ޔޫރަޕު އަފްޢާނިސްތާން ހަނގުރާމައިގައި މަރުވި އިނގިރޭސި ސިފައިންގެ އަދަދު 256 އަށް އަރައިފި!

އަފްޢާނިސްތާން ހަނގުރާމައިގައި މަރުވި އިނގިރޭސި ސިފައިންގެ އަދަދު 256 އަށް އަރައިފި!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހްސަން

އަފްޢާނިސްތާން ހަނގުރާމައިގައި މަރުވި އިނގިރޭސި ސިފައިންގެ އަދަދު 256 އަށް އަރައިފިއެވެ.

2001 ވަނަ އަހަރު އެމެރިކާއިން އިސްނަގައިގެން ފެށި ހަނގުރާމައިގައި މަރުވަމުންދާ އިނގިރޭސި ސިފައިން ގިނަވަމުންދާތީ އިނގިރޭސިންގެ މެދުގައި ހަނގުރާމައާއި މެދުވަނީ ދެކޮޅުވެރިކަން އުފެދިފައެވެ. އަފްޢާނިސްތާން ހަނގުރާމައަށް އިނގިރޭސިން ބައިވެރިވުމަކީ އިނގިރޭސިން ގަބޫލުކުރާ ގޮތުގައި 'އެޅުނު ވަރަށް ބޮޑު ޅަ އެއްޗެއް' ކަމަށެވެ. އަދި މިހަނގުރާމައަށް އިނގިރޭސިން ވަނުމުގެ 'މައްސަލަ' މިހާރުދަނީ ތަހުގީގު ކުރަމުންނެވެ.

އަފްޢާނިސްތާނުން ތާލިބާނުންގެ ވެރިކަން 'ނައްތާލާ' ޑިމޮކްރެޓިކް ސަރުކާރެއް ޤާއިމުކުރުމަށްކަމަށް ބުނެ ފެށި މިހަނގުރާމައިގައި ޤައުމަށް އަރައިގަނެގެން އުޅޭ އިސްތިއުމާރީ ސިފައިންނަށް ދަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވަމުންނެވެ. މިދިޔަ އަހަރު ބިދޭސީ ސިފައިން މަރުވި އަދަދު ވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައެވެ.

އަފްޢާނިސްތާނުގައި އިސްތިއުމާރީ ސިފައިންގެ ވަކިތައް ހިއްޕުމަށް މަސައްކަތްކުރަމުންދާއިރު އެމެރިކާގެ ރައްޔިތުންވެސް ދަނީ އަފްޢާން ހަނގުރާމައާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. ދެވަނަ ވިއެޓްނާމް ހަނގުރާމައަކަށް އަފްޢާން ހަނގުރާމަ ބަދަލުވެދާނެކަމުގެ ބިރު އޮތްކަމަށް އެމެރިކާނުންދަނީ ބުނަމުންނެވެ. ކަންމިހެން އޮތްކަމުގައިވިޔަސް އެމެރިކާއާއި އިނގިރޭސި ސިފައިންގެ އިތުރުން ބިދޭސީ ގައުމުތަކުގެ ސިފައިންދަނީ އަފްޢާނިސްތާނުގައި އިތުރުކުރަމުންނެވެ. އަދި މަރުވާ ސިފައިންގެ ރޭޓުވެސްދަނީ އިންތިހާ މައްޗަށެވެ.

ޓެގް

ލާއިންސާނީ މަރު ސަރުކާރު އޭޝިއާ ހަމަލާ ޕާކިސްތާން އެހީ އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.