ބޭނުންވާނެ ތަކެތި
- 25 ގްރާމް ޅަ ހަނޑޫ
- 2 ފިޔާ (ކޮށާފައި)
- 2 ގަނޑު ވަޅޯމަސް (ކޮށާފައި)
- 4 ހިކި މިރުސް
- 1 ސަމްސާ ދިރި
- 2 ސަމްސާ ރީނދޫ
- 1 ހުތް އަނބު ނުވަތަ ބިލިމަގު
- 3 ލޮނުމެދު
- 5 ހިކަނދިފަތް
- 2 ސަމްސާ ލޮނު
- 1/2 ލުނބޯ
- 2 ގިތެޔޮ މިރުސް
- ފެން
ތައްޔާރުކުރާނެ ގޮތް
ތެއްޔަކަށް ފެންއަޅައި ހޫނުކުރަމުން އެއިގެ ތެރެއަށް ޅަ ހަނޑޫކޮޅު އަޅައި ލޮނު އެޅުމަށްފަހު ތެލީގެ މަތި ޖެހުމަށްފަހު ހަނޑޫތައް މަޑުވަންދެން ރަނގަޅަށް ކައްކާލާށެވެ. އެއަށްފަހު އެއިގެެ ތެރެއަށް ފިޔާ، ވަޅޯމަސް، ހިކަނދިފަތް، ލޮނުމެދު، ރީނދޫ، ދިރިއާއި ގިތެޔޮ މިރުހާއި ހިކިމިރުސް އަދި އަނބު އެޅުމަށްފަހު ރަނގަޅަށް ކައްކާލާށެވެ. ކެކުމުން އެއިގެ ތެރެއަށް ލުނބޯ ހުތް ފެލާލާށެވެ.
ޚިޔާލު