ދަރުސް ޚަބަރު މީސްތަކުންނަށް އެހީތެރިވެ ދިނުމަކީވެސް މަތިވެރި އަޅުކަމެއް: މުފްތީ މެންކް

މީސްތަކުންނަށް އެހީތެރިވެ ދިނުމަކީވެސް މަތިވެރި އަޅުކަމެއް: މުފްތީ މެންކް

Mysthakunnah Eheetherive Dhinumakee Ves Mathiveri Alhukameh: Mufthi Menk

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މީސްތަކުންނަށް އެހީތެރިވެ ދިނުމަކިވެސް މަތިވެރި ނިޢުމަތެއް ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މިމަޢުޟޫއަށް ޝެއިޚް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ މީސްތަކުންނަށް އެހީތެރިވުމަކީ އެމީހަކަށް ﷲ ތަޢާލާގެ ބައިވެރިވެ ވޮޑިގަތުން ލިބިގެންދާނެ ޢަމަލެއް ކަމަށާއި ބާރެއް ދެއްވާފައިވާނަމަ އެހެން މީހުންނަށް އެހީތެރި ވުމަށްޓަކައި އެބާރު ބޭނުން ކުރުމަށެވެ. އަދި ހަމަ އެހެންމެ ކަންކަން އިންތިހާއަށް ބޭނުންވި ނަމަވެސް ސަލާންޖަހަން ލަދުވެތިވެ ﷲ ތަޢާލާއަށް އެކަނި ދަންނަވާ މީހުން ތިބޭނެ ކަމަށެވެ. އެހެންކަމުން އެފަދަ މީހަކަށް އެހީތެރި ވެވިއްޖެނަމަ ﷲ ތަޢާލާގެ ރަޙުމަތް ލިބިގެންދާނެއެވެ.

އަދިވެސް ވިދާޅުވިއެވެ. އިންސާނާއަށް ކުރިމަތިވާނެ އެންމެ މުހިއްމު ބައްދަލުވުމަކީ އެމީހާ މަރުވުމުން އެމީހާގެ ފުރާނަ ﷲ ތަޢާލާގެ ޙަޒްރަތަށް އުފުލޭހިނދު ﷲ ތަޢާލާއާއި ވެވޭ ބައްދަލުވުމެވެ. އަދި އެއީ އެމީހަކަށް ލިބޭނެ އެންމެ މުހިއްމު ބައްދަލުވުމެވެ. ނަމަވެސް އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މިދަނީ ދުނިޔެއަށް ފޮނުއްވުނު ޙަޤީޤީ މަޤްސަދު ހަނދުމަނެތިކޮށްލާ މުދަލާ ގެދޮރާ ދުނިޔެވީ ކަންކަން ކުރިއަށް ނެރެ އެކަންކަން ފުރިހަމަ ނުކުރެވިގެން އުޅޭތަން ކަމުގައެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ އެހީތެރިވެދޭ އެންމެންނަކީ އެކަމުގެ އަގު ވަޒަން ކުރާ ބަޔަކަށްނުވި ނަމަވެސް، އެއިގެ ތެރޭގައި ތިބާއަށް ހެޔޮ ދުޢާ ކުރާނެ ބަޔަކު ތިބޭނެ ކަމަށާއި މީސްތަކުންނަށް އެހީތެރިވުމަށް އަވަސްވެގަތުމަށެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.