މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަކީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ އިސްލާމިކް ބޭންކެވެ. ތިރީގައި މިވަނީ ހަވީރު ނޫހުގައި ޝާއިއުކޮށްފައިވާ އިސްލާމިކް ބޭންކުގެ ސީއީއޯ ހާރިސް ހާރޫނުގެ އިންޓަވިއުއެވެ. މިއީ ހަވީރުގެ ބިޒްނަސް އެޑިޓަރު އަހުމަދު ސައީދަށް ދެއްވި އިންޓަވިއުގެ ސުވާލާއި ޖަވާބުތަކެވެ. މިއިންޓަވިއު ދިއިސްލާމް ގައި ޝާއިއުކޮށްފައިމިވަނީ އިސްލާމިކް ބެންކްއާއި ބެހޭ މައުޟޫމާތުތައް ގިނަ ބަޔަކު ބޭނުންވެގެން އެދެމުންދާތީއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް )އެމްއައިބީ( އަކީ ރާއްޖޭގައި ހުޅުވޭ އެންމެ ފުރަތަމަ އިސްލާމިކް ބޭންކެވެ. ތިރީގައި މިވަނީ ރާއްޖެ އިސްލާމްވި
ދުވަހާ ދިމާކޮށް، މިއަދު ހުޅުވާ ބޭންކުގެ ސީއީއޯ ހާރިސް ހާރޫނު ހަވީރުގެ ބިޒްނަސް އެޑިޓަރު އަހުމަދު ސައީދަށް ދެއްވި އިންޓަވިއުގެ ސުވާލާއި ޖަވާބުތަކެވެ.
ސ. އެމްއައިބީގެ އަގު އަދާކޮށްފައިވާ ހިއްސާގެ ރައުސުލްމާލަކީ ކިހާވަރެއްތޯ؟
ފަށާއިރު، އަގު އަދާކޮށްފައިވާ ހިއްސާގެ ރައުސުލްމާލަކީ 150 މިލިއަން ރުފިޔާ، އެއީ ބޭންކިން ގާނޫނުގެ ދަށުން ރައުސުލްމާލު ހުއްދަކުރާ އެންމެ ކުޑަ މިންވަރު.
ސ. ކޮން ބަޔަކަށްތޯ އެމްއައިބީގެ ހިދުމަތް ހާއްސަވާނީ؟ އާންމު ފަރުދުންނަށް ހިދުމަތް ހޯދޭނެތޯ؟
- މިއީ ވަކި ބަޔަކަށް އަމާޒުކުރެވޭ ބޭންކެއް ނޫން. މިއީ މަސްވެރިންނާއި ދަނޑުވެރިންނާއި ވިޔަފާރިވެރިންނާއި އާންމު ފަރުދުންނާއި، އިސްލާމީ
އުސޫލުތަކާ އެއްގޮތަށް ހިދުމަތް ބޭނުންވެފައި ތިބި ހުރިހާ ފަރާތަކެއްގެ ބޭންކެއް.
ސ. ފުރަތަމަ ފަށާއިރު ކޮންކޮން ހިދުމަތްތަކެއްތޯ ދެއްވާނީ؟
އެހެން ވެސް ވިޔަފާރި ބޭންކުތަކެކޭ އެއްގޮތަށް، ފައިސާ ޖަމާކުރުމަށް ކަރަންޓް އެކައުންޓާއި ސޭވިން އެކައުންޓް ހިދުމަތް ދޭނަން. އަދި ޓާމް
ޑިޕޮސިޓް ހިދުމަތް ވެސް، އަހަރެމެން ކިޔާ ގޮތުން ނަމަ ޖެނެރަލް އިންވެސްޓުމަންޓް އެކައުންޓް. ތަފާތަކީ މި އެކަންޓުތަކުގެ ހިދުމަތް
ރޭވިފައިވާނީ އިސްލާމީ އުސޫލާ އެއްގޮތަށް. ކުރިއާލައި އިންޓަރެސްޓެއް ކަނޑައަޅައިފައެއް ނުވާނެ. އޭގެ ބަދަލުގައި މީގައި އޮންނާނީ ފައިދާ
ހިއްސާކުރާ ރޭޝިއޯއެއް. އޭގެ މާނަ އަކީ ޖަމާގައި ހުންނަ ފައިސާ ބޭންކުން ބޭނުންކުރުމުން ހަރަދު ކެނޑުމަށް ފަހު ލިބޭ ފައިދާ ފައިސާ ޖަމާކުރާ ފަރާތަށް ވެސް ލިބޭނެ. ކްރެޑިޓް ފެސިލިޓީ ނުވަތަ އަހަރެމެން ކިޔާ ގޮތުން ފައިނޭންޝިއަލް ފެސިލިޓީސް، އުފެއްދުންތެރި ބޭނުމަށް ވިޔަފާރިތަކާއި ވަކިވަކި ފަރުދުންނަށް ފޯރުކޮށްދޭނަން. މިސާލަކަށް