ކޮލަމިސްޓް

އަމިއްލަ މިޒާޖާއި އުޅުން ތަރައްޤީ ކުރާނީ ކިހިނެއް؟

އަޅުގަނޑުގެ ބައެއް ރަޙުމަތްތެރިން ވަރަށް ގިނައިން ވާހަކަ ދައްކާއުޅޭ މައުޟޫޢުއަކަށް މީހުންގެ މިޒާޖުވެގެން ދިޔައެވެ. ހަމައެއާއެކު މިކަން ތަރަށްޤީ ކުރާނީ ކިހިނެއްތޯވެސް ސުވާލުއުފައްދަމުން ދިޔައެވެ. ކޮފީގައި ތިބެގެން ދައްކަމުންދިޔަ ވާހަކައިގެ ޖަވާބު ހޯދުމަށް އަޅުގަނޑު ވަރަށް ޝައުޤުވެރިވިއެވެ. އެކަމަށްޓަކައި އަޅުގަނޑުގެ އަތުގައި ހުރި، ހުރިހާ ފޮތެއް ތަރުތީބު އޮޅެހާވެސް ގިނައިން ހާކައި ނަގައި ބަހައްޓަމުންގޮސް އެފަދަފޮތެއް ނުފެނުމުން ދެން އަޅުގަނޑު ވަނީ އަޅުގަނޑުގެ ސޮފްޓްކޮޕީ ލައިބްރަރީއަށެވެ. ހަމަވަނުމާއެކު އެންމެ ފުރަތަމަވެސް ދުވާލުގެ އިރުފަދައިން އަޅުގަނޑުގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ " އަމިއްލަ މިޒާޖާއި އުޅުން ތަރައްޤީކުރާނީ ކިހިނެއް؟ " މިމައުޟޫޢަށް ލިޔެފައިވާ ފޮތެކެވެ. މިފޮތަކީ ބޭރު ބަހަކުން ލިޔެފައިވާ ފޮތަކަށްވާތީ އަޅުގަނޑު އަވަސްވެގަތީ ދިވެހިބަހަށް ތަރުޖަމާކޮށް އަޅުގަނޑުގެ ރަޙުމަތްތެރިންގެ ސުވާލުތަކުގެ ޖަވާބު ހޯދައިދިނުމަށެވެ.

އާދެ މިފޮތަކީ އެމަޤުޞަދަށްޓަކައި އަޅުގަނޑު އެފަދަ ރަހުމަތްތެރިންނާއި އަދި މިމައުޟޫއަށް ލޯބިކުރާ އެންމެހައި ބޭފުޅުންނަށްޓަކައި ލިޔެފައިފޮތެކެވެ.

ނަފްސާނީ ޢިލްމު ( Psychology ) ގައި މިޒާޖާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަކީ ވަރަށް ޝައުޤުރިކަން ހުންނަ މައުޟޫޢު އެކެވެ. ޖުމްލަ ގޮތެއްގައި ބުނަނީނަމަ "ޝަޚުޞިއްޔަތު" ( މިޒާޖު ) މިބަހުގެ މާނަކުރުންދަތިކަމަކަށް ވެއެވެ. އާދައިގެ ގޮތަކަށް ބުނަނީ ނަމަ މީހެއްގެ ޝަޚުޞިއްޔަތަކީ ފާޅުގައްޔާއި އަދި ވަންހާކޮށާއި، އަމިއްލަގޮތުން ލިބިގަންނަ، އަދި ޤުދުރަތީގޮތުން ލިބިފައިވާ ޚާއްޞަ (Personality Attributes ) ކަންތައްތަކަށް އެއްކޮށްކިޔާނަމެވެ. މީހަކު އަހަރެމެން ކައިރީގައި ކަލޭގެ ރަހުމަތްރެޔާއަކީ ކޮންކަހަލަ މިޒާޖެއްގެ ވެރިއެއްހޭ އަހައިފިއްޔާ ސުވާލުގެ ޖަވާބުގައި ވަރަށް ފަސޭހައިން އޭނަގައިހުންނަ ބައެއް ސިފަތައް ކިޔާލަދޭނެއެވެ. މިސާލަކަށް އޭނަޔަކީ ވަރަށް ހީވާގި، ވަގުތަށް ކަމޭހިތާ، ވިސްނުންތޫނު އިޚުލާޞްތެރިއެކޭ ބުނެލާނެއެވެ.

