ޕާކިސްތާނުގައި 3.5 މިލިޔަން ކުޑަކުދީންވަނީ ފެންބޮޑުވެ ހާލުގައިޖެހިފައިވާކަމަށް ޔޫއެން އިން ހާމަކޮށްފިއެވެ.
ޔޫއެންއިން ނެރެފައިވާ ރިޕޯޓެއް ބުނާގޮތުގައި "ޕާކިސްތާނުގައި 3.5 މިލިޔަން ކުޑަކުދީންވަނީ ފެންބޮޑުވެ ހާލުގައި ޖެހުމުގެ ސަބަބުން ފެނުގެ ތެރޭން ފެތުރިދާނެ ނުރައްކާ ބަލިތަކެއްގެ ޝިކާރައަކަށް ވެފައި" ކަމަށެވެ. އަދި "ބަލިމަޑުކަމުގެ ހާލަތަށް 6 މިލިއަނަކާއި ގާތްކުރާ އަދަދަކަށް އިންސާނުންނަށް ކުރިމަތިލާން ޖެހޭނެކަމަށާއި ހެޕަޓައިޓިސްއާއި ޑައިރިއާ އާ ގުޅުންހުރި ޑިސެންޓްރީފަދަ ބަލިތައް ހާލުގައި ޖެހިފައިވާ މީހުނަށް ރައްކާތެރި ފެނާއި ކާނާ ނުލިބިއްޖެނަމަ ކުރިމަތިވާނެ" ކަމަށެވެ.
ޕާކިސްތާނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް ބޭސްފަރުވާއަށް ބޭނުންވެފައިވާއިރު އެގެތެރެއިން ގިނަ މީހުން ތިބީ 'ހުސްބަނޑާ'ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އަދި ކުޑަކުދިންގެ ތެރެއިން 36 ހާސް ކުދިންނަށް ބޭރަށް ހިންގުން ޖެހިފައިވާތީ އިތުރު ބިރުވެރިކަމެއްވަނީ ކުރިމަތިވެފައެވެ.

















ޚިޔާލު