މުދާ ގަންނަން، އިކުއިޕްމަންޓާއި މެޝިނަރީ ގަންނަން، ވިޔަފާރި ހިންގާނެ ކެޕިޓަލް އަދި ގެދޮރާއި ފްލެޓް އިމާރާތް ކުރުމާއި އުޅަނދުފަހަރު ގަތުމާއި އެހެނިހެން ބޭނުންތަކަށް ވެސް. ފައިސާ ދޫކުރުން ރޭވިފައި އޮންނާނީ 'މުރާބަހާ' ނޫނީ ގަނެވިއްކުން، އިޖާރާ )ކުއްޔަށްދިނުނ(ް، ނޫނީ މުޝާރަކާ (ހިއްސާވުން) އަދި މިކަންކަން އެކުވާ އެހެން ގޮތްތަކަށް ވެސް. މި ކަންތައްތަކުގެ އިތުރުން އިމްޕޯޓް އެކްސްޕޯޓް ވިޔަފާރި އަށް ފައިސާ ދިނުމާއި، ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ރެމިޓަންސް )އަގު ދެއްކުމަށް ފައިސާ ފޮނުވައިދިނުން( ހިދުމަތާއި ބޭންކް ގެރެންޓީ ދިނުމާއި އަދި އެނޫން ވެސް މާލީ އެހީތެރިކަން ފޯރުވައިދިނުން ހިމެނޭ. މި އަހަރުގެ މެދުތެރޭގައި އޭޓީއެމްގެ ހިދުމަތް ވެސް ތައާރަފުކުރަން ގަސްދުކުރަން.
ސ. އެކައުންޓެއް މަދުވެގެން ކިހާވަރެއްތޯ ޖަމާކުރަން ޖެހޭނީ؟
ދިވެހި ރުފިޔާ އިން ސޭވިން އެކައުންޓެއް ހުޅުވަން ޖަމާކުރަން ޖެހޭނީ 1000 ރ. އަދި ޔޫއެސް ޑޮލަރުން ނަމަ 100 ޑޮލަރު. ވަކި ފަރުދަކު ނަމަ ކަރަންޓު އެކައުންޓެއް ހުޅުވަން 2500ރ. ނޫނީ 250 ޑޮލަރު ބޭނުންވާނެ. ކުންފުނިތަކަށް އެކައުންޓް ހުޅުވައިދޭނީ 000،5ރ. އަށް ނުވަތަ 005 ޑޮލަރަށް. ޖެނެރަލް އިންވެސްޓުމަންޓް އެކައުންޓެއް ނަމަ، 000،5ރ. ނުވަތަ 500 ޑޮލަރު ނަގާނެ. ކުޑަކުއްޖަކަށް އެކައުންޓް ހުޅުވަން ބޭނުން ނަމަ ޖަމާކުރަން ޖެހޭ އަދަދު މިއަށް ވުރެ ކުޑަވާނެ.
ސ. އިސްލާމީ ޝަރީއާއާ އެއްގޮތަށް ފައިސާ (ލޯނު) ދޫކުރުމުގެ ކަންތައް ހިނގަނީ ކިހިނެއް؟ އޭގެ ކުޑަ ތަފްސީލެއް ދެއްވަފާނަންތޯ؟
އިސްލާމިކް އުސޫލުތަކަށް ބަލާއިރު، އަހަރެމެން ސީދާ ކަސްޓަމަރުންނަށް ދަރަންޏެއް ދުލެއް ނުކުރާނަން. ނަމަވެސް އަހަރެމެން މާލީ އެހީތެރިކަން ފޯރުކޮށްދޭނީ ގަނެވިއްކުމަށް ކުރެވޭ މުއާމަލާތެއްގެ ގޮތުގައި ނޫނީ ފަހުން އަގު އަދާކުރާ ގޮތަށް؛ ނޫނީ ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގެ ދަށުން، ނޫނީ ބޭންކުން ހިއްސާވާ ގޮތަށް. އަދި ހަމަ ޕްރޮޖެކްޓަކަށް ފައިސާ ދޭ ނަމަ މި އުސޫލުތައް ގުޅުވާލައިގެން ވެސް ދެވިދާނެ. ބޭންކަށް ލިބޭ ފައިދާ ބިނާވާނީ ވިއްކީމަ ޖެހޭ އަގުން ނާއި ނޫނީ ކުލިންނާއި ނުވަތަ ބޭންކު އޭގައި ހިއްސާވާ މިންވަރެއްގެ މައްޗަށް. ވިއްކާ އަގު ނުވަތަ ކުލި ނުވަތަ ފައިދާ ހިއްސާކުރާ މިންވަރު ކަނޑައެޅުމަށް ފަހު އެ މުއާމަލާތެއް ނިމެންދެން އެ ކަނޑައެޅޭ މިންވަރު ބަދަލެއް ނުކުރެވޭނެ. މިއީ އެހެން ބޭންކަކުން ލޯނު ނެގުމާ ހުރި އެންމެ ބޮޑު ތަފާތަކީ.
