ދީން ކެތްތެރިވުމުގެ ތިން ވައްތަރު

ކެތްތެރިވުމުގެ ތިން ވައްތަރު

ކެތްތެރިވުމުގެ ތިން ވައްތަރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1- ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާގެ ދިރިއުޅުމުގައި ކުރައްވާ އިމްތިޙާނުތައް: މިސާލަކަށް ލޯބިވާ ނުވަތަ ޢާއިލާގެ މީހަކު މަރުވުން، ދެރަކަމެއް ނުވަތަ ހިތާމައެއް ކުރިމަތިވުން، މުޞީބާތެއް ކުރިމަތިވުން، ބަލިވުން ފަދަ ކަންކަމެވެ.
2- ﷲ އަށް ކިޔަމަންގަތުމުގައި ކެތްތެރިވުން: މިސާލަކަށް ނަމާދު ޤާއިމްކުރުމަށާއި، ނަމާދު ޤާއިމްކުރުން މަތީގައި ދެމިހުރުމަށް ކެތްތެރިވުން، ރޯދަހިފުމަށް ކެތްތެރިވުން، ޙައްޖުގެ އަޅުކަމުގެ ތެރޭގައި ކެތްތެރިވުން ފަދަ ކަންކަމެވެ.
3- ފާފަތަކުން ދުރުހެލިވުމުގައި ކެތްތެރިވުން: މިސާލަކަށް ޒިނޭކުރުމާއި ރާބުއިމާއި އެފަދަ ކަމަކާ ނަފްސު ކައިރިވިޔަ ނުދީ ކެތްތެރިވުން.

ކެތްތެރިވުމަކީ އެއްވެސް ހިސާބެއްނެތި ޘަވާބުލިބޭ ކަމެކެވެ. އެހެނީ އެކަމުގެ އަޖްރު އެހާވެސް ބޮޑެވެ. އެހެންކަމުން ތިބާ ކެތްތެރިވުން ހުއްޓެވެ. މިދުނިޔެމަތީގައި ކެތްތެރިވެވިއްޖެނަމަ ، ކެތްތެރިވުމުގެ މޭވާ ވަރަށް ފޮނިވާނެއެވެ.

ޓެގް

ކެތްތެރިވުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.