މީގެތެރެއިން ގިނަ ސިފަތަކަކީ އެއްގޮތެއްގައި ދެމިހުންނަ ސިފަތަކެކެވެ. ނަމަވެސް ދިގު މުއަދަތެއްގެ ތެރޭގައި ބައެއް ބަދަލުތައްވެސް އަންނަމުންދެއެވެ. އެކަކު، އަނެކަކާއި ތަފާތުކަން ފެންނަނީ މިފަދަ ކަންކަމުންނެވެ. ކޮންމެ ކަމެއްގައިހެން އަނެކާގެ ވިސްނުމާއި ފިކުރާ ދެވަނަ މީހާއާ ތަފާތުކަން ފެންނަމުންދެއެވެ. މީހެއްގެ މިޒާޖާމެދު ރަނގަޅު ދިރާސާއެއް ހަދައިފިނަމަ އެމީހާއަށްދިމާވާ ޚާއްޞަ ކަންކަމުގައި ޢަމަލުކުރާނީ ކިހިނެއްކަން ބުނެދެވިދާނެއެވެ. އަދި މީގެތެއިން ބައެއް ސިފަތަކަކީ ކުއްލި ގޮތަކަށް ދިމާވާ ކަންކަމުން ފެންނަ ސިފަތަކެކެވެ.

ނަފުސާނީ އިލްމުގައި މިމައުޟޫއަށް ވާހަކަދައްކާއިރު "އަމިއްލަ މިޒާޖާއި އުޅުން ތަރަޢްޤީގުރުން " އިސްލާމްދީނުގައި ވަނީ މިމަޢުޟޫއަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައެވެ. ކީރިތި ވަންތަ ﷲ ނަބީބެކަލުން މެދުވެރިކުރައްވައި މީސްތަކުންނާ ހަމަޔަށް ގެނެސްދެއްވި ދީންތަކުގެ ބުނިޔާދަކީވެސް ޝަޚުޞިއްޔަތު (މިޒާޖު) ބިނާކުރުމާއި ޢަމަލުތައް ސީދާކުރުމެވެ. " ނަފުސު ޠާހިރުކުރުން" ކިޔަނީ އެޔަށެވެ. އެކަންބަޔާންކުރައްވާ މާތްﷲ ވަޙީކުރެއްވިއެވެ. هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ (2) سورة الجمعة މާނައީ : އުއްމީންގެތެރެއަށް، އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވީ އެކަނލާނގެއެވެ. އެކަލާނގެ އާޔަތްތައް އެއުރެނގެ މައްޗަށް އެކަލޭގެފާނު ކިޔައިދެއްވައެވެ. އަދި އެއުރެން ޠާހިރުކުރައްވަތެވެ. އަދި ފޮތާއި، ޙިކުމަތް އެއުރެންނަށް އުނގަންނައިދެއްވަތެވެ. އޭގެކުރިން އެއުރެން ތިބީ ފާޅުވެ ބަޔާންވެގެންވާ އުރެދުމެއްގައިކަން ކަށަވަރެވެ.

ޖުމްލަ ގޮތެއްގައި އިންސާނާގެ ޚާއްޞަ ސިފަތައް ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއްބަޔަކީ ސީދާ މާތްﷲގެ ޙަޟުރަތުން ލިބިގެންވާ ސިފަތަކެކެވެ. މިއީ އިންސާނާގެ އެއްވެސް މަސައްކަތަކައި ނުލައި ޤުދުރަތީ ގޮތުން ލިބިފައިވާ ސިފަފަކެވެ. ދެވަނަ ބަޔަކީ އިންސާނާގެ މަސައްކަތުން ބަދަލުގެނެވޭ ސިފަތަކެވެ. ނުވަތަ ޤުދުރަތީ ގޮތުން ލިބިފައިވާ ސިފަތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއްގެނައުމާ ނުވަތަ މާޙައުލުން ލިއްބައިދޭ ސިފަތަކެވެ. އެސިފަތަކަށް މިކިޔަނީ އަމިއްލަގޮތުން ހޯދިސިފަތަކެވެ.

ޤުދުރަތީ ގޮތުން ލިބިފައިވާ ސިފަތަކުގެތެރޭގައި، އަހަރެމެންގެ ކުލަ، ނަސްލު، ސިފަޔާއި ބުރަސޫރަ، ހަށިގަނޑުގެ ބައްޓަން ތޫނުފިލިކަން، މިނޫނަސް ބައެއް އެހެން ސިފަތައްވެސް ވެއެވެ. އިންސާނާގެ މަސައްކަތުން ހޯދާ ސިފަތަކުގެތެރޭގައި އިންސާނާގެ ޢީލްމުވެރިކަން، އޭނާގެ އުޅުން، އޭނާގެ ފިކުރު ބައްޓަންކުރާގޮތް ހިމެނެއެވެ.

އިންސާނާގެ މިދެންނެވި ދެބާވަތުގެ ސިފަތައް ތަރައްޤީކޮށް ކުރިއެރުވުމަށް މިކިޔަނީ އަމިއްލަ މިޒާޖާއި އުޅުން ތަރަޢްޤީގުރުމެވެ. ޤުދުރަތުން އިންސާނާއަށް ދެއްވާފައިވާ ސިފަތައް ތަރައްޤީކޮށް އެކަށީގެންވާ ރަނގަޅު ދަރަޖައަކަށް ގެންދަން މަސައްކަތްކުރަންވާނެއެވެ. މިއާއެކު އިންސާނާގެ އަމިއްލެއަށް ހޯދާ ސިފަތައް ކުރިއެރުމުށް ދެމެހެއްޓެނެވިގޮތެއްގައި މަސައްކަތް ކުރަންވާނެއެވެ. ޝަޚުޞިއްޔާތާމެދު ވާހަކަދައްކައިރު އަހަރެމެންގެ ތެރޭގައި އެންމެ މަތިވެރި އަދި ރޯލް މޮޑެލް ޝަޚުޞިއްޔަތަކީ އަހަރެމެންގެ މާތް ނަބިއްޔާ އެވެ. އެހާމެ ރިވެތި އަދި ފުރިހަމަވެގެންވާ ސިފަތަކެއް ކައުއިތުރު ރަސޫލާގެ ޝަޚުޞިއްޔަތުން ނޫން އެހެން ޝަޚުޞިއްޔަތުކުން އަޅުގަނޑުމެންނަކަށް ނުފެނެއެވެ. އިތުރު އެކަލޭގެފާނުގެ ޝަޚުޞިއްޔަތުގެ ފުރިހަކަމަކަން އެންމެ ބޮޑަށްދޭހަވާ އެއްކަމަކީ އެކަލޭގެފާނުގެ ދެކޮޅުވެރިންވެސް އެކަމަށް ތަޢުރީފު ކުރައްވާފައިވާތީއެވެ. މި ތަރައްޤީ ޒަމާނުގެ ޣައިރު މުސްލިމުންވެސް ވަނީ ހަމައެހާމެ ފުރިހަމަ ބަސްތަކަކުން އެކަލޭގެފާނަށް ތަޢުފީރު ކޮށްފައެވެ.

ޤުރުއާނާއި ޙަދީޘް ފުޅުތަކުން ކުރީގެ ނަބީބޭކަލުންގެ ޝަޚުޞިއްޔަތާބެހެގޮތުން ވަރަށް ގިނަވާހަކަތައް އެނގެން އެބަހުއްޓެވެ. ނަމަވެސް އޭގެތެރެއިން ޞައްޙަ ޙަދީޘް ލިބެންހުރީ ވަރަށް މަދުންނެވެ. ނަމަވެސް އަހަރެމެންގެ ރަސޫލާ ގެ ޝަޚުޞިއްޔަތާބެހޭގުން ހުރިހާ މަޢުލޫމަތަކާއި ސިފަތަކެއް ވަނީ ރެކޯޑްކުރެވެފައެވެ. އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގައިވެސް އެ ރިވެތިކަން ފެންނަށް އެބަހުއްޓެވެ. އަޅުގަނޑުގެ މިލިޔުމުގައި އިތުރު އެކަލޭގެފާނުގެ މިސާލުތައް ޖަހާފައިއެވަނީ އެފަދަ ދެވަނައެއް މިދުނެޔޭގައި ނުވާނެތީއެވެ.

