އެމެރިކާއައި ކެނެޑާގެ މެދު ތެރެޔާއި އުތުރުގެ ބަޔެއް ސިޓީ ތަކަށް އާދަޔާ ޙިލާފު ހޫނު ގަދަވާން ފަށައިފިއެވެ. ހޫނުމިން 37 -47 ދެމެދު ޑިގްރީ ސެލްސިޔަސް އަށް އެރުމުގެ ސަބަބުން މިހާތަނަށް 22 މީހުން މަރުވެފައި ވެއެވެ.
އެމެރިކާގެ މޫސުމާބެހޭ އޮފީހުން ބުނެފައި ވަނީ އެންމެ ނުރައްކާ ވާހިސާބަކަށް ހޫނުގަދެވެފައި ވަނީ މިދިޔަ ހުކުރު ދުވަހުން ފަށައިގެން އާދިއްތަ ދުވަހަށެވެ. އެމެރިކާގެ %50 މީހުން ނަށް ވަނީ މިހޫނުގެ އަސަރު ކޮށް ފައެވެ. މެޓު އޮފީން ވަނީ މިހާރު ވައިގެތެރެޔަށް ޕެރެޝަރުގަ ފިނި ފެން އާވި ޖަހަން ފަށާފައެވެ. މީއީ 1936 ފަހު އައި އެންމެ ހޫނުގަދަ ދުވަސް ކަމަށް އެމެރިކާ މީހުން ބުނެއެވެ.
ބީބީސީއަށް މަޢުލޫމާތު ދެމުން މެޓު އޮފީހުގެ އެލި ޖެކްސް ބުނީ " މިފަދަ ހޫނެއް ދުވަހަކުވެސް ނުދެކެމެވެ . ވައި ދަނީ ހިދެމުން އިރުގެ ހޫނު ހިމާޔަތް ކުރާ އެއްވެސް ފިނި ވައިގެ އަސަރެއްނެތެވެ. ޖައްވުގައި ވަރަށް މަދުން ވިލާވެސް އުފެދެނީ ، އެހެން ވުމުގެ ސަބަބުން މި ހޫނު މޫސުމް ކަމުން ވަކިން ހޫނު ގަދަ ވަނީއެވެ . އަދި ނަތީޖާއަކަށް ވަނީ އިންސާނާގެ ހަށިގަނޑަށް އެވަރަށް ފިނި ކުރެވޭ ހާބާރު ލިބިގެން ނުވާތީ އާއި ދާހިތް ލިޔަސް އަވަހަށް ނުހުދޭތީ ހަށިގަނޑުން ފެން މަދުވެ މަރުވާން ދިމާ ވަނީއެވެ" އެލި ޖެކްސް ކިޔާދިނެވެ. އަދި އިތުރު މީހުން މަރުވާނެކަމަށް ލަފާ ކުރެވޭ ކަމަށާއި މިހާތަނަށް މަރުވި މީހުންގެ ތެރޭގައި 3 އަހަރު ގެ ކުޑަކުއްޖެ ވެސް ހިމެނެއެވެ. އަދި އުމުރުން ދުވަސް ވީ 3 މީހަކު އެމީހުންގެ ގޭގައި މަރުވެފައި އޮތްވާ ފެނިފައި ވެއެވެ. ޖަނަވާރާތަށް މަރުވެ ދަނޑުބިން ތަށް ދަނީ ހާލާކުވަމުން ނެވެ. ބައެއް ސިޓީތަކުގައި ވަނީ ފަޤީރުން ނާއި ދުވަސް ވީ މީހުން ނަށް ފިނި ކުރާ ޕާރލާތަށް ހުޅުވާފައެވެ. އަދި ހުރިހާ ސިޓީ ތަކުގައި ވެސް ފެން އަރުވާ ވަޑާމާއި ފެން އާވި ދޫކުރާ ޕަންޕުތަށް ބެހެއްޓިފައި ވެއެވެ.
އެމެރިކާގެ ޗިކާގޯގައި ވަނީ ހޫނުގެ ސަބަބުން ދުން އުފެދިފައެވެ. ތިމާވެއްޓާ ބެހޭ އޮފީހުން ވަނީ މިދުވަސް ވަރު ޖައްވު ނުސާފުވާފަދަ އެވެސް ކަމެއް ނުކުރުމަށް އަންގާފައެވެ. 1995 ވަނަ އަހަރު ވެސް ޗިކާގޯގައި ހޫނުގަދަ ވެގެން 700 މީހުން 3 ދުވަސް ތެރޭގައި މަރުވެފައި ވެއެވެ.
ސިޔާޓަލްއަށް ގުގުރާ ވިދުމާއެކީ ސްނޯފައިބާތީ ފިނިގަދަވެގެން 310 މިލިޔަން މީހުން ދަނީ ހާލުގަ ޖެހެމުން ނެވެ. އެރަށުގެ މީހުން ބުނާ ގޮތުގައި ޖުލައި އަކީ އެހެންޔާ ފިނިވާ ދުވަސް ވަރެއް ނޫޫނެވެ. މުޅި މަހުގައި އެމީހުން ވަނީ ހޫނު ގަދަ 3 ދުވަސް ލިބިފައެވެ.
މިދުވަސްވަރަކީ އެމީހުންގެ ހޫނުމޫސުމްގެ ދުވަސް ވަރަށް ވެފައި ވަރަށް ބޮޑަށް ތައްޔާރު ވާ ދުވަސް ވަރެއްކަމުން މިފަހަރު މިދިމާވި ގޮތުން އެރަށުގެ ރައްޔެތުން ދަނީ ހިތާމަކުރަމުންނެވެ. އެމެރިކާއަށް ދިމާވެފައި ވާ މިފަދަ ޤުދުރަތީ ކާރިޝާތަކުގައި މިހާތަނަށް 5000 އަށް ވުރެއް ގިނަ މީހުން މަރުވެފައިވެއެވެ.

















advertisment
ޚިޔާލު