ޔޫރަޕު

2012ގެ އިންތިޚާބުގައި ތާއީދު ހޯދުމަށް ސާކޯޒީ މުސްލިމް އާބާދީ ހާރުވަނީ

ލިޔުނީ: އަޙްމަދު ޝަމީނު ދޮންމަނިކު

"ސެކިއުލާ ފްރާންސުގައި އިސްލާމްދީނުގެ ދައުރު" ގެ ނަމުގައި ފަރަންސޭސި ވިލާތުގެ ރައީސް ނިކަލޮސް ސާކޯޒީގެ ވެރިކަންކުރާ ޔޫނިއަން ފޯ އަ ޕޮޕިއުލާ މޫމްމަންޓްގެ ފަރާތުން ބަހުސެއް މިމަހު 5 ގައި ވަނީ އިފްތިތާޙް ކޮށްފައެވެ.

މި ބަހުސްގައި އަލިއާޅުވާލާނެ ނުކުތަތާތަކުގެ ތެރޭގައި މިސްކިތް ޢިމާރާތްކުރުން، އެތަންތަނަނުގެ ޚަރަދުބަރަދު ހަމަޖެއްސުން، ހުކުރު ޚުތުބާއިން ދޭ މެސެޖްތައް ބެލުމާއި އިމާމުން ތަމްރީނުކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި ހަރަކާތް ފަށާފައިމިވަނީ، އާންމުންގެ މެދުގައި މަގްބޫލުކަން ކުޑަވެފައިވާ ސާކޯޒީއަށް 2012ގައި އޮންނަ ރިޔާސީ އިންތިޚާބަށް ގައުމުގެ ހަރުކަށި ކާނާތުފިޔައިގެ ތާއީދު ހޯދުމަށްކަމަށް ސިޔާސީ މުޙައްލިލުން ވިދަޅުވެއެވެ.

ވެރިކަންކުރާ ޕާޓީން ބުނެފައިވަނީ މި ބަހުސްގެ މަގްސަދެއް ކަމުގައިވާނީ ފްރާންސްގެ ގައުމީ ރުކުންތައް ދެމެހެއްޓުމަށް މަގުފަހިކުރުމާއި ޚާއްސަކޮށް ދީނާދައުލަތް ވަކިކިރުމުގެ ސިޔާސަތު ދެމެހެއްޓުން ކަމުގައެވެ.

ނަމަވެސް އިދިކޮޅު ސިޔާސީ އަދި ދީނީ ޖަމާޢަތްތަކުން ބުނަމުންދަނީ މި ބަހުސްގެ ފޮރުވިފައިވާ މަގްސަދަކީ ފާޅުކަން ބޮޑުގޮތެއްގައި މުސްލިމުންނަށް ބަދުބަސް ބުނެެ، ފްރާންސްގެ 6 މިލިޔަނާ ގާތްކުރާ މުސްލިމް އާބާދީގެ އަގުވައްޓާލުން ކަމުގައެވެ.

ފްރާސްގެ އެންމެ އާބާދީ ބޮޑު 6 ދީނުގެ އިސް އޮފިޝަލުން މިދިޔަ ހަފުތާގައި ގުޅިގެން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ "މި ބަހުސްގެ ސަބަބުން އެމީހުން މުޖްތަމަޢުގައި މިހާރު ކުރިމަތިލަމުންދާ އުނދަގޫތަކަށް އިތުރު ދަތިކަމެއް އިތުރުވެގެން ދާނެކަމުގައެވެ."

2004ގައި ފްރާންސުގައި އާންމުތަންތާންގައި ބުރުގާއެޅުން ވަނީ މަނާކޮށްފައެވެ. ފްރާންސުގައި މިދިޔަ އަހަރު މޫނުބުރުގާ މަނާ ކުރުމަށް މަގުފަހި ވެގެންގޮސްފައިވަނީވެސް މިފަދަގޮތަކަށް ބޭއްވުނު ބަހުސްތަކަކަށްފަހުގައެވެ. އެގައުމުގެ އާންމު ތަންތާންގައި މޫނު ބުރުގާ މަނާކުރާ ޤާނޫނަށް މިމަހުތެރޭ ޢަމަލުކުރަން ފަށާނެއެވެ.

ފްރާންސްގައި އޮންނަނީ ރިޔާސީ ނިޒާމުގެ ޑިމޮކްރަސީއެކެވެ. ރާއްޖެފަދަ ކުދި ގައުމުތަކަށް މައިނޯރިޓީގެ ޙައްޤު ރައްކާތެރިކުރުމަށް ހުޅަގުން ދަނީ ދޭތެރެ ދޭތެރެއިން ގޮވާލަމުންނެވެ.

(އޮންއިސްލާމް + ފްރާންސް24)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ޔޫރަޕު