ޠާލިބާނުން ހާމަކުރާ ގޮތުގައި އަފްޣާނިސްތާނަށް އަރައިގަނެގެންއުޅޭ މުސްތަޢުމިރުންނާ އަދި އަފްޣާނިސްތާނުގައި އޮންނަ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރާ ދެކޮޅަށް އަންނަ ހަފްތާގައި "އޮޕަރޭޝަން އަލްފަތްޙު"ގެ ނަމުގައި ވަރުގަދަ ޙަމަލާތަކެއް ޠާލިބާނުން ފަށާނެއެވެ. އަދި މިޙަމަލާތައް އަފްޣާނިސްތާނުގެ ސިޓީ ތަކަށް ފެތުރިގެންދާނެ ކަމުގެ އިންޒާރުވަނީ ޠާލިބާނުންދީފައެވެ. އަފްޣާނިސްތާނަށް އަރައިގަނެގެންއުޅޭ ހުޅަނގުގެ ގައުމުތަކުގެ ފައުޖުތަކުގެ ކޮންމެމީހަކާ އަފްޣާނިސްތާނުގައި އޮންނަ އެމެރިކާގެ ގޮނޑިކޮށްކޮ ސަރުކާރުގެ މެމްބަރުންނާ އަފްޣާނިސްތާނުގެ ސަރުކާރަށް ޖާސޫސްކޮށްދޭ ކޮންމެ މީހަކާ ޖުޑިޝަރީ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ މިޙަމަލާގެ ޝަރުޢީ އަމާޒުތައްކަމުގައި ޠާލިބާނުން ބުނާކަމަށް އަލްޖަޒީރާއިން ހާމަކުރެއެވެ. އަންނަ ހޯމަދުވަހު ފަށާނެކަމަށް ޠާލިބާނުން އިޢްލާނުކޮށްފައިވާ މިޙަމަލާތަކުގައި އަފްޣާނިސްތާނުގެ ސިޓީތައް ޙިޞާރުކުރާނެކަމަށާ އެހެންނަމަވެސް އަފްޣާނިސްތާނުގެ ޢާއްމު ރައްޔިތުންގެ ރައްކާތެރިކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭނެކަމަށް ޠާލިބާނުން ހާމަކުރެއެވެ.
ޠާލިބާނުން އޮޕަރޭޝަން އަލް އަލްފަތްޙު މިފަށަނީ އަފްޣާނިސްތާނަށް އަރައިގަނެގެން އުޅޭ ހުޅަނގުގެ ގައުމުތަކުގެ ފައުޖުތަކާ އަފަޣާނިސްތާނުގައި އޮންނަ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރުގެ ފައުޖްތައްގުޅިގެން ޠާލިބާނުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަން މުޝްތަރަކުގައި ގުޅިފައިވާ ލަޝްކަރަށް ބޮޑެތި ގެއްލުންތަކެއްވީތާ މާގިނަދުވަސްތަކެއް ނުވަނީހެވެ. ގުޅިފައިވާ ލަޝްކަރުވަނީ އެމީހުންގެ މަޤްޞަދު ޙާޞިލްނުވުމާއެކު އެޙަމަލާ ހުއްޓާލާފައެވެ. ޢާންމުން ރައްކާތެރިކުރާނެކަމަށް މުސްތަޢުމިރުން ވަޢުދުވި އޮޕަރޭޝަން މުޝްތަރަކްގައި ޢާއްމުންގެ ކުށެނެތް އެތައްބަޔަކު އަންހެނުންނާ ކުޑަކުދިންނާ މުސްކުޅިންނާ މާބަނޑުމީހުން ހިމެނޭގޮތަށް މުސްތަޢުމިރުންގެ ލަޝްކަރުކަރުން އޮޅިގެންކަމަށްބުނެވަނީ މަރާފައެވެ. އެހަނގުރާމާއިގާ ޠާލިބާނުންގެ އަތުން ޢާއްމުންގެ އެއްވެސް މީހަކު މަރުވެފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި އެޙަމަލާގައި ޢާއްމުންތިބީ ޠާލިބާނުންނާއެކުގައެވެ.

















ޚިޔާލު