އޭޝިއާ

އަފްޣާނިސްތާނު ހަނގުރާމައަށް ދާން ދެކޮޅުހެދި އިނގިރޭސިވިލާތުގެ ސިފައިންގެ މީހަކު ޖަލަށްލާން ހުކުމްކޮށްފި

ޖޯ ގްލެނޓަން ހަނގުރާމަހުއްޓުމަށް ގޮވާލާ މުޒާހަރާއެއްގައި ވާހަކަދައްކަނީ.

އަފްޣާނިސްތާނަށްގޮސް ކުރިން ހަނގުރާމަކޮށްފައިވާ އިނގިރޭސި ސިފައިންގެމީހެއްކަމުގައިވާ ޖޯ ގްލެންޓަން އަލުން އަނބުރާ އަފްޣާނިސްތާނަށް ދިއުމަށް ދެކޮޅުހެދުމުން އޭނާގެ މަގާމު ދަށްކޮށް ނުވަމަސްދުވަހަށް ޖަލަށްލުމަށް އިނގިރޭސިވިލާތުގެ ޢަސްކަރީ ކޯޓަކުން ޙުކުމް ކޮށްފިއެވެ. މީނާވަނީ 2006ވަނަ އަހަރު އަފްޣާނިސްތާނަށް އަރައިގަނެގެންއުޅޭ އިނގިރޭސިވިލާތުގެ ލަޝްކަރުގައި ބައިވެރިވެ ހަނގުރާމަކޮށްފައެވެ. ނަމަވެސް ހަނގުރާމައިން އަނބުރާ އައިއިރު އޭނާގެ މުޅިވިސްނުންވަނީ ބަދަލުވެފައެވެ. އަދި އަފްޣާނިސްތާނުން އެނބުރި އިނގިރޭސިވިލާތަށް އައުމާއެކު އޭނާވަނީ އަފްޣާނިސްތާނުގައިކުރާ ހަނގުރާމައަކީ ޣައިރު ގާނޫނީ ހަނގުރާމައެއްކަމަށްބުނެ އަފްޣާނިސްތާނު ހަނގުރާމައާދެކޮޅު ޙަރަކާތެއް އުފައްދާ ލަންޑަންގައި މުޒާހަރާތައްބާއްވާފައެވެ. އިނގިރޭސިވިލާތުގެ ޢާއްމުންގެންދަނީ މެދުކެނޑުމެއްނެތި، އެމެރިކާއާއެއްބައިވެ ޢިރާޤާ އަފްޣާނިސްތާނަށް އަރައިގަނެގެން އިނގިރޭސިވިލާތުން ކުރަމުންގެންދާ ހަނގުރާމައާ ވަރަށްބޮޑަށް ދެކޮޅުހަދާ ދެކޮޅުވެރިކަންފާޅުކުރަމުންނެވެ.
ޢާއްމުންގެ ތެރޭގައި ޖޯ މަޝްހޫރުވެފައިވަނީ ހަނގުރާމައާދެކޮޅު ބަޠަލެއްގެގޮތުގައެވެ. ޖޯގެ މަންމައާ އޭނާގެ ވަކީލު ކޯޓުގައި ބުނެފައިވަނީ އަފްޣާނިސްތާނުގައި ހަނގުރާމަ ކުރުމުގެ ސަބަބުން އޭނާވަނީ ބަލިވެފައިކަމުގައެވެ. އަދި ހަނގުރާމައިން އެނބުރި އައިފަހުން މަރުވެފައިތިބޭ ސިފައިންގެ ސަންދޯއްތައް އުފުލާތީ އޭނާއަށް ހުވަފެނުންފެނި އެކަމާބިރުން ނުނިދިގެންއުޅޭކަމަށާ އަދި ނިދީގައި ހަޅޭއްލަވާ ހަދާކަމުގައެވެ.
ޖޯގެ މަންމަ އިތުރަށް ބުނިގޮތުގައި އޭނާގެ އަނެއް ދަރިފުޅު އަފްޣާނިސްތާނު ހަނގުރާމައިގާ މަރުވެފައިވަނީ މީގެ އެންމެ ހަތަރުމަސް ކުރިންނެވެ. އަދި ކޯޓުގެ ޙުކުމް ބާޠިލްކޮށްދިނުމަށްއެދި އޭނާވަނީ އާދޭސްކޮށްފައިވެއެވެ.
އަފްޣާނިސްތާނާ ޢިރާޤުގައި ހަނގުރާމަކުރި އެމެރިގާއާ އިނގިރޭސި ގިނަ ސިފައިން ގެންދަނީ ނަފްސާނީ އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ތަޙައްމަލު ކުރަމުންނެވެ.

ލިޔުނީ: އަހުމަދު ޚަލީލު

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