2002 ވަނަ އަހަރު އިންޑިއާގެ ގުޖުރާތުގައި އޮތް ހަމަނުޖެހުމެއްގައި މުސްލިމު އާއިލާއެއް މަރާލުމުގައި ބައިވެރިވެފައިވާ ހިންދޫންގެ 22 މީހެއްގެ މައްޗަށް އިންޑިއާގެ ކޯޓަކުން މިދިޔަ ހޯމަ ދުވަހު ޙުކުމް ކޮށްފިއެވެ.
ގުޖުރާތުގެ ވިސްނަގަރު އަވަށުގައި ދިރިއުޅެމުންގެންދިޔަ މުސްލިމު އާއިލާއެއް އެމީހުންގެ އަމިއްލަގޭގައި ބަންދުކޮށް ބޭރުން ތަޅުއަޅުވައި އެގޭގައި ރޯކޮށްލައި އެމުސްލިމުން ދިރިތިއްބައި މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހިންދޫންގެ އިތުރު 61 މީހަކުވަނީ ހޯމަދުވަހު އޮތް މިޝަރީޢަތުގެ މަޖިލީހުގައި ކޯޓުން ދޫކޮށްލާފައެވެ. ކޯޓު ޙުކުމުގައި ބުނެފައިވާގޮތުގައި މި61 މީހުން ދޫކޮށްލުމަށް ކޯޓުން ނިންމާފައިވަނީ މިޖަރީމާގައި އެމީހުން ބައިވެރިވިކަމުގެ ހެކި ފުލުހުންނަށް ދެއްކިފައިނެތުމުންނެވެ.
ފަނޑިޔާރު އެސް.ސީ ސްރީވަސްތާވާ ހާމަކުރިގޮތުގައި މިމައްސަލައާއި ގުޅިގެން 21 މީހެއްގެ މައްޗަށް ޙުކުމްކޮށްފައިވާއިރު މިމައްސަލައިގެ ތަޙްޤީޤުގައި ބައިވެރިވެފައިވާ ކުރީގެ ފުލުސް އޮފިސަރެއްގެ މައްޗަށްވަނީ، އޭނާގެ ވާޖިބު އަދާކުރުމުގައި ޚިޔާނާތްތެރިވެފައިވާކަމަށް ބުނެ ޙުކުމްކޮށްފައެވެ.
ވިސްނަގަރުގައި ހިންދޫން ހިންގާފައިވާ މިޤަތުލުއާންމުގައި ކުޑަދެކުއްޖަކުވެސްވަނީ މަރާލާފައެވެ. ހިންދޫން މިޤަތުލުއާންމު ހިންގާފައިވަނީ އެމީހުންގެ ބަޔަކުދިޔަ ރޭލެއްގައި ބަޔަކު ރޯކޮށްލުމުން އެއީ މުސްލިމުން ކުރިކަމެއްކަމަށް ތުހުމަތުކޮށްގެންނެވެ.
މިމައްސަލަގަނޑުގެ ތެރޭގައި ގާތްގަނޑަކަށް 1000 މުސްލިމުން މަރާލެވިފައިވާކަމަށް އިންޑިއާގެ ޚަބަރުތަކުން މަޢުލޫމާތުލިބެއެވެ.

















advertisment
ނެތް ދޯ ކުރީ ކޮން ހުކުމެއް ކަން އެނގޭކަށް. އަދަބަކީ ކޮބައިކަން އެނގުން މުހިއްމު.