ބޭނުންވާނެ ތަކެތި
- 4 ޖޯޑުގެ ރޯމަން ލެޓިއުސް ފަތް (ކޮށާފައި)
- 1/4 ޖޯޑުގެ ފިޔާ (ތުނިކޮށް ކޮށާފައި)
- 2 ޗިކަން ބްރެސްޓް (ގްރިލްކޮށް އަދި ތުނިކޮށް ކޮށާފައި)
- އޮލިވް އޮއިލް
- ލޮނުމެދު ޕައުޑަރ
- 3 މޭޒުމަތީ ސަމްސާގެ ޕްލެއިން ގްރީކް ޔޯގަޓް
- 2 ލޮނުމެދު
- 1 މޭޒުމަތީ ސަމްސާގެ މަސްޓަރޑް
- 3 މޭޒުމަތީ ސަމްސާގެ ލުނބޯ ހުތް
- 2 މޭޒުމަތީ ސަމްސާގެ ޕާރމޭޒަން ޗީޒް
- އަސޭމިރުސް
- 1 ސައިސަމްސާ ވޮސްޓެޝާ ސޯސް
- 1 ޖޯޑް ޗެރީ ޓޮމާޓޯ (ފަޅިކޮށްފައި)
- ބަގެޓް ބަނަސް (ސްލައިސްކޮށްފައި)
ތައްޔާރުކުރާނެ ގޮތް
180 ޑިގްރީސް އަށް އަވަން ޕްރީ ހީޓް ކޮށްލާށެވެ. އެއަށްފަހު ބޭކީން ޓްރޭއެއް ފޮއިލްއާއި އެކު ތައްޔާރުކޮށްލާށެވެ. ބަގެޓް ބަން ސްލައިސްއަށް އޮލިވް އޮއިލް ސްޕްރޭ ކުރުމަށްފަހު އެއިގެ މައްޗަށް ލޮނުމެދު ޕައުޑަރ ބުރުވާލާށެވެ. ޓްރޭގައި ބަގެޓް ސްލައިސްތައް އަތުރާލުމަށްފަހު ގާތްގަނޑަކަށް 12 މިނިޓް ހަމައެކަނި ސްލައިސްތައް ބްރައުންވެ މުރަނަ ވަންދެން ފިހެލާށެވެ.
ޑްރެސިން ތައްޔާރުކުރުމަށް ބްލެންޑާ އެއްގައި ޔޯގަޓް، މަސްޓަރޑް، ޗީޒް، ލޮނުމެދު، އޮލިވް އޮއިލް، ލުނބޯ ހުތް، އަސޭމިރުސް، ވޮސްޓެޝާ ސޯސް އެޅުމަށްފަހު އެއްކޮށް އޮމާންވަންދެން ބްލެންޑް ކޮށްލާށެވެ.
ސެލެޑް ތައްޔާރު ކުރުމަށް ލެޓިއުސް އާއި ޓޮމާޓޯ ބޮޑު ތައްޓަކަށް އަޅާލާށެވެ. އަދި ސެލެޑް ޑްރެސިން އަޅާލުމަށްފަހު ޓޯސްޓްތަކާއި ކުކުޅުމަސްތައް އަތުރާލާށެވެ. އެއަށްފަހު މައްޗަށް ޕާމޭޒަން ޗީޒްތައް އެޅުމަށްފަހު ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް މައްޗަށް ބުރުވާލާށެވެ.
ޚިޔާލު