އޭޝިއާދިއިސްލާމް

ކީރިތި ޤުރުއާންގައިވާ ޖިހާދުގެ އާޔަތްތައް އިސްލާމް މާއްދާގެ މުގައްރަރުން އުނިކުރުމުން މުޒާހަރާކޮށްފި.

ޕާކިސްތާނުގެ އިރުދެކުނު ފްރޮވިންސް ހައިބަރ ޕަހުންތުހުވާގެ ކާނާތު ފިޔާގެ ވެރިކަން ކުރާ ޕާޓީއެއްކަމުގައިވާ އަވާމީ ނެޝަނަލް ޕާޓީ ކީރިތި ޤުރުއާންގައިވާ ޖިހާދު އާޔަތްތަށް ސާނަވީ ދަރިވަރުންގެ މުޤައްރަރުން އުނިކުރުމުން މުޒާހަރާ ކުރަންފަށައިފިއެވެ. މިޕާޓީއަކީ ޕާކިސްތާނާއި އަޕްޣާނިސްތާންނާއި އިންވެގެން އޮންނަ ސަރަހައްދަށް ނިސްބަތް ވާ ޕާޓީއެކެވެ.

މުޒާހަރާ ކުރަނީ ބައެއް ދީނީ ޕާޓީތަކާއި އަދި ޓީޗަރުންނެވެ. އިސްލާމް އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ޕޮރްވިންސްގެ އިސްވެރިއެއް ކަމުގައިވާ ޕްރޮފޭސަރ ޒާހިރު ސާހް ބުނިގޮތުގައި މިއީ އަވާމީ އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުގެ ރުހުން ހޯދުމަށްޓަކައި ކުރާ ވަރަށް ނޭއްގާނި އަދި ލަދުވެތި އަމަލެއްކަމަށެވެ. ޒާހިރު ސާހްއަކީ ޓީޗަރ އެސޯޝިއޭސަންގެ އިސްފަރާތެކެވެ.

ސާހް ބުނިގޮތުގައި ކިރިތި ޤުރުއާންގައިވާ ޖިހާދުގެ އާޔަތްތަކަކީ މުޤައްރަރުގައި އެ އުމުރުފުރާގެ ހިމަނަން ކޮންމެހެން ވެސް މުހިއްމު އާޔަތްތަކެއްކަމަށާއި އަދި މީގެ ކުރީގެ މުޤަރައްރުގައި އުނިކޮށްފައި ވާ ރަސޫލާގެ 50 ހަދީޝް ވެސް ހިމަނަން ޖެހޭނެކަމަށެވެ. އިގިރޭސި ބަހުން ނެރެފައިވާ ފޮތްތަކުން ވެސް ދީނާއި ބެހޭ ވަރަށް ގިނަ ބައިތަށް ވަނީ އުނިކޮށްފައިކަމަށާއި އަދި މިއީ ކަޑައެޅިގެން ހުޅަނގުގެ ފަރާތްތަކާއި ގުޅިގެން ދަރިވަރުންގެ ކިބައިން އިސްލާމްދީން ނައްތާލަން ކުރާ މަސައްކަތް ކަމުގައި ސާހް ތުހްމަތުކުރެއްވިއެވެ.

މިމުޒާހަރާތަކުގައި މިހާރު އިތުރު ސިޓީތަކުން ދަނީ ބައިވެރި ވަމުންނެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ޓީޗަރުންނާއި ދަރިވަރުންނާއި އަދި އާންމު ފަރާތްތައް ވެސް ހިމެނެއެވެ. އަދި ސަރުކާރަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. 15 ދުވަހުގެ ތެރޭގައި ބަދަލު ނުގެނެސްފިނަމަ މިއަށް ވުރެއް މުޒާހަރާތަށް ވަރުގަދަ ކުރާނެކަމުގެ އިންޒާރު ވަނީ މުޒާހަރާކުރާ ފަރާތްތަކުން  ދީފައެވެ.

 

ގުޅުންހުރި

1 ޚިޔާލު

  1. މިދިޔަ މަސްތެރޭ ޕާލިސްތާނުން ވަނީ އެއްބަސް ވެފައި އެމެރިކާއިން ބޭނުންވާގޮތަށް ސިލަބަސް ބަދަލު ކުރުމަށް، 2008ގައި ސައުދީގެ ސިލަބަސްވެސް ބަދަލުކުރި ކަން ވަނީ ވައިޓް ހައުސް އިން އާންމު ކޮށްފައި، ހަމަ އެގޮތަށް މި ކުޑަ ދިވެހި ރާއްޖެވެސް ދެވަނަ މަންހަޖޭ ކިޔައިގެން ޔަހޫދީންނާއި ސިލަބަސް ބަދަލު ކުރަން ހަވާލުކުރީ.. އެއީ އައްނި އެބުނާ ސިލަބަސް ބަދަލު ކުރި ހިސާބު… ﷲތަޢާލާ އަޅުގަނޑުމެން މި ފިތުނަތަކުން ސަލާމަތް ކުރައްވައި ﷲގެ ޝަރީޢަތް ޤާއިމް ކޮށްދެއްވާނދޭވެ.

Your email address will not be published. Required fields are marked *

More in އޭޝިއާ