ދީންސުވާލާއި ޖަވާބު

އަންހެނުން ނަމާދުކުރުން ރަނގަޅީ ކޮންތާކު؟

ސުވާލު: އަންހެނުން ނަމާދުކުރުން ރަނގަޅީ ގޭގައި ތޯ؟ ނުވަތަ މިސްކިތުގައި ތޯ؟

ޖަވާބު:

އަންހެނުން ނަމާދުކުރުން ރަނގަޅީ ގޭގައެވެ. ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ.'' لاَ تَمْنَعُوهُنَّ الْمَسَاجِد وَبُيُوتهنَّ خَيْر لَهُنَّ "(أَخْرَجَهُ مُسْلِم) މާނައީ: '' އެކަނބަލުން މިސްކިތްތަކަށް ދިޔުން މަނާ ނުކުރާހުށިކަމެވެ. ނަމަވެސް އެކަނބަލުނގެ ގެ ( ނަމާދު ކުރުމަށް ) އެކަނބަލުންނަށް ހެޔޮކަން ބޮޑެވެ. '' )  والله أعلم

ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް

ގުޅުންހުރި

3 ޚިޔާލު

  1. ދިވެހިރާއްޖެޔަކީ މީ އަހަރުމެންގެ މިސްކިތް މިރާއްޖޭގެ ކޮންމެ ތަނެއްގައިވެސް ކޮންމެ މީހަކަށް ވެސް ނަމާދު ކުރެވިދާނެ އެތަނަކީ ތާހިރު ތަނެއް ކަމުގައި ވާނަމަ، ބައެއް ތަންތަނުގައި ނަމާދެއް ނުކުރެވޭނެ، މިސާލަކަށް ފާހާނާ ޤަބުރުސްތާނު ފަދަ ތަންތަނުގައި، ޤަބުރުސް ތާނުގައިވެސް ކަށުނަމާދު ކުރެވިދާނެ! ކޮންމެޔަކަސް ހަދީސު ފުޅުގައި މިމައްސަލައިގެ ޙުކުމް ފުޅު އެއޮތީ ވަރަށް ސާފުކޮށް އިތުރަށް މީހަކު ބުނާނެ ބަހެއްވެސް ނެތް، އެކަމުވެސް ދިވެހިންގެ ގެޔަކީ އެމީހުންގެ މިސްކިތް، އެމީހުންގެ މިސްކިތަކީ އެމީހުންގެ ގޭވެސްމެ!

  2. އޭ ދިވެހި މުސްލިމު އުޚުތުންނޭވެ! ވަގުތުސަލާމަތްވެފާ ޘަޥާބު އިތުރުވެފާ ރައްކާތެރިގޮތް ޚިޔާރުކުރުމަކީ ކުރުން އެއްމެ ރަނގަޅުގޮތްކަން ދަންނަށް އެބަޖެހޭ، ހަމަގައިމުވެސް ދުނިޔަވީ ކަންކަމުގައި މިގޮތައް ޢަމަލުތައް ބަހައްޓާ ތަން ފެންނަމުން އެބަދޭ. ވީއިރު ކަނޑައެޅިގެން މަނާ ކުރައްވާފައި ނެތުމުން އެއީ ހަމައެކަނި ބަހަނާއަކަށް ނުހައްދަވާ ފުރިހަމަގޮތުގައި ތަރުޖަމާ ކުރައްވަވާ. މާތްﷲތިޔަކަނބަލުންނަށް ދީނުގެ ޞައްޙަ ޟަގުގައި ޘާބިތުވެ ހުރުމުގެ ތަޥްފީޤް ދެއްވާށި!

  3. އެނެމެ ރަނގަޅު ގޮތަކީ ގޭގައި ނަމާދު ކުރުން ކަމުގައި ވާއިރު ބައެއް މީހުން ކޮށްމެ އިރަކު މިސްކިތަށް ދަނީ ކީއްވެ ކަމަށް ލަފާ ކުރެވޭތޯ؟ ނުވަތަ ގޭގައި ތަންނެތިގެން ހަމަ ދަނީތޯ މިވެސް ހަމަ ކުރެވިދާނެ ސުވާލެއް؟ ހުރިހާ ކަންކަމުން އެއްކިބާވެ ހުރެ އެކަނި ހިތްފަސޭހަ މާޙަވްލެއްގައި ކުރުމަށްތޯ މިހުރިހާ ފަސޭހަތަކެއް ގޭގައި ހުރެމެ އަންހެނުން މިސްކިތަށް މިދަނީ ނުވަތަ މިދެވެނީ ކީއްވެގެންތޯ އަމިއްލަޔަވްވެސް މިސުވާލު ކުރެވިދާނެ ދެއްތޯ؟ އަންހެނުން މިކަމަށް ސަމާލު ވާނެ ކަމަށް އަޅުގަނޑުވެސް އުއްމީދު ކުރަން. ތިބޭފުޅުންގެ ޚިޔާލާކީ ކޮބާ؟ މިކަމުގަ.

Your email address will not be published. Required fields are marked *

More in ދީން