އިންސާނާގެ ޝަޚުޞިއްޔަތުގެ ( މިޒާޖު ) ދެބައެއް ވެއެވެ. އެއީ ފޮރުވިފައިވާ ބަޔާއި ފާޅުގައި ފެންނަށް ހުންނަބައެވެ. އިންސާނާގެ ބޭރުފުށުން ފެންނަ ކަންކަމަކީ ފާޅުކޮށް ފެންނަން ހުންނަކަންކަމެވެ. އެގެތެރޭގައި އަދި އޭނާގެ ޢަމަލުކުރަގޮތެވެ. ވަންހަނާ ސިފަތަކުގެ ތެރޭގައި އިންސާނާގެ ބުއްދި، ޢިލްމުވެރިކަން، ޖަޒްބާތު، އިޙްސާސްތައް، ޝައުޤުވެރިކަން ހިމެނެއެވެ. ޢާންމުގޮތެއްގައި އިންސާނާގެ ކިބައިން ފާޅުކޮށް އެފެންނަނީ އޭނާގެ އެތެރޭގައިވާ އެއްޗެވެ. ނަމަވެސް ބައެއްމީހުންގެ އެތެރޭގައިވަ ކަންތައްތައް ފޮރުވަންކުރާ މަސައްކަތް ބައެއްކަންކަން ވަންހަނާކުރުމުގައި ކާމިޔަބުވެއެވެ. ނަމަވެސް އެއީ ވަގުތީ ގޮތުންނެވެ.

މަތީގައި ބަޔާންކުރިފަދައިން ބައެއްކަންކަމަކީ ދާއިމަށް ހުންނަ ކަންތައްތައް ކަމުގައިވިޔަސް އަނެއްބައި ކަންތައްތަކަކީ ވަގުތީ ގޮތުން ނުވަތަ ކުރު މުއްދަތަކަށް ހުންނަ ކަންތައްތަކެކެވެ. އިންސާނާގެ ދާއިމަށް ހުންނަ ކަންތައްތަކަކީ ދިގުމުދައްތަކުން ޙާޞިލްކުރެވޭ ކަންތައްތަކެކެވެ. އެއަށް ބަދަލު އަންނާނީ ވަރަށް މަޑުމަޑުންނެވެ. މިސިފަތައް އިންސާނާގެ މުޅި ޢުމުރުގައި އޭނަޔާއެކު ދެމިހުންނާނެއެވެ. މިސާލަކަށް އިންސާނާގެ ޢިލްމުވެރިކަމާއި ބުއްދި، މިކަންކަމަށް އެދެވިގެންވާ ބޮޑުކުރިއެރުމެއް އަންނާނީ ވަރަށް ދިގުމުއްދަތަކުންނެވެ. މިއަށް ބަދަލުއަންނަތައް އެތަކެއް އަހަރުންވެސް ފެނިފައެއްނެތެވެ. އޭގެ އިދިކޮށް އިންސާނަގެ އުފާ، ނުވަތަ ހިތާމަ މީ ވަގުތީ ގިތުން ހުންނަކަންތައްތަކެވެ. މީ އިރުއިރުކޮޅުން ބަދަލު އަންނަކަންކަމެވެ. މިސާލަކަށް ފަހެއް ޖެހިއިރު މީހާކު އުފަލުން ހުރެފައި ނަމަވެސް ފަސްގަޑިބައި ގައި ދިމާވާ ކަމަކުން ދެރަވެފައި ހުރެދާނެއެވެ. އިންސާނާގެ ދާއިމީސިފަތައް އޭނާގެ ވަގުތީ ގޮތުން ހުންނަ ސިފަތަކުގެ މައްޗަށް އަސަރުކުރާތަން އާދެއެވެ. މިސާލަކަށް އިންސާނާ އޭނާގެ ވަގުތީގޮތުން ހުންނަ ސިފައެއްވެސް ޚާއްޞަގޮތެއްގައި ފާހަގަކުރެވޭނަމަ އެކަން އޭނާގެ ޝަޚުޞިއްޔަތެއްކަމުގައި މާނަކުރެވެއެވެ. މިސާލަކަށް ކިރިޔާ ކަމެއްދިމާވާއިރަށް ރުޅިގަދަވެގެން އުޅޭނަމަ މީހުން އޭނާގެ ޝަޚުޞިއްޔަތު ސިފަކުރަނީ ރުޅިގަދަމީހެއްގެ ގޮތުގައެވެ.

( ނުނިމޭ )

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *