ނަބީބޭކަލުންގެ ވާހަކަ: ހޫދު ޢަލައިހިއްސަލާމް (1 ވަނަ ބައި)

ނަބީބޭކަލުންގެ ވާހަކަ: ހޫދު ޢަލައިހިއްސަލާމް (1 ވަނަ ބައި)
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

هود عليه السلام

ހޫދުގެފާނުގެ ނަންފުޅަކީ هود بن شالخ بن أرفخسذ بن سام بن نوح عليه السلام އެވެ. އަދި އެކަލޭގެފާނުގެ ނަންފުޅަކީ هود بن عبد الله بن رباح الجارود بن عاد بن عوص بن إرم بن سام بن نوح عليه السلام ކަމުގައިވެސް ބަޔާންވެގެން ވެއެވެ.
އިބުނު ޖަރީރު ބަޔާން ކުރައްވައިފައިވެއެވެ. هود عليه السلام އެވެ. ޤަބީލާއަކީ عاد بن عوص بن سام نوح އެވެ. މިބައި މީހުންނަކީ ޢަރަބިންނެވެ. ދިރިއުޅެމުން ދިޔައީ އަލް އަޙްޤާފު ކިޔޭ ސަރަހައްދެއްގައެވެ. އެއީ ވެލިންވާ ފަރުބަދައިގެ ސަރަހައްދެކެވެ. ޔަމަނާއި ޢައްމާނާއި ޙަޟަރަމައުތާއި ކަނޑާއި ގުޅިފައިވާ ސަރަހައްދެކެވެ. އެސަރަހައްދު މަޝްހޫރުވެފައިވަނީ الشجرة ނުވަތަ مغيث ގެ ނަމުންނެވެ.

ޢާދުބާގާގެ މީހުން ޢާންމު ގޮތެއްގައި ދިރިއުޅެމުން ދިޔައީ ބޮޑެތި ތަނބުތަކެއް ޖަހައިގެން ހަދައިފައިވާ ފޭލިގެތަކެއްގައެވެ. އެއީ ކިރިތި ޤުރްއާނުގައި އަންނިވި އާޔަތްތަކުގައި ބަޔާން ކުރައްވައިފައިވާ ފަދައިންނެވެ. ﴿أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ *إِرَمَ ذَاتِ الْعِمَادِ﴾ މާނައީ:"ކަލޭގެފާނުގެ ވެރިރަސްކަލާނގެ، عاد ބާގައިމީހުންނާމެދު ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟ އެއީ ތަނބުތަކުގެ ވެރި، إرم އެވެ ކިއުނު ރަށުގެ أهل ވެރިންނެވެ." މުރާދަކީ ތަނބުތަކުގެ ވެރި، إرم އެވެ ކިއުނު ރަށުގެ أهل ވެރިންނެވެ. މިބައިމީހުންނަކީ ޢާދުގެ ފުރަތަމަ ބައިގެ މީހުންނެވެ. ޢާދުގެ ދެވަނަ ބައިމީހުންނަކީ ތަންކޮޅެއް ފަހުން އައި މީހުންނެވެ. މިމީހުންގެ ވާހަކަ ފަހުން ބަޔާން ކުރާނަމެވެ. ޢާދުގެ ފުރަތަމަ ޖަމާޢަތަކީ އަޞްލު ޢާދުބާގާ މީހުންނެވެ. ﴿ إِرَمَ ذَاتِ الْعِمَادِ * الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ﴾ މާނައީ:" އެއީ ތަނބުތަކުގެ ވެރި، إرم އެވެ ކިއުނު ރަށުގެ أهل ވެރިންނެވެ. އެ ބިނާތަކަކީ، ރަށްތަކުގައި އެފަދަ ބިނާތަކެއް ހެދިފައި ނުވާފަދަ ބިނާތަކެކެވެ." މާނައަކީ ޤަބީލާތަކެކެވެ. ތަނބުތަކެއްފަދަ ޤަބީލާތަކެކެވެ.

ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި إرم އަކީ ބިމުގައި ދައުރުވަމުންދިޔަ ރަށްތަކެއްގެ ބައެކެވެ. ބައެއްފަހަރަށް ޝާމުކަރައިގައެވެ. އަނެއް ބައިފަހަރަށް ޔަމަނުގައެވެ. އަނއް ބައިފަހަރަށް އަލްޙިޖާޒުގައެވެ. އަދި އަނެއް ބައި ބައި ފަހަރަށް އެނޫންވެސް ކޮންމެވެސް ތަނެއްގައެވެ. ނަމަވެސް النجعة ވިދާޅުވެފައިވަނީ މިއީ އެއްވެސް ދަލީލެއް އޮތް ވާހަކައެއް ނޫނެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އަހަރެމެން ތަފްސީރުގައި ބަޔާން ކޮށްފައިވާ ފަދައިންނެވެ. އަދި މިކަމަށް އިތުބާރު ކުރެވޭފަދަ ހެއްކެތްނެތެވެ."

صحيح ابن حبان ގައި أبي ذرّ ގެ އަރިހުން ރިވާކުރައްވައިފައިވާ ވަރަށް ދިގު ޙަދީޘެއްގައި ވެއެވެ. އެ ޙަދީޘުގައި ބަޔާން ކުރައްވައިފައިވަނީ ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންގެ ވާހަކަތަކެވެ. ބަޔާން ކުރައްވައިފައިވެއެވެ." އެބޭކަލުންގެ ތެރެއިން ހަތަރު ބޭކަލުންނަކީ ޢަރަބި ނަސްލުގެ ބޭކަލުންނެވެ. އެ ބޭކަލުންނަކީ، هود، صالح، شعيب، އަދި އޭ أبي ذرّ އެވެ. އަދި ކަލޭގެފާނުގެ ނަބިއްޔާ އެވެ."

ބުނެވުނެވެ. އެންމެ ފުރަތަމަ ޢަރަބި ބަހުން ވާހަކަ ދެއްކެވި ބޭކަލަކީ هود عليه السلام އެވެ. وهب بن منبه ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ ޢަރަބި ބަހުން ވާހަކަފުޅު ދެއްކެވީ هود عليه السلام ގެ ބައްޕާފުޅު ކަމުގައެވެ. ނަމަވެސް އެހެން ބޭކަލުން ވިދާޅުވަނީ އެންމެ ފުރަތަމަ ޢަރަބި ބަހުން ވާހަކަފުޅު ދެއްކެވީ نوح عليه السلام އެވެ. އަދި آدم عليه السلام ކަމުގައިވެސް ބުނެވެއެވެ.

(ނުނިމޭ)

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.