ސުފުރާ

ވޯޓަރމެލަން މިންޓް ކޫލާރއިން ކަރުހިއްކުން ފިލުވާލާ

މިދުވަސްވަރަކީ ރާއްޖެއަށް ވަރަށް ހޫނު ދުވަސްވަރެކެވެ. ހޫނު ގަދަ ދުވަހެއްގެ މެންދުރުވަގުތު ކަރުހިއްކުން ފިލުވާލާއި ހަށިގަނޑު ތާޒާ ކޮށްލުމަށް ވޯޓާރމެލަން މިންޓް ކޫލާރއަކީ ހަމައެއްވަނައެވެ. އިތުރުވާހަކަ ނުދައްކާ ރެސިޕީއަށް ދަމާ ހިނގާށެވެ.

ބޭނުންވާނެ ތަކެތި
- ހަތަރު ޖޯޑު ކަރާ (އޮށްނަގާ ކޮށާފައި)
- އެއްޖޯޑާއި ބައިގެ ލުނބޯގެ ހުތް (ފެލާފަ)
- ބައި ޖޯޑު މިންޓް ފަތް
- ހަކުރު
- އައިސްކިއުބް

ތައްޔާރުކުރާނެގޮތް
ކަރާ، ލުނބޯ ހުތް، ހަކުރު އަދި އައިސްކިއުބް އެޅުމަށްފަހު މިކްސަރުން ރަނގަޅަށް ފަނި ގިރާލާށެވެ. ބުއިމަށް ތައްޓަށް އެޅުމަށްފަހު މިންޓް ފަތް އެއިގެ ތެރެއަށް ލުމަށްފަހުގައި ރަނގަޅަށް ސަމްސަލުން ގިރާލާށެވެ. ފިނިވި ވަރަކަށް ބުއިމުގެ މީރުކަން އިތުރުވެ ކަރުހިއްކުން ފިލާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ސުފުރާ