ސ. މާލީ އެހީ ބޭނުންވާ ފަރާތަކުން ޕްރޮޖެކްޓެއް ހުށަހަޅާތާ ކިހާ ދުވަހެއްގެ ތެރޭގައި ފައިސާ ހަމަޖެހޭނެތޯ؟
މިވަގުތު އަދި ސީދާ ޖަވާބެއް ދޭން ދަތި. އެކަން ބިނާވާނީ އެ ނަގާ އަދަދެއްގެ ކުޑަ ބޮޑުމިނާއި ހުށަހަޅާ ފަރާތުން މައުލޫމާތު ފުރިހަމަކޮށްފައި ހުންނަ މިންވަރަކަށް. ބުނަން ބޭނުންވަނީ އަހަރެމެންގެ ސިޔާސަތަކަށް ވާނީ އަވަސްކުރުމޭ، އެޕްލިކޭޝަނެއް ހުށަހަޅައިގެން ގިނަ ދުވަހު މަޑުކޮށްގެން ތިބެން ޖެހުމަކީ ރަނގަޅުކަމެއް ކަމަކަށް އަހަރެން ނުދެކެން.
ސ. ގާނޫނީ ގޮތުން ދަތި އެއްވެސް ކަމެއް އެބަ އޮތްތޯ؟ އެފަދަ ކަމެއް އުޅޭ ނަމަ އޮތް ހައްލަކީ ކޮބާތޯ؟
މިހާރު ހުރި ގާނޫނުތަކުން އަހަރެމެންނަށް އޮތް އެއް ހުރަހަކީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ނުކުރެވުން. އަހަރެމެންގެ މައިގަނޑު ހިއްސާދާރަކީ ބޭރުގެ އިދާރާއެއް (އައިޑީބީ) ކަމަށް ވުމުން މިއީ ސީދާ އަހަރެމެންނާ ގުޅޭ ކަމެއް. އިސްލާމީ އުސޫލުތަކުގެ ދަށުން މާލީ އެހީ
ދިނުން ރޭވިފައި އޮންނަ ގޮތުން، ހިދުމަތް ހޯދާ ފަރާތަށް ވިއްކާލެވެންދެން، ވަކި މުއްދަތެއް ވަންދެން ފްލެޓް ނުވަތަ އިމާރާތުގެ މިލްކުވެރިކަން އަހަރެމެންނަށް އޮންނަން އެބަ ޖެހޭ. އެހެންކަމުން ބިމާ ބެހޭ ގާނޫނަށް އެ އިސްލާހު ނުގެނެސް މިހާރު އެ އޮތް ގޮތުން ގެދޮރު އިމާރާތްކޮށެއް ނުދެވޭނެ. އަދި ބިން ގަނެވިއްކާއިރު އެ އޮންނަ 15 ޕަސެންޓް ޓެކްސް އަކީ ވެސް އަހަރެމެންނަށް އޮތް ގެއްލުމެއް. އޭގެ ސަބަބުން ވިއްކާ އަގުގެ ތެރެއަށް އެ ޓެކްސް ލާން ޖެހި، އަހަރެމެންގެ ހުށަހެޅުމަށް މީހުން ޝައުގުވެރިއެއް ނުވާނެ. އަހަރެމެން ވާނީ މި ދެ މައްސަލަ ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައި. އުންމީދު ކުރަނީ ވީހާ އަވަހަކަށް އެކަން ހައްލުވާނެ ކަމަށް. އެއީ ހަމައެކަނި ރާއްޖޭގައި ދިމާވާ މައްސަލައެއް ނޫން. އަހަރެން ޔަގީންކުރަން މިކަމަށް ސަރުކާރުން އެއްބާރުލުންދީ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޝަންތައް ހިންގުމަށް މަގުފަހިކޮށްދޭނެ ކަމަށް. މިފަދަ ކަންތައްތައް ދިމާވާނެ، އެކަން ޖެހޭނީ ހައްލުކުރަން. އަހަރެން އެދެން ގެދޮރު އިމާރާތް ކުރުމަށް ބޭނުންވެ އެކަމުގެ ޝައުގުގައި ތިބި ފަރާތްތަކުން ކެތްތެރިވެ، އަހަރެމެންނާ ބައިވެރިވެ މިކަން ހައްލުވަންދެން މަޑުކުރަން.
ސ. ކޮބާތޯ އެމްއައިބީއާ މެދު އޮތް އުންމީދަކީ؟
އާންމުން ދޭ ހިޔާލުތަކަށް ބަލާއިރު އަހަރެމެން އުންމީދުކުރަން ރަނގަޅުވާނެ ކަމަށް. އިސްލާމީ އުސޫލުތަކާ އެއްގޮތަށް މާލީ ހިދުމަތް ލިބޭނެ ގޮތެއް ބޭނުންވެފައި ތިބި މީހުން ގިނަ. އަހަރެމެން މިތިބީ އެކަން ހަމަޖައްސައިދޭން.
















ޚިޔާލު