ރިޕޯޓްކޮލަމިސްޓްދިއިސްލާމް

ފިރިމީހާގެ ރުހުން ހޯދުމުގައި ކާމިޔާބުވުމަށް ބޭނުންވާނަމަ މިކަންކަން ފުރިހަމަކޮށްލާ

* ރުހުމާއި ނުރުހުމުގައި އަބަދުވެސް ހިނިތުން މޫނަކާއެކު ފިރިމީހާއާ ބައްދަލުކުރުން

* ފިރިމީހާގެ ކުރިމަތީގައި ބާރުއަޑުން، އޭނާގެ ހިތުގައި ޖެހޭ ގޮތަށް ވާހަކަ ނުދެއްކުން

* ކިތަންމެބޮޑު ނުރުހުމެއްގައިވެސް ކުނި މޫނު ނުދެއްކުން

* ފިރިމީހާ ގެއިން ބޭރުގައި އުޅެފައި އަންނަ ކޮންމެ ވަގުތެއްގައިވެސް އޭނާ ހިތް އުފާވާ ގޮތަށް އިސްތިގުބާލުކުރުން

* ތިމާގެ ޒާތީ ބޭނުންތަކުގައި ގިނަގިނައިން ކިޔާ ނުހެދުން

* ގެއަށް ބޭނުންވާ އެއްޗެއްގެ ވާހަކަ ބުނުމުގައިވެސް، ފިރިމީހާގެ މޫޑް ބަލައިގެން، އެކަމެއް އޭނާ ހިތް އުފާވާ ގޮތަށް ހުށަހެޅުން

* ފިރިމީހާގެ ހިމޭންކަމަކީ ތިމާކަން ދަނެ އަބަދުވެސް އޭނާ ހިތްހަމަޖައްސައި ދިނުމަށް އިސްކަންދިނުން

* ފިރިމީހަ ގެއިން ބޭރަށް ދާންވުމުން އިންތިޒާމުތަށް ފުތިހަމަކޮށް އުފަލާއެކު ވަދާޢުކުރުން

* ކެއިން ބުއިމުގައި ފިރިމީހާގެ ހިތްއެދޭގޮތާއިމެދު ޚިޔާލު ބަހައްޓައި އެކަމަށް ފުރިހަމައަށް ސަމާލުކަން ދިނުން

* ފިރިމީހާގެ އިޒުނައާއި ނުލާ ގެއިން ބޭރަށް އެއްވެސް ތަނަކަށް ނުދިޔުން.އަދި އަމުދުން އެކަހެރީން އެއްވެސް ޙާލެއްގައި ބޭރަށްނުދިޔުން

* ފިރިމީހާގެ ގާތްތިމާގެ މީހުންނަކީ ،ތިމާގެވެސް މައިންބަފައިން ކަމުގައްޔާއި އަދި ގާތްތިމާގެ މީހުން ކަމުގައި ދެކި އެމީހުންނާ މެދު ފިރިމީހާގެ އެދުމާ އެއްގޮތަށް މުއާމަލާތުކުރުން

* ގޭގެ ކަންތައްތައް އިންތިޒާމުކުރުމުގައި ފިރިމީހާގެ ރުހުމާއި އެދުމާ އެއްގޮތަށް ކަންތަށް ކުރުން

* ފިރިމީހާގެ އަބުރަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ބަހުން ނުވަތަ ޢަމަލުން ވިޔަސް ނުކުރުން

* މެހެމާނުންނަށް ކަމޭހިތުމުގައި ފިރިމީހާގެރުހުމަށް ބަލައިގެން ކަންތައްތައް ކުރުން

* ތިމާގެ ކިބައިން ފިރިމީހާ ނުރުހޭ ކަމެއް ވެއްޖެކަން އެނގުމާއެކު ފިރިމީހާ ކިބައިން މާފަށް އެދުން.އަދި އޭނާ ރުއްސުމަށް ފަރުވާތެރިވުން

* ތިމާ ހިތްހަމަ ނުޖެހޭ ކަމެއް ތިމާގެ ކިބައިން ވެއްޖެނަމަ،އެކަން ފިރިމީހާއަށް އެންގުމުގައި ދަނޑިވަޅު ބަލައިގެން އޭނާގެ ހިތުގައި ނުޖެހޭ ގޮތަށް އެކަން އެންގުން

* ފިރިމީހާ ހިތާމަވެރިވެ ނުވަތަ މޮޅިވެރިވެ އުޅޭތަން ފެނުމުން އޭނާގެ ހިތްހަމަޖައްސައިދިނުމަށް ވެވެން އޮތްހާ މަސައްކަތެއް ކުރުން

* ބައްޔެއް ވެއްޖެނަމަ ތިމާގެ އަމިއްލަ ހަށިގަނޑަށްވުރެ ބޮޑަށް އޭނާގެ ބައްޔަށް ފަރުވާ ދިނުމުގައި ސަމާލުވުން.

އިސްވެ ބަޔާންވެދިޔަ ނުގުތާ ތަކާމެދު  ޚިޔާލު ބަހައްޓައިގެން ދިރިއުޅުން ވޭތުކުރާ އަންހެނެއްގެ ދެ ޙަޔާތް ބާއްޖަވެރިވާނޭ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.އަންހެނަކަށް ސުވަރުގެއިން ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ޙޫރުލްޢީނުންނާއެކު ސުވަރުގޭގައި ފިރިއެއްގެ އުފަލާއި އަރާމުކަމުގައިވުންކަން ހަނދާންކޮށް، މި ޙަޔާތުގެ ދުވަސްތަށް ފިރިމީހާގެ ރުހުން ހޯދުމުގެ މަސައްކަތުގައި ހޭދަކުރުމީ އަންހެނެއްގެ ޙަޔާތުގެ އެންމެ މޮޅު ކާމިޔާބީއެވެ. އަދި މި ރޮނގުން ކުރިޔަށް ދިޔުމީ އަންހެނުންގެ ތަރައްގީވެސް މެއެވެ

الله ޞުބުޙާނަހޫ ވަތަޢާލާ އެންމެހާ މުސްލިމް އުޚްތުންނަށް ދެ ޙަޔާތުގެ ބާއްޖަވެރިކަން ޙާޞިލުކުރުމުގެ ހެޔޮ ތައުފީގު ދެއްވާށިއެވެ! އާމީން!

މަޢުލޫމާތުނެގިފައިވާ ފޮތް :ތުޙުފަތުއްޠާލިބާތި

ގުޅުންހުރި

2 ޚިޔާލު

  1. މިފަދަލިޔުންތައް މިސައިޓްގައި ގެނެސްދޭތީ ލިޔުންތައް ހުށަހަޅާފަރާތްތަކަށް ޝުކުރުދަންނަވަމެވެ. އަދި އެފަދަ ލިޔުންތަކަށް ކިޔުންތެރިން ބޭނުންވެފައިވާކަންވެސް މިފުރުޞަތުގައި ހާމަކޮށްލަމެވެ. ދަންނަވަންތޯއެވެ. ބައެއް އަނބިންނަކީ ފިރިމީހާއާއިމެދު ނުރުހޭކޮންމެފަހަރަކު އެކަމުގެވޭންތައް ދަރިންނަށް ބާލައިހަދާބައެކެވެ. މިއާދަ އެކަނބަލުންގެކިބައިގައި އަށަގެންފައިވާތީ ފިރިމީހާގެ ހިތްހަމަނުޖެހުން އިތުރުވެ އެކަމުގެސަބަބުން ގިނަފަހަރު ދަރިންގެކުރިމަތީގައިވެސް ފިރިމީހާއަށް ބަސްބުނެވޭތަން އާދެއެވެ. ވީމާ ލިޔުންތައް ލިޔުއްވާއިރު ހުރިހާދިމާއަކަށްވެސް ސަމާލުކަން ދެއްވުން ވަރަށްބޮޑަށް އެދެމެވެ.

  2. ތެދެއް.. އަނބިމިޙާ އެކިއެކި ކަންކަމާ ނުރުހި ރުޅިއައިއްސަ ހުންނަ ގަޑިތަކަކީ ހަމައާންމުކޮށް ދަރީންނަށް އޭގެ ރުޅިގަނޑު ބާލާ އިރެއް. އެއީ ވަރަށްގިނައިން ފެންނަ މަންޒަރެއް. އެއީ ވަރަަށް ހިތާމަކުރި ކަމެއް. އަދި ކުޑަކުދިންނަކީ ކޮންބައެއްކަން ނޭނގި އެކުދިންނާ ހަރުކަށިކޮށް އެކުދިންނާއި އެކަށީގެންނުވާގޮތަށް މުއާމަލާތުކުރާ ކުރާ މައިންވެސް ވަރަށްގިނަ. މިއީ ކިހާދެރަކަމެއްތޯ؟

Your email address will not be published. Required fields are marked *

More in ރިޕޯޓް