ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: ނޫޙު ޢަލައިހިއްސަލާމް (13 ވަނަ ބައި)

އަހުލުކިތާބީން ބަޔާން ކުރާ ގޮތުގައި ނޫޙުގެފާނުގެ އަނބިކަނބަލުން ހިމެނިވަޑައިގަތީ ނަވުގެ އަހުލުވެރިންގެ ތެރެއިންނެވެ. އެހެން ނަމަވެސް ބޮޑަށް ބުރަވެވެނީ އެކަމަނާ ފަހުން ނޫޙުގެފާނަށް ކާފިރުވެވަޑައިގަތީކަމަށެވެ. ނުވަތަ އެކަމަނާ ޤިޔާމަތާއި ހަމަޔަށް ލެހެއްޓެވީކަމަށެވެ. އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ ﴿لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا﴾ كافر ންގެ ތެރެއިން ހަމައެކަކުވެސް އިބަރަސްކަލާނގެ މި ބިންމަތީގައި ނުބަހައްޓަވާނދޭވެ!

މާތް الله ވަޙީ ކުރައްވައިފައިވަނީ މިފަދައިންނެވެ.

﴿فَإِذَا اسْتَوَيْتَ أَنتَ وَمَن مَّعَكَ عَلَى الْفُلْكِ فَقُلِ الْحَمْدُ لِلَّـهِ الَّذِي نَجَّانَا مِنَ الْقَوْمِ الظَّالِمِينَ﴾ ފަހެ، ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުން ނާކޮޅަށް އަރައި އޭގައި ހަމަޖެހޭހިނދު، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ. اللَّه އަށް حمد ހުށްޓެވެ. އެކަލާނގެއީ، އަނިޔާވެރިވި މީހުންގެ ކިބައިން ތިމަންމެން ސަލާމަތްކުރެއްވި ރަސްކަލާނގެއެވެ. ﴿ وَقُل رَّبِّ أَنزِلْنِي مُنزَلًا مُّبَارَكًا وَأَنتَ خَيْرُ الْمُنزِلِينَ﴾ އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! بركات ތެރި منـزل އަކަށް މިއަޅާ ބާލުއްވައިފާނދޭވެ! އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، (منـزل އަށް) ބާލުއްވާ އެންމެހެޔޮ ރަސްކަލާނގެއެވެ."

ނާކޮޅު މެދުވެރި ކުރައްވައި މާތް اللَّه ނޫޙުގެފާނަށް ދެއްވި ނިޢުމަތަށް ޝުކުރުވެރިވުމަށް އެކަލޭގެފާނަށް އަމުރު ކުރެއްވިއެވެ. މާތް اللَّه ނޫޙުގެފާނު ސަލާމަތް ކުރެއްވިއެވެ. އެކަލޭގެފާނާއި ޤައުމުގެ މީހުންގެ މެދުގައި ހުރަހެއް ޤާއިމު ކުރެއްވިއެވެ. އެކަލޭގެފާނު ދޮގުކޮށް އިންކާރު ކުރިމީހުންގެ ކިބައިން ލޯފުޅަށް ފިނިކަން ދެއްވިއެވެ. އެއީ އަންނަނިވި އާޔަތުގައި ބަޔާން ކުރައްވައިފައިވާ ފަދައިންނެވެ. ﴿ وَالَّذِي خَلَقَ الْأَزْوَاجَ كُلَّهَا وَجَعَلَ لَكُم مِّنَ الْفُلْكِ وَالْأَنْعَامِ مَا تَرْكَبُونَ﴾ އަދި އެކަލާނގެއީ، ހުރިހާ ބާވަތެއްގެ ތަކެތި ޖޯޑުޖޯޑަށް ހެއްދެވި ރަސްކަލާނގެއެވެ. އަދި ނައުފަހަރާއި، نعم ސޫފީގެ ތެރެއިން ތިޔަބައިމީހުން ސަވާރުވާނޭތަކެތި، އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. ﴿ لِتَسْتَوُوا عَلَىٰ ظُهُورِهِ ثُمَّ تَذْكُرُوا نِعْمَةَ رَبِّكُمْ إِذَا اسْتَوَيْتُمْ عَلَيْهِ وَتَقُولُوا سُبْحَانَ الَّذِي سَخَّرَ لَنَا هَـٰذَا وَمَا كُنَّا لَهُ مُقْرِنِينَ﴾ (އެއީ) ތިޔަބައިމީހުން އެތަކެތީގެ ބުރަކަށިމަތީގައި ހަމަޖެހުމަށްޓަކައެވެ. ދެން ތިޔަބައިމީހުން އޭގެމަތީގައި ހަމަޖެހޭހިނދު، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ نعمة ހަނދުމަކުރުމަށެވެ. އަދި ތިޔަބައިމީހުން ކިޔުމަށްޓަކައެވެ. އަޅަމެންނަށް މި ތަކެތި خدمة ތެރިކޮށްދެއްވި ރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި އަޅަމެންއެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ. ﴿وَإِنَّا إِلَىٰ رَبِّنَا لَمُنقَلِبُونَ﴾ އަދި ހަމަކަށަވަރުން، އަޅަމެންގެ ވެރިރަސްކަލާނގެ حضرة އަށް އަޅަމެން رجوع ވާނެކަން ކަށަވަރެވެ."

އެހެންކަމުން ކަމެއް ފައްޓާއިރު ދުޢާ ކުރަން ޖެހެއެވެ. އެއީ އެކަމަކީ ހެޔޮކަމާއި ބަރަކާތް އެކުލެވިގެންވާ ކަމަށް ވުން އެދިގެންނެވެ. ރަނގަޅު ނިމުމެން ލިބުން އެދިގެންނެވެ. އެއީ ކީރިތި ރަސޫލާ ހިޖުރަކުރެއްވި ދުވަހު ވިދާޅުވެފައިވާ ފަދައިންނެވެ. ﴿وَقُل رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا﴾ އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި ތިމަންއަޅާ ވައްދަވާނދޭވެ! އަދި އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި މިއަޅާ ނެރުއްވާނދޭވެ! އަދި نصر ދެނިވި ބާރެއް އިބަރަސްކަލާނގެ حضرة ން މިއަޅާއަށް ލައްވާނދޭވެ!"

ނޫޙުގެފާނު ވަނީ މި ވަޞިއްޔަތަށް ޢަމަލު ކުރައްވައިފައެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ﴿ وَقَالَ ارْكَبُوا فِيهَا بِسْمِ اللَّـهِ مَجْرَاهَا وَمُرْسَاهَا إِنَّ رَبِّي لَغَفُورٌ رَّحِيمٌ ﴾ އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެ ނާކޮޅަށް އަރާށެވެ! އެ ނާކޮޅު ދުވުމާއި، ބަނދަރުކުރުންވަނީ، اللَّه ގެ اسم ފުޅުންނެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. ﴿سورة هود 41﴾ ފެށުމާއި ނިމުންވަނީ އެކަލާނގެ އިސްމުފުޅުންނެވެ. އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ. ޢަޒާބު ދެއްވުމުގައި ގަދަފަދަވަންތަ ރަސްކަލާނގެއެވެ. އެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެ އަށް ވުމާ އެކުވެސް މެއެވެ. އެކަލާނގެ عذاب (އަތުވެއްޖެނަމަ) ކުށްވެރިވީ މީހުންގެ ކިބައިން އަނބުރާ ރައްދުނުކުރައްވާ ހުށްޓެވެ. އެކަލާނގެ ފިޔަވައި އެހެންފަރާތްތަކަށް އަޅުކަން ކުރި މީހުންނަށް މިޢަޒާބު ލާޒިވެއެވެ. (ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *