ޝައިޙް އިލިޔާސް ޙުސައިންގެ ހާއްސަ ދަރުސްއެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
މިދަރުސްގެ މަޢުލޫއަކީ "އީމާންތެރިކަން" އެވެ. މިދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ. މިދަރުސް ޓީވީތަކުން އަދި އެމިނިސްޓްރީގެ މީސްމީޑީޔާގެ ވަސީލަތްތަކުން ލައިވް ކުރުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތުދީފައިވެއެވެ.
ޝައިޚް އިލްޔާސް ޙުސައިންގެ ވަރަށް ޚާއްޞަ ދަރުހެއް މިރޭ 31/3 9:00 ގައި ޓީވީތަކުން ލައިވް ކުރާގޮތައްވަނީ ހަމަޖެހިފަ. މައުޟޫ އަކީ "އީމާންތެރިކަން"#MVIaffairs #COVID19MV pic.twitter.com/c7HfAcPU53
— Ministry of Islamic Affairs (@MVIaffairs) March 31, 2020
ކޮވިޑް19ގެ ސަބަބުން ދިމާވެފައިވާ ވަބާގެ ސަބަބުން ރައްޔިތުން ހޭލުންތެރިކުރުވުމަށް އިސްލާމިކް މިނިސްޓްރީން ޓީވީއާއި މީސްމީޑީޔާ މެދުވެރިކޮން އަންނަނީ ދަރުސްތަކާއި ތަފާތު ޕްރޮގުރާމްތައް ހިންގަމުންނެވެ.
ޚިޔާލު