ސުފުރާ

ކާށި ޕުޑިންގ ކޭކު

ބޭނުންވާ ތަކެތި:

2 ކާށި ހުނި

400 ގްރާމު ބަޓަރު (އަންސޯލްޓެޑް)

350 ގްރާމު ހަކުރު

10 ކުކުޅުބިސް

35 ގްރާމު ގޮދަން ފުށް

2 ސައިސަމުސާ ބޭކިން ޕައުޑަރ

1 ސައިސަމުސާ ބޭކިން ސޮޑާ

ވަރަށް ކުޑަ ވެނީލާ އެސެސްސު ފޮދެއް

ހައްދަވާނެ ގޮތް:

ކޭކު ގިރުމަށް ފުރަތަމަވެސް ބަޓަރާއި ހަކުރު ރަނގަޅަށް ކްރީމް ވަންދެން އެއްކޮށްލާށެވެ. ދެން އެއަށްފަހު ފަހަރަކު ބިހެއްގެ މަގުން އަޅަމުން ގޮސް ބިސް އެއްކޮށްލާށެވެ. ދެން އެއަށްފަހު ގޮދަން ފުށާއި ބޭކިން ޕައުޑަރ ފުރާނާލާށެވެ. އެއަށްފަހު މަޑުމަޑުން ފުށްކޮޅު އެއްކޮށްލާށެވެ. ދެން ވެނީލާ އެސެންސު ފޮދާއި ކާށި ހުނި ކޮޅު އެއްކޮށްލާށެވެ. ކޭކު ފިހަން ތައްޔާރުކޮށްފައި ހުރި ޓްރޭއަށް އެޅުމަށްފަހު 160 ޑިގްރީގައި ރަނގަޅަށް ފިހާށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ސުފުރާ