ސުފުރާ

ތަރުކާރީ ބިރިޔާނި

ބޭނުންވާ ތަކެތި

2 ޖޯޑު ބާސްމަތީ ހަނޑޫ

3 ފިޔާ ( ކުދިކޮށް ކޮށާފައި )

1 ކޯލީ ފްލާވާރ ( ވަކިކޮށްފައި )

1 ޖޯޑު ގްރީން ޕީސް

2 އަލުވި ( ކުދިކޮށްކޮށާފައި )

8 ބީންސް ( 2 އިންޗިވަރަށް ކޮށާފައި )

2 ކެރެޓް ( ކުދިކޮށް ކޮށާފައި )

ރަހަލާ ވަރަށް ލޮނު

2 ކާފޫރުތޮޅި

2 ކަރަންފޫ

2 މޭޒުމަތީ ސަމްސާ ގިތެޔޮ

2/1 މޭޒުމަތީ ސަމްސާ ރީނދޫ

އިނގުރު ކޮޅެއް

3 ލޮނުމެދު

6 ރޯމިރުސް

ތައްޔާރުކުރާނޭގޮތް

ލޮނުމެދު، ރޯމިރުސް އަދި އިނގުރުކޮޅު އެއްކޮށް ހިމުންކޮށް ފުޑާލާށެވެ. ގިތެޔޮފޮދުގައި ކާފޫރުތޮޅިއާއި ކަރަންފޫކޮޅު މީރުކޮށްލާށެވެ.

ދެން އޭގެތެރެއަށް ފިޔާކޮޅުވެސް އަޅާލާށެވެ. އަދި ފިޔާކޮޅު ކުޑަކޮށް ރަތްވެލަންދެން މީރުކޮށްލާށެވެ. ފުޑާފައި ހުރި ލޮނުމެދު، ރޯމިރުސް އަދި އިނގުރުކޮޅު ފިޔާކޮޅުގެ ތެރެއަށްއަޅާލުމަށްފަހު މިތަކެތި ތެޔޮފޮދާއި ވަކިވަންދެން މީރުކުރާށެވެ. އެއަށްފަހު ހަނޑޫ، ތަރުކާރީ، މުގު، ގްރީންޕީސް، ރީނދޫ އަދި ލޮނު އަޅާ ރަގަޅަށް އެއްކޮށްލާށެވެ. ދެން ތަރުކާރީ އާއި ހަނޑޫ މަޑުވާވަރަށް ފެން އެޅުމަށްފަހު ބަތްއެތި ހިދެންދެން ކައްކާށެވެ. ތައްޓަށް އެޅުމުގެ ކުރިން ބަތް އެއްޗާއި އެއްކޮށްލާށެވެ.

ގުޅުންހުރި

3 ޚިޔާލު

  1. އަޖުމަ ބެލުމަށްފަހު ފުރިހަމަ ޚިޔަާލެއް އެރުވެނީ.މަސްބަތް ކައްކާ ގޮތް ބޭނުމެވެ.

  2. މީތި ވަރަށް ސަޅި……………….
    ކުކުޅު ބިރިޔާނީ ހަދާގޮތް ބޭނުން

  3. ބޭނުންވާ އެއްޗެހީީގެ ލިސްޓަކު ނެއް މުގެއް

Your email address will not be published. Required fields are marked *

More in ސުފުރާ