ޗައިނާގެ ޒިންޖިއަންގް ޕްރޮވިންސްގެ ސަރުކާރުގެ ކަމާބެހޭފަރާތްތަކުން އެސަރަޙައްދުގައި ދިރިއުޅެމުންގެންދާ މުސްލިމުން ރަމަޟާންމަހުގެ ފަރުޟު ރޯދާ ހިފުން މަނާކޮށްފިއެވެ.
ސަރުކާރުގެ ގިނަ ވެބްސައިޓުތަކުގައި އާންމުކޮށްފައިވާ އެންގުމެއްގައިވަނީ ކޮމިއުނިސްޓް ޕާޓީގެ ލީޑަރުންނަށް އެސަރަޙައްދުގެ މުސްލިމުން މިސްކިތަށް ދިއުމާއި އަދި ރޯދަހިފުން މަނާކުރުމަށް ގޮވާލާފައެވެ.
ޒިންގްޖިއަންގް ސަރަޙައްދުގައި އުއިގުރު ދަރިކޮޅުގެ 9 މިލިއަން މުސްލިމުން ދިރިއުޅެމުންދާކަމުގައި ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން މަޢުލޫމާތުދެއެވެ. މިސަރަޙައްދުގައި ދިރިއުޅެމުންގެންދާ މުސްލިމުންނަށް ޗައިނާ ސަރުކާރުން އެތަކެއް ފިއްތުންތަކާއި އަނިޔާތަކެއް ކުރިމަތިކުރުވި ނަމަވެސް ޗައިނާގެ ސަރުކާރުން ދަނީ މިކަމަށް އިންކާރުކުރަމުންނެވެ.
"ރަމަޟާންމަހުގައި އިޖްތިމާޢީ ހަމަޖެހުން ރައްކާތެރިކުރުމަށްޓަކައި އަވަށު ކޮމިޓީންވަނީ ސިޔާސަތުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ކޮމިއުނިސްޓް ޕާޓީގެ އެއްވެސް މެމްބަރަކަށް، މަދަނީ އޮފިޝަލަކަށް، އެއީ މަޤާމުން ރިޓަޔަރކޮށްފައިވާ މެމްބަރެއް ކަމުގައިވިއަސް އަދި ކިޔަވާ ކުދިން ރަމަޟާންމަހުގެ އެއްވެސް ދީނީ ހަރަކާތެއްގައި ބައިވެރިވުމީ އެއީ މަނާކަމެކެވެ،" ޒިންގްޖިއަންގްގެ ކަޝްގަރް އަވަށުގެ ޒޮންގްލޭންގ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.
ޒިންގްޖިއަންގްގެ ސަރުކާރުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ބަޔާނުގައިވަނީ ކޮމިއުނިސްޓް ޕާޓީގެ ލީޑަރުން އަވަށުގެ ބޮޑުންނަށް ކަބޯތަކެތި ހަދިޔާކޮށް އެންމެންވެސް ރަމަޟާން މަހުގެ ދުވާލުގެ ވަގުތުގައި ތިބެނީ ކައިގެންކަން ޔަޤީންކުރުމަށް ގޮވާލާފައެވެ. އަދި މިގޮތުން ވެންސޫގެ ތަޢުލީމާއި ބެހޭ މަރުކަޒުންވަނީ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުން މިސްކިތަށް ދިއުން މަނާކުރުމަށްވެސް ގޮވާލާފައެވެ.


















advertisment
ސުބުހާނަށް ﷲ! ކޮބާއި ބާ އެބައިމީހުންގެ އިންސާނީ ހައްގުތަށް!
ސުބުޙާނަ ﷲ! މީ ކޮންފަދަ ކަމެއް؟ ރޯދަ ހިފައިގެން އެމީހުންނަށްވާ އުނދަގުލަކީ ކޮބާ؟
ތިއީ އަޅެ މޮޔަވެފައި ތިބި ބައެއްތަ؟ ކިތަންމެ މަސައްކަތެއް ކުރިޔަސް އަހަރެމެންގެ އަޚުންނާއި އުޚްތުންގެ ކިބައިން އިސްލާމް ދީނުގެ ހިދާޔަތު ނިގުޅައެއް ނުގަނެވޭނެ އިންޝާﷲ!
ކިހާ ދެރަ ދޯ!
މުސްލިމުންނަށް ނަސްރު ދެއްވާށިއެވެ.
އާމީން .
އަނިޔާވެރި ޚާއިނުންނަށް ހެޔޮވިސްނުން ދެއްވައި އެބައި މީހުންގެ ތެރެއިން ހެޔޮލަފާ ޞާލިހުންތަކެއް ﷲތަޢާލާ ނެރުއްވާށި! އަދި އެމީޙުންގެ ތެރެއިން އިސްލާހަށް މަސައްކަތްނުކުރާ އަނިޔާވެރިންނަށް ގަދަފަދަ ޢަޛާބު ދައްކަވާށި! މުސްލިމުންނަށް ނަސްރު ދެއްވައި އެބައި މީހުންނަށް ރަނގަޅު ދިރިއުޅުމެއް ދައްކަވާށި! އާމީން!
ކޮބާ އ.ދ… އަދިވެސް ގެންދެވެނީ ރާއްޖެ ދޯ އިންސާނީ ހައްގު ގެއްލުވާތީ…އިޒްރޭލު،ސޫރިޔާ،މިޔަންމާ،ޗައިނާ….. މި މާ ކަންތައް ބޮޑުކޮށް މި ދަނީ….
ދެން ހަމަ އެއްވެސް ގޮތެއް ނެތް ހަނގުރާމަ ކުރުން ފިޔަވާ!!
ބަންވީ މޫން ކޮބާ…..މަށައް ފެންނަނީ ރާއްޖޭގަ ތިބި ޗައިނާ މީހުނާ މިޔަންމާ މީހުނައް ރޯދަ ހިފަން މަޖުބޫރު ކުރުވުން……
ތީ ހަމަ ރަސޫލު ޒަމާނުގައި އަބޫ ޖަހުލުމެންވެސް އުޅުނު ގޮތް… މިދީން ބިންމަތިން ފޮހެލަން.. އެކަމަކު އެކަން އެމީހުންނަކަށް ނުކުރެވޭނެ.. މިހާރުވެސް ދުނިޔޭގައި އެންމެ ބާރައް ފެތުރޭ ދީނަކީ އިސްލާމް ދީން… އެއީވެސް މިދީނަކީ ހައްޤުދީންކަން ސާބިތުވާ ހެއްކެއް..