ޑާކާ - މިމަހުގެ 5 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޮޑު މުޒާހަރާއެއް ކުރުމަށް އެ ޤައުމުގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ތައްޔާރު ވަމުން ދިޔުމާއެކު ރައަޓް ފުލުހުންނާއި ސިފައިން ގުޅިގެން ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފިއެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ (ބީއެންޕީ) ގެ ލީޑަރު ޚާލިދާ ޒިއާ ގެ އޮފީސް ދޮރުމަތީ ފުލުހުން ދަނީ ހަރަކާތް ތެރިވަމުންނެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން ޚާލިދާ ޒިއާ އިނީ އޮފީހުން ނުނިކުމެވޭ ގޮތަށް ވަށައިގެން ބަންދުކުރެވިފައެވެ.
ނަމަވެސް (ބީއެންޕީ) ގެ ފަރާތުން ހާމަކޮށްފައިވާގޮތުން އެ ކަމުގެ ސަބަބުން މުޒާހަރާއަށް އެއްވެސް ދަތިކަމެއް ނެތް ކަމަށާއި އަދި އެކަމުގެ ސަބަބުން މުޒާހަރާ އިތުރަށް ހޫނުވުން ނޫން ކަމެއް ނުވާނެއެވެ. އަދި ޖެނުއަރީ 5 ވަނަދުވަހުގެ ހަވީރު 5 ޖަހާއިރު މުޒާހާތައް އެކި ސަރަހައްދުތަކުގައި ފެށިގެންދާނެއެވެ.
މި މުޒާހަރާތައް ރޭވުމުގެ މައްސަލައިގައި (ބީއެންޕީ) ގެ 10 އެކްޓިވިސްޓަކު މިހާރުވެސް ހައްޔަރުކޮށްފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

















ޚިޔާލު