އޭޝިއާ

ޠަލިބާން މުޖާހިދުން އަނެއްކާވެސް މަރްޖާހ ކޮންޓްރޯލްކުރަންފަށައިފި

ލިޔުނީ: އަހްމަދު ޚަލީލް

ޠާލިބާން މުޖާހިދުންބާރުގެ ދަށުގައިއޮތް އަފްޣާނިސްތާނުގެ ދެކުނުގެ ރަށްތަކުގެ ތެރެއިން މުސްތަޢުމިރުންނަށް އެންމެމުހިއްމު އެއް ރަށްކަމުގައިވާ މަރްޖާހ އަނެއްކާވެސް މުޖާހިދުން ކޮންޓްރޯލް ކުރަންފަށައިފިކަމަށް އިންގިރޭސިވިލާތުގެ ނޫހެއް ކަމުގައިވާ މޯރނިންގ ސްޓަރއިން އިއްޔެ ހާމަކޮށްފޮއެވެ. އަފްޣާނިސްތާނަށް އަރައިގަނެގެންއުޅޭ އެމެރިކާއާ އިނގިރޭސިން، ކަރްޒާއީއަށް ވަފާތެރި ސިފައިންނާއެކު އޮޕަރޭޝަން މުޝްތަރަކްގެ ނަމުގައި މުޖާހިދުންނާ ހަނގުރާމަކޮށް، ގުޅިފައިވާ ލަޝްކަރުގެ ބާރުގެ ދަށަށް މަރްޖާހ ގެނެސްފައިވާކަމަށް އެމެރިކާއާ އަފްޣާނިސްތާނުގައި ހަދައިގެންއުޅޭ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރުން ހާމަކުރީ މީގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ.
މަރްޖާއަކީ ޚުދް މިހާރުވެސް މުސްތަޢުމިރުންގެ ހާއްޔެއްކަމަށާ މަރްޖާހގެ ރައްޔިތުންގެ ކޮންމެ އަށްމީހަކަށް މުސްތަޢްމިރުންގެ މީހަކަށްވުރ ގިނައިން މަރުޖާހގައި އެބަތިބިކަމަށް ޚަބަރުތައްބުނެއެވެ. ޢުމުރުން ދުވަސްވީ މަރްޖާހގެ ރައްޔިތކާ ޙަވާލާދީ މޯރނިންގ ސްޓަރއިން ޚަބަރުދޭ ގޮތުގައި އިރުއޮއްސި އަނދިރިވުމަށްފަހު މަރްޖާ ހީވަނީ މުޖާހިދުންގެ ރަސްކަމެއް ހިނަގާތަނެއްހެންނެވެ. މުސްތަޢުމިރުންނަށް އެމީހުން ބަނޑަހަ ޖަހައިެގެންތިބޭތަނާ އެއްމެ ކިލޯމީޓަރަކަށްވުރެ ދުރުން މުޖާހިދުންނާދެކޮޅަށް އެއްވެސް މީހަކަށް ޙިމާޔަތްދިނުމަކަށް ކުޅަދާނައެއްނޫން ކަމުގައި މިނޫހުންބުނެއެވެ.
ޠާލިބާން މުޖާހިދުންނަށް މަރްޖާހގެ ރައްޔިތުންގެ ހަމްދަރުދީ ވަރަށްބޮޑަށް އޮންނަކަމަށާ އަދި ރޭގަނޑު ރަށުތެރޭގައި މަރްޖާހގެ ޢާއްމުންނާއެކު ގިނަބައްދަލުވުންތައް މުޖާހިދުން ބާއްވަމުންގެންދާ ކަމުގައި، މަރްޖާހއަށް މުސްތަޢްމިރުން ގަވަރުނަރުކަމަށް ކަނޑައަޅާފައިހުރި ޙާޖީ ޢަބްދުލް ޒާހިރުއާ ޙަވާލާދީ ނޫހުގައި ބުނެފައިވެއެވެ. އަދި މުޖާހިދުން ޢާއްމުނަނާއެކު ޙަރަކާތްތެރިވަނީ ހަތިޔާރާ ނުލާކަމަށްވެސް ޚަބަރުލިބެއެވެ.
ހެލްމެނޑްގައި ޠާލިބާނުން ބަލިނުވާ ކަމަށާ އެހެންވީމާ އެމީހުން އަލުން މަރްޖާއަށް އަންނާނެކެމަށް ހީވާކަމަށް އަފްޣާނިސްތާނުގައި ކުރިން ހުންނެވި އދގެ ސިޔާސީ ކަންކަމާބެހޭ ތަޖުރިބާކާރު މަރވީން ޕެޓަރސަން އާޙަވާލާދީ މޯރނިންގެ ސްޓާރއިން ހާމަކުރއެވެ.
މުސްތަޢުމިރުން މަރްޖާހ ހިފުމަށްކުރި ހަމގުރާމަ އެމީހުންނަށް ވަރަށް ކާމިޔާބުކަމަށާ ވަރުގަދަ ރައްދެއް މުޖާހިދުންގެ ފަރާތުން ނާންނަކަމަށް ދިޔައީ ބުނަމުންނެވެ. އެހެންނަމަވެސް މުސްތަޢުމިރުންގެ ސިފައިން މުޖާހިދުންގެ ޙަމަލާތަކުގައި ގިނަ ޢަދަދަކަށް މަރުވެ ހަނގުރާމަތީ އާލަތްތަކަށް ނުހަނު ބޮޑެތޮ ގެންލުން ކުރިމަތިވަމުން ދިޔަކަންވަނީ މީޑިޔާއަށް ލީކްވެފައެވެ. އަނެއްކޮޅުން މުސްތަޢުމިރުންގެ ގުޅިފައިވާ ލަޝްކަރު މަރްޖާއަށް އަރައިގަންނަން ތައްޔާރުވެ ހަނގުރާމައިގެ ބެރުޖަހަމުން ދިޔައިރު މުޖާހިދުން ބުނަމުން ދިޔައީ މުޖާހިދުން އެކީއެކައްޗަކަކަށް ޙަމަލާނުދޭނެކަމަށާ ޙަމަލާ ދެމުންގެންދާނީ ކެތްތެރިކަމާ ޙިކުމަތާއެކުގައިކަމަށެވެ. އަދި އެމީހުންގެ ޙަމަލާދިނުމުގައި ބޭނުންކުރާނީ ކުއްލިއަކަށް ޙަމަލާދީ ފިލުމުގެ އުކުޅު ކަމުގައެވެ.
އަފްޣާނިސްތާނުގައި އޮންނަ އެމެރިކާއަށް ވަފާތެރި ސަރުކާރުސިފައިންނާ މުސްތަޢުމިރުން މީގެކުރިންވެސް ތަފާތު ތިންފަހަރެއްގެ މަތިން މަރްޖާހ ހިފުމަށް މަސައްކަތްކޮށް މުޖާހިދުންގެ ކުރިމަތީގައިވަނީ ނާކާމިޔާބު ވެފައެވެ. އޮޕަރޭޝަން މުޝަތަރަކް ފެށުމުގެ ކުރިން، ކުރީގެ ޙަމަލާތަކުގެ ނަތީޖާގެ އަލީގައި ޢަސްކަރީ މުޙައްލިލުން ބުނެފައިވަނީ މުޖާހިދުން ބަލިކުރުމަކީ ފަސޭހަކަމެއްނޫން ކަމުގައވެ. އަދި މުސްތަޢުމިރުންގެ ގުޅިފައިވާ ލަޝްކަރަށް ކާމިޔާބުވީއޭ ހީވާއިރަށް އަނބުރާ މުޖާހިދުން މަރްޖާހގައި ބާރުގަދަކުރުމަކީ އެކަށީގެންވާކަމެއްކަމުގައި ޗައިނާގެ ރަސްމީނޫސްއިދާރާ ޒިންހުއާާ ނޫސް އެޖެންސީއިން ހަނގުރާމަ ފެށުމުގެކުރިންވަނީ ބުނެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