ބޭނުންވާ ތަކެތި
6 ބިސް
1 ދަޅު ގެރިކިރު
3 ޖޯޑު ކޯންފްލެކްސް
2/1 ޖޯޑު ހަކުރު
1 މަތިގަނޑު ވެނީލާ އެސެންސް
2 ޖޯޑު ފެން
2 މޭޒުމަތީ ސަމުސާ ހަކުރު ( ރަތްކުރުމައް )
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ މިކްސަރަށް ބިހާއި، ކިރު ، ފެން، އަދި އެސެންސް، އެއްކޮށް އަޅާފައި ކޯންފްލެކްސްވެސް އެއްކޮށްލާށެވެ. ދެން ރަނަގަޅަށް ގިރާލާށެވެ. ޓްރޭއަށް 2 މޭޒުމަތީ ސަމުސާ ހަކުރުއަޅާފައި އުނދުންމައްޗަށް އުދާލާފައި ހަކުރުކޮޅު ރަތްކޮށްލާށެވެ.
ގިރާފައި ހުރި ބައި ޓްރޭއަށް އަޅާފައި އަވަނުން ފިހެލާށެވެ. ނުވަތަ އާވިން ކައްކާލާށެވެ.
2/1 ޖޯޑު ހަކުރު ކޮން އިރަކުން އަޅަންޖެހެނި
އެއީ ތެދެއް!!! ކޮން އިރަކުތަ 1/2 ޖޯޑު ހަކުރު އަޅަން ޖެހެނީ…
ހުރިހާ އެއްޗެއް މިކްސް ކުރާއިރުތަ؟؟؟