމްދީނުގައި ކުރުން ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް މިމަޢުޟޫޢުއަށް އިތުރަށް ވާހަަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ގިނަ މީހުން ކުރާ ވަރަށް ނުބައި ޢަމަލެއް ކަމަށާއި އަދި އެކަމުގެ ސަބަބުން ސިއްހަތަށް ގެއްލުންވާ ކަން ޣައިރު މުސްލިމުންވެސް ޤަބޫލު ކުރާކަމަށް ވިދާޅުވިއެވެ.

އަދި ހަމަ އެހެންމެ ތިބާގެ ހަށިގަނޑަކީ ތިބާގެ އަމިއްލަ އެއްޗެއް ނޫންކަމާއި އެއީ ﷲ ތަޢާލާ ތިބާއަށް ދެއްވާފައިވާ އަމާނާތެއް ކަމެވެ. އެހެންކަމުން ދުންފަތުގެ އިސްތިޢުމާލު ކޮށްގެން ހަށިގަނޑު ހަލާކުކޮށްލުމުގެ ޙައްގެއް އެއްވެސް މީހަކަށް ލިބިގެންނުވާކަމަށެވެ. މީގެ އިތުރުން ﷲ ތަޢާލާ ތިބާއަށް ހަށިގަނޑު ދެއްވާފައިވަނީ ވަރަށް ކުރު މުއްދަތެއްގައި ކަމާއި ވަގުތު ޖެހުމުން އެކަލާނގެ އަނބުރާ ގެންދަވާނެ ކަމެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަަކުން މާތް ﷲ އަށްޓަކައި އެނުބައި އާދަ ދޫކޮށްލުމަށެވެ. އަދި އޭގެ ސަބަބުން ތިބާއަށް ލިބޭ ފައިސާތައް އިސްރާފުވެ ތިބާއަށް ގެއްލުމާއި ހަލާކު ނޫން އިތުރު އެއްޗެއް ނުލިބޭނެ ކަމެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.