ދީން
އިސްލާމްދީނުގައި ނިޔަފަތި ކެނޑުމަށް ވަކި އުޞޫލެއް އޮވޭތަ؟
ސުވާލު:އިސްލާމް ދީނުގައި ނިޔަފަތި ކެނޑުމަށް ވަކި އުޞޫލެއް އެބައޮތްތޯ؟ ޖަވާބު: ނަބަވީ އިރުޝާދުތަކުން އެނގޭ ގޮތުގައި ނިޔަފަތި ކެނޑުމަކީ ފިޠުރަތުގެ ތެރެއިން ވާކަމެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިންރިވާވެގެން ވެއެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތިރަސޫލާ ޙަދީޘްކުރެއްވިއެވެ '' الْفِطْرَةُ خَمْسٌ الِاخْتِتَانُ وَالِاسْتِحْدَادُ وَقَصُّ الشَّارِبِ وَتَقْلِيمُ الْأَظْفَارِ وَنَتْفُ الْإِبِطِ'' މާނައީ :'' ފިޠުރަތުގެ ތެރެއިންވާ ފަސްކަމެއް ވެއެވެ. އެއީ : ޚިތާނުކުރުމާއި، ޢައުރައިގެ ވަށައިގެންވާ އިސްތަށިބޭލުމާއި، މަތިމަސް ކޮށުމާއި، ނިޔަފަތި ކެނޑުމާއި، ކިހިލިފަތުގެ އިސްތަށި ވަކިކުރުމެވެ. '' ...













