އޭޝިއާ

މުސްލިމް ލީގުން ޕާކިސްތާނުގެ އާންމު އިންތިހާބު ކާމިޔާބު ކޮށްފި

މުސްލިމް ލީގުން ޕާކިސްތާނުގެ އާންމު އިންތިހާބު ކާމިޔާބު ކޮށްފިއެވެ.

މީޑީއާގެ ޚަބަރުތައް ބުނާ ގޮތުގައި ކިސްތާނުގެ އާންމު އިންތިހާބު ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ކޮށްފައިވަނީ މުސްލިމް ލީގުންނެވެ. އެއީ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފު ނިސްބަތްވާ ޕާޓީއެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބު ވާދަވެރިކޮށް ނިމިގެން ގޮސްފައިވަނީ އިންތިހާބު ބައެއް ފަރާތްތަކުން ބޮއިކޮޓް ކޮށްފައިވަނިކޮންނެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަވާޒް ޝަރީފްގެ މުސްލިމް ލީގް ޕާޓީއަށް ވަނީ 114 ގޮނޑި ކަށަވަރު ވެފައިވާއިރު ކުރީގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ އިމްރާން ހާންގެ ތެހްރީކް އިންސާފް ޕާޓީއަށް ލިބިފައި ވަނީ 37 ގޮނޑިއެވެ. އަދި ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ޕީޕަލްސް ޕާޓީ އިން ވެސް ވަނީ ޕާލަމެންޓުގެ 37 ގޮނޑި ކަށަވަރު ކޮއްފައިވާކަން ވަގުތީ ނަތީޖާއިން ދައްކައެވެ. އިތުރު ގޮނޑިތަކުގެ ނަތީޖާއަށް ބަލާއިރު ޖޭޔޫއައި އިން 11 ގޮނޑި އެމްކިއުއެމް އިން 5 ގޮނޑި ޖަމާއަތު އިސްލާމް އިން ތިން ގޮނޑި ކާމިޔާބު ކޮއްފައިވާއިރު މިނިވަން މެންބަރުން 23 ގޮނޑި ކާމިޔާބު ކޮއްފައިވެއެވެ.

ނަވާޒް ޝަރީފް ގެ ޕާޓީ މުސްލިމް ލީގްއަށް ލިބުނު ކާމިޔާބީއާއި ގުޅިގެން ޕާކިސްތާނުގެ ކަންކޮޅުތަކުގައި ދަނީ އުފާ ފާޅުކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އޭޝިއާ