ޠާލިބާން މުޖާހިދުންގެ ތިންވަނައަށް އެންމެ އިސް ކޮމާންޑަރ އާޣާ ޖާން މުހްތަސިމް ހައްޔަރުކުރެވިއްޖެކަމަށް ޔަހޫދީންގެ ކޮންޓްރޯލްގެ ދަށުގައިވާ ހުޅަނގަށް ތާއީދުކުރާ ބީބީސީ، އެންބީސީ ފަދަ މީޑިއާތަކުން ރޭގެވަގުތެއްގައި އަޑުފަތުރަން ފަށައިފިއެވެ. އާޣާ ޖާން މުހްތަސިމްއަކީ އަފްޣާނިސްތާނުގައި އޮތް ޠާލިބާންސަރުކާރުގެ ފިނޭންސް މިނިސްޓަރއެވެ. އާޣާ ޖާން މުހްތަސިމް ހައްޔަރުކުރެވުނު ޚަބަރު ފަތުރަމުން ގެންދަނީ ނަންހާމަ ނުކުރާ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ އޮފިޝަލަކާ ޙަވާލާ ދީ ކަމަށްބުނެއެވެ.
ޠާލިބާން މުޖާހިދުންނާމެދު މިފަދަ ޚަބަރުތައް ދޭތެރެ ދޭތެރެއިން ފެތުރުމަކީ ހުޅަނގުގެ މީޑއާގެ އާދައެކެވެ. ދާދިފަހުން ޠާލިބާން މުޖާހިދުންގެ އެއްމެ އިސް ކޮމާނޑަރ އެމެރިކާގެ މިސައިލް ޙަމަލާއެއްގައި ޝަހީދުކޮށްލެވިއްޖެކަމަށް ޕާކިސްތާނާ އެމެރިކާގެ އިސް އޮފިޝަލުންނާ ޙަވާލާދީ ހުޅަނގުގެ މީޑިއާއިން އަޑުފަތުރާފައިވަނިކޮށް އޭނާވަނީ ﷲގެ ހެޔޮރަޙުމަތުން ސަލާމަތުން ހުރިކަން ބަޔާންކޮށް ވީޑިއޯއެއް ޢާއްމުކުރައްވާފައެވެ. އެކަމުގެ ސަބަބުންވަނީ އެމެރިކާއާ ހުޅަނގުގެ މީޑިއާ ޕްރޮޕަގެންޑާގެ ޙަގީގަތް ފަޅާއަރ މުޅިން ފަޟީޙަތްވެފައެވެ.
ބީބީސީއިންވެސް އެއްބަސްވެފައިވާގޮތުގައި ޠާލިބާން ލީޑަރުން ހައްޔަރުކުރާކަމަށްބުނެ ފަތުރަމުން މިގެންދާ ޚަބަރުތަކުގެ އަޞްލާމެދު އެއްވެސް ރަސްމީ ފަރާތެއްގެ ޒިއްމާ ނެތުމާއެކު، މިޚަބަރާމެދު ދުނިޔޭގެ ސިޔާސީ މުޙައްލިލުން ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ.
މިފަދަ ދޮގު ޚަބަރުތަކުގެ މައިގަނޑު ބޭނުމަކީ ހަނގުރާމައިގާ މުޖާހިދުންނަށް ލިބޭ ކާމިޔާބާ އަދި ޢުދުވާނީ ލަޝްކަރުތަކަށް ކުރިމަތިވާ ނާކާމިޔާބީއާދުރަށް މީޑިޔާއާ ޢާއްމުންގެ ސަމާލުކަން އަނބުރާލުމެވެ. މީގެ ދެތިންދުވަސްކުރިން މުޖާހިދުންގެ ކާމިޔާބީތަކުގެ ޚަބަރު ފެތުރުމަކީ މަނާކަމެއްކަމުގައި އަފްޣާނިސްތާނުގައި އޮންނަ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރުންވަނީ އިޢްލާނުކޮށްފައެވެ. އަދި މިފަދަ ޚަބަރެއް ފަތުރާ ނޫސްވެރިން ބަންދުކޮށް އެމީހުންގެ ތަކެތި ސަރުކާރަށް ގަދަކަމުން އަތުލާނެކަމަށްވެސްވަނީ އިޢްލާނުކޮށްފައެވެ.
މިބައިމީހުންގެ މިފަދަ ޢަމަލުތަކުގެ ސަބަބުން އެމީހުން އިތުރަށް ފަޟީޙަތްވުމާ މުޖާހިދުންގެ ކާމިޔާބު ޢާއްމުންނަށް ކަށަވަރުވުން ފިޔަވައި އިތުރުކަމެއް އެމީހުންނަކަށް ޙާޟިލެއްނުވެއެވެ.

















ޚިޔާލު