އެހީ!ދިއިސްލާމް

ތުއްތު ޝާޔަންއަށް އެހީތެރެކަމުގެ އަތެއް ފޯރުކޮށްދެއްވާ

ނަން: ޝާޔަން އަލީ ޝާހީން

އުމުރު: 4 މަސް
އިތުރު މައުލޫމާތު ބޭނުން ނަމަ ޝާޔަންގެ ބައްޕަ އަލީ ޝާހީން 7868978 ނުވަތަ ކާފަ 7741422

ފައިސާގެ އެހީ ދެއްވަން ބޭނުންވާ ފަރާތަކުން އަލީ ޝާހީންގެ ނަމުގައިވާ ބޭންކު އޮފް މޯލްޑިވުސްގެ އެކައުންޓް ( 7703233438001) ޖަމާއުކޮށް ދެއްވުން އެދެވެ. ﷲގެ މަގުގައި ހޭދަ ކޮށްލޭ އެއްޗެއްކަމުގައި ދެކި މި ތުއްތު ޝާޔަންއަށް އެހީ ވެދެއްވާށެވެ. މާތްﷲ ތިޔަބޭފުޅުންގެ މުދަލުގައި ބަރަކާތް ލައްވާނެއެވެ.

ހ.ދ ނެއްލާއިދޫ މީނާޒު އަލީ ޝާހީންއާއި ފާތުމަތު ސަދާގެ ފުރަތަމަ ދަރިފުޅު 4 މަހުގެ ޝާޔަން އަލީ ޝާހީން އަކީ ދުނިޔަށް އުފަން ވިރުވެސް ނުކުޅެދޭ ކުއްޖެކެވެ. ޝާޔަންގެ މަންމަ ސަދާ ޝަޔާންނަށް ބަލިވެއިންއިރުވެސް ތަފާތު މައްސަލަތަށް ހުރިކަމަށް ޑޮކްޓަރުން ދިޔައީ ބުނަމުންނެވެ. އެ ތުއްތު ދަރިފުޅުގެ ހިތުގެ ވިންދު ލަސްވުމާއި ހާލު ސީރިޔަސް ކަމުން ދުވަސް ފުރުމުގެ 12 ދުވަސް ކުރިން ޑޮކްޓަރުން މަޖްބޫރުވީ ސިޖޭރިން ހެދުމަށެވެ.

ޝާޔަން އުފަންވިރު ބަރުދަނުގައި ހުރީ 1.86 ކިލޯއެވެ. އަދި މިތުއްތު ދަރިފުޅަކީ ނުޅުދޭ ކުއްޖެއްކަމަން އުފަންވުމާއި އެކު މިދަރިފުޅުގެ މައިންބައިންނަށް އެގިގެން ދިޔުމުން އެމީހުން ވަނީ ކެތްނުކުރެވޭ ވަރުގެ ހިތާމަޔާއި ކުރިމަތި ލާންޖެހިފައެވެ. އައި ޖީއެމް ހޮސްޕިޓަލްގައި ޝާޔަން ބައްލަވާ ޑޮކްޓަރުން ވަނީ ސިކުޑީގެ އުނިކަމެއް ހުރިކަމަށާއި އަދި ނޭވާ ލާ ހޮޅި ފިތިފައި ވާކަމަށް ބުނެފައެވެ. އޭގެ އިތުރުން ކަނާތް ފަރާތުގެ ކިޑްނީ ވެސް މަދުކަމަށް ރިޕޯޓްތަކުން ދައްކައެވެ. ޝަޔާންގެ ބައްޕަ ޝާހީން ދިއިސްލާމަށް މައުލޫމާތު ދިން ގޮތުގައި އޭނާގެ ދަރިފުޅު ބަލާބެލުމަށް ވެސް އައިބު ތަކެއް ހުރިކަމަށާއި، ފުރިހަމަ ކުއްޖެއްގެ ހުންނަން ޖެހޭ ވަރަށް ވުރެއް ބޯ ބޮޑުވެފައި މޫނުމަތީގައި ވެސް އައިބުތަކެއްވާ ކަމަށް މައުލޫމާތު ދިނެވެ. އަދި ކާން ދިނުމުގައި ދަތި ތަކާއި ކުރިމަތިވެފައި ގާތުން ދިނުމުގައި ވެސް ހިމަ ހޮޅިއެއްގެ އެހީގައި ސިރިންޖުން ކިރު ފޮދު ދޭކަމަށް ބުންޏެވެ. ދޭން ޖެހޭ މިންވަރަށް ވުރެއް ގިނައިން ދެވިއްޖެނަމަ ހޮޑުލާ ނޭވާ ހާސްވާކަމަށް ޝާޔަންގެ ބައްޕަ ކިޔައިދިނެވެ. އަދ ިމިހެން ވަނީ ނޭވާލާ ހޮޅި ފިތިފައި ވާތިކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން ޝަޔާން ވަނީ އެހެން ކުދިންނާއި ހިލާފް ކުއްޖަކަށް ވެފައެވެ. 4 މަހުގައި ވެސް މާގިނައިން ރޮއި ނޫޅުމާއި ބައްޕަ އަދި މަންމަގެ ލޯބިން ދޭ އަޅާއި ލުމާއި ގޮވުމަށް ވެސް ޝާޔަންގެ ފަރާތުން އެއްވެސް އިޖާބަ ދިނުމެއް ނުފެނެއެވެ. މި ވޭންދެނި ހިތާމައަށް ކެތްކުރަން ޖެހިފައި ވާ މައިންބަފައިން ނަށް ޑޮކުޓަރުން ވަނީ އަވަސް މުއްދަތެއްގެ ތެރޭގައި ދަރިފުޅު ރާއްޖެއިން ބޭރަށް ގޮސް ގިނަ އޮޕަރޭޝަން ތަކެއް ނުކޮށްފި ނަމަ ފުރާނައަށް ގެއްލުން ވާނެކަމުގައި ބުނެފައި ވެއެވެ. އަދި މިދަރިފުޅުގެ ސިކުޑި ބޮޑުވުމުގައި ދަތި ތަކެއް ހުރިީ ބޮލުގެ ނާށިގަންޑު ބެދިފައި ވުމުން ކަމަށާއި ރަނގަޅު ކުރުމަށް ވެސް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭކަމަށް ބުންޏެވެ. އާއިލާއާއި ރަހްމަތްތެރިންގެ ދީލަތި އެހީ އާއި އެކު މިހާރު ވަނީ އިންޑިޔާއަށް ދިއުމަށް ޓިކެޓް ލިބިފައެވެ. ނަމަވެސް އައިސީޔޫގައި ބާއްވަން ޖެހޭތީ އާއި އަދި އޮޕްރޭޝަނަށް ފައިސާ ބޭނުން ވާތީ ދިޔުމުގައި ދަތިތަކާއި ކުރިމަތިވެފައިވެއެވެ.

މިތުއްތު ލޯބި ދަރިފުޅުގެ ބަލި މުޅިން ރަނގަޅުވާނެ ކަމުގެ އުންމީދު ނެތް ކަމުގައި ވިއަސް އޮޕަރޭޝަންގެ ސަބަބުން ވަރަށް ގިނަ އުނިކަންތައްތަކަށް ލުއި ލިބޭނެކަމުގެ އުންމީދު ވާ ކަމަށް ޑޮކުޓަރުން ވިދާޅުވިއެވެ. ބައްޔަށް ޝިފާ ދެއްވަނީ ﷲއެވެ. ނަމަވެސް އިންސާނުން އެކަމުން ސަލާމަތް ކުރަށްވާތޯ ކުރެވުން އޮތްހާ މަސައްކަތް ކުރަން ޖެހެއެވެ. މިގޮތުން މި ތުއްތު ދަރިފުޅު ވަނީ ތިޔަބޭފުޅުންގެ ދީލަތި އެހީ އަށް ބޭނުންވެފައެވެ. ލަސް ނުކުރަށްވާ ޝާޔަންއަށް އެހީ ވެދެއްވާށެވެ. އިތުރު މައުލޫމާތު ބޭނުން ނަމަ ޝާޔަންގެ ބައްޕަ އަލީ ޝާހީން 7868978 ނުވަތަ ކާފަ 7741422 މިނަންބަރުތަކާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެފަރާތުން އެދެއެވެ. އަދި ފައިސާގެ އެހީ ދެއްވަން ބޭނުންވާ ފަރާތަކުން އަލީ ޝާހީންގެ ނަމުގައިވާ ބޭންކު އޮފް މޯލްޑިވުސްގެ އެކައުންޓް ( 7703233438001) ޖަމާއުކޮށް ދެއްވުން އެދެވެ. ﷲގެ މަގުގައި ހޭދަ ކޮށްލޭ އެއްޗެއްކަމުގައި ދެކި މި ތުއްތު ޝާޔަންއަށް އެހީ ވެދެއްވާށެވެ. މާތްﷲ ތިޔަބޭފުޅުންގެ މުދަލުގައި ބަރަކާތް ލައްވާނެއެވެ.

 ޝާޔަންގެ ބައްޔާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ދިއިސްލާމްއަށް ލިބިފައިވެއެވެ*

ގުޅުންހުރި

1 ޚިޔާލު

  1. މުސީބާތާިއި ހިއްދަތިކަން ކުރިމަތިވެފައިވާ މީހުނަ އުފާވެރިކަން ދެއްވައި، އެބައިމީހުނަށް ރަހުމަތް ލައްވައި ހިދާޔަތު ދެއްވާށި ޔާ ﷲ!

Your email address will not be published. Required fields are marked *

More in އެހީ!