އޭޝިއާ

ޕާކިސްތާނަށް ފެނިގެންދިޔައީ ހިތަށް ކެތްކުރެވޭ ވަރަށްވުރެ މާ ހިތާމަވެރި މަންޒަރުތަކެއްކަމަށް ބަންކީ މޫން ވިދާޅުވެއްޖެ

ލިޔުނީ: އައިޝާ ޝަހޫ

ޕާކިސްތާނަށް ފެނިގެންދިޔައީ ހިތަށް ކެތްކުރެވޭ ވަރަށްވުރެ މާ ހިތާމަވެރި މަންޒަރުތަކެއްކަމަށް ބަންކީ މޫން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގައި ފެންބޮޑުވުމާއި ގުޅިގެން ކުރިމަތިވެފައިވާ އިންސާނި މުސީބާތް 'ލޮލުން ދެކިލުމަށް' ބަންކީމޫން ކުރި މިދަތުރުގައި ޕާކިސްތާނުން ފެނިގެން ދިޔަ ހިތާމަވެރި މަންޒަރުގެ ސަބަބުން ބަންކީ މޫން ވަނީ މުޅި ޕާކިސްތާނަށް އެހީވުމަށް މުޅި ދުނިޔެއަށް ގޮވާލާފައެވެ. އެގޮތުން އިތުރު 10 މިލިއަން އެމެރިކާ ޑޮލަރު މިހާރުން މިހާރަށް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު ވަނީ ދުނިޔޭގެ އެކި ތަންތަނުގައި މިފަދަ ހާދިސާތައް ހިނގާފައިވާތަން ފެނިފައި، އެކަމަކު މިވަރެއް ނުދެކެން. ގެއްލުން ލިބިފައިވާ ސަރަހައްދު ވަރަށް ބޮޑު." ކަމަށް ޕާކިސްތާނުގެ ގެއްލުން ލިބިފައިވާ ސަރަހައްދުގައި ހުންނަވައިގެން ބަންކީ މޫނު ވިދާޅުވިއެވެ.

ޕާކިސްތާނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގައި އެހީގެ ފަންޑެއް އަދާލަތު ޕާޓީއިން ވަނީ ހުޅުވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