ސުފުރާ

މަސް ބަނަސް

ބޭނުންވާ ތަކެތި

250 ގ. ފުށް
1 މޭޒުމަތީސަމުސާ ބަޓަރ ނުވަތަ 4/1 ޖޯޑު ތެޔޮ
1 ސައިސަމުސާ ހަކުރު
2 ސައިސަމުސާ އިންސްޓަންޓް އީސްޓް

2 ޓޮމާޓޯ ( ފޮތިކޮށްފައި )
2 ފިޔާ ( ހިމުންކޮށް ކޮށާފައި )
2/1 ސައިސަމުސާ މުގުރި އަސޭމިރުސް
2/1 ސައިސަމުސާ އަޖިނަމޮޓޯ
1 ދަޅު މަސް
ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް

ފުށާއި އީސްޓް ، ބަޓަރ، ލޮނު އަދި ހަކުރު އެއްކޮށްފައި ތާފަނާފެނުން ފުށްގަނޑު މޮޑެފައި މަތި ބަންދުކޮށްފައި 1 ގަޑިއިރު  ބާއްވާށެވެ. ދެން ތަވާ އުދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާކޮޅު އަޅާފައި ފިޔާކޮޅު މޯޅިވީމާ މަސް، ޓޮމާޓޯ، އަޖިނަމޮޓޯ، ލޮނު، އަސޭމިރުސް އެއްކޮށް އަޅާފައި ރޯފިލުމުން އުނދުންމަތިން ބާލާށެވެ. އެއަށްފަހު ފުއްގަނޑު ގުޅަޖައްސަވާށެވެ. ދެން ކޮންމެ ފުއްގުޅައެއްގެ ތެރެއަށް މަސްކޮޅެއް ލެއްވުމައްފަހު ވަށްކޮށް ގުޅަގުޅަހަދާލާށެވެ. ބަނަސްތައް ޓްރޭގައި އަތުރާލުމައްފަހު އަވަނުން ފިހެލާށެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ކިހާ ވަރަކަށްބާ އަވަން ގެ ހޫނުމިން ބަހައްޓަންޖެހޭނީ؟

Your email address will not be published. Required fields are marked *

More in ސުފުރާ