ޓެރަރިސްޓް އެމެރިކާގެ ކުރީގެ ރައީސް ޖޯރޖް ޑަބްލިއު ބުޝް މިމަހު އެފްރިކާއަށް ކުރާ ޒިޔާރަތުގައި އޭނާ ހައްޔަރުކުރުމަށް އެފްރިކާގެ ޤައުމުތަކަށް އެމްނެސްޓީ އިންޓަރނޭޝަނަލްއިން ގޮވާލައިފިއެވެ.
"އަނިޔާވެރިންނަށް އެއްވެސް ސަލާމަތްތެރިކަމެއް ދީގެން ނުވާނެކަމަށް ބައިނަލްއަޤްވާމީ ޤާނޫނުގައި ބުނޭ. ޖޯރޖް ޑަބްލިއު ބުޝް ހިންގަމުން އަންނަ ބޮޑެތި ޖަރީމާތަކަށް ހުއްޓުވެއް ގެނައުމަށް މިފުރުސަތުގެ ބޭނުން ހިފައި އިތިއޯޕިއާއާއި، ތަންޒާނިއާ އަދި ޒެމްބިއާގެ މައްޗަށް އެޅިފައިވާ މިވާޖިބު އަދާކުރަންޖެހޭނެ،" އެމްނެސްޓީ އިންޓަރނޭޝަނަލްގެ އިސް ލީޤަލް އެޑްވައިޒރ، މެޓް ޕޮލަރޑް ހާމަކުރިއެވެ.
ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގައި ބުޝްކުޅެފައިވާ ރޯލަށް އޭނާ ޝަރީއަތަށް ގެނައުން އެފްރިކާ ޤައުމުތަކުގެ މައްޗަށް ވާޖިބުވެފައިވާކަމަށް އެމްނެސްޓީއިން ބުނެފައިވެއެވެ.
މިފަހަކަށް އައިސް ދުނިޔެދުށް އެންމެ ބޮޑު ޓެރަރިސްޓް ބުޝް އެފްރިކާގެ ޤައުމުތަކަށް މިކުރާ ޒިޔާރަތަކީ އެސަރަޙައްދުގައި ރަޙިމުގެ ކެންސަރާއި، އުރަމަތީގެ ކެންސަރާއި އަދި އެއިޑްފަދަ ބަލިތަކާއިމެދު ހޭލުންތެރިކުރުމަށް ކުރާ ޒިޔާރަތެއްކަމަށް މަޢުލޫމާތުލިބިފައިވެއެވެ.
އިރާޤްގެ ހަނގުރާމައިގައި ބުޝްއައި އިނގެރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ އިންސާނިއްޔަތާއި ޚިލާފް އެތަކެއް ޖަރީމާތަކެއް ހިންގާފައިވާކަމަށް މިދިޔަ މަހުގައި ކުއަލަލަމްޕޫރުގެ ހަނގުރާމައިގެ ޖަރީމާތަކާއިބެހޭ ޓްރިބިއުނަލްއިން ވަނީ ހާމަކޮށްފައެވެ.
މިއަހަރުގެ ކުރީކޮޅު ހައްދުފަހަނައަޅާފައިވާ މުޖްރިމް ބުޝްވަނީ ސްވިޒަލޭންޑަށް ކުރުމަށް ރާވައިފައި އޮށް ދަތުރެއް ކެންސަލްކޮށްފައެވެ. އޭނާ މިދަތުރު ކެންސަލްކޮށްފައިވަނީ އޭނާގެ އަމުރަށް އަސްކަރީ ބޭސްތަކުގައި ހައްޔަރުކޮށްފައި ތިބި މުސްލިމުންނަށް އެމެރިކާ ސިފައިން ކޮށްފައިވާ އަނިޔާތަކުގެ ކުށުގައި އޭނާ ހައްޔަރުކޮށްފާނެކަމަށް ބިރު ހީވެގެންނެވެ.


















advertisment
ހާދަ ގަބޫލުކުރަން ދަތިވާހަކައެކެ